ޑިޓެންޝަން ސެންޓަރު ނިމުނު ނަމަވެސް މަރުގެ ތުހުމަތުވާ ކުއްޖާ ބަދަލުކޮށްނުދިން!

ހައި ކޯޓް: ކުޑަކުދިންގެ އަދުލުގެ ގާނޫނުން ފަނޑިޔާރަށް ލިބޭ ބާރުގެ ދަށުން އެކުއްޖާގެ ގޭބަންދު ދެމެހައްޓާ، ޖަލަށް ބަދަލު ނުކުރުމަށް ފަނޑިޔާރު ނިންމެވި -- ފޮޓޯ: އަދަދު

ހައި ކޯޓް: ކުޑަކުދިންގެ އަދުލުގެ ގާނޫނުން ފަނޑިޔާރަށް ލިބޭ ބާރުގެ ދަށުން އެކުއްޖާގެ ގޭބަންދު ދެމެހައްޓާ، ޖަލަށް ބަދަލު ނުކުރުމަށް ފަނޑިޔާރު ނިންމެވި -- ފޮޓޯ: އަދަދު

ޖިނާއީ ބޮޑެތި ކުށްތަކުގައި ތުހުމަތުކުރެވޭ ކުދިން ބަންދުކުރުމަށް ހެދި ޑިޓެންޝަރު ސެންޓަރު ނިމުނު ނަމަވެސް، ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށްގެން ގެންގުޅުމަށްފަހު، އަނިޔާވެރިގޮތަކަށް މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ދައުވާކުރި 17 އަހަރުގެ ކުއްޖާ އެނބުރި ޖަލަށް ބަދަލުކުރުމުގެ އަމުރު ނެރެދިނުމަށް ހައިކޯޓުން ދެކޮޅު ހަދައިފި އެވެ.

އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ އޮކްޓޯބަރު 20، 2021 ގަ އެވެ. އެ ކުއްޖާ މަރާލުމަށްފަހު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށްލައި އެއްލާލާފައި އޮއްވާ ފެނުނީ އޭގެ ދެ ދުވަސް ފަހުންނެވެ. ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން، 27، އާއި އެކު އެ ގަތުލުމުގައި ބައިވެރިވިކަމުގެ ތިން ދައުވާ 17 އަހަރުގެ ކުއްޖެއްގެ މައްޗަށްވެސް ކުރެ އެވެ.

އެ ކުއްޖާ ގޭބަންދަށް ބަދަލުކުރީ، އޭރު ބޮޑެތި ކުށްތަކުގައި ހައްޔަރުކޮށްފައި ތިބި ކުދިން ބަހައްޓާފައި ތިބީ، ކުޑަކުދިން ބެހެއްޓުމަށް އެކަށީގެންނުވާ ޖަލެއްގައި ކަމަށް އެޗްއާރްސީއެމުން އޮކްޓޯބަރު، 2021 ގައި ކަނޑައަޅާފައިވާތީ އެވެ. އެ ކުދިންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް ޑިޓެންޝަން ސެންޓަރެއް ހެދުމަށްފަހު، މިދިޔަ މަހުގެ 30 ވަނަ ދުވަހު ހޯމް މިނިސްޓްރީއިން ހުޅުވި އެވެ.

އެހެންވެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ 13 އަހަރުގެ ކުއްޖާ މަރާލުމުގެ ތުހުމަތުވާ އެކުއްޖާ ޖަލަށް ބަދަލުކޮށްދިނުމަށް ޖުވެނައިލް ކޯޓުގައި އެދިފަ އެވެ. ހާލަތު ބަދަލުވެފައި ވީނަމަވެސް އެކުދިން އެނބުރި ޖަލަށް ބަދަލުކުރުމުގެ އަމުރެއް ޖުވެނައިލް ކޯޓުން ނުދިނުމުން ހައިކޯޓުގައި އެ ނިންމުން އިސްތިއުނާފްކޮށްގެންވެސް ދައުލަތަށް ކުރިއެރުމެއް ނުލިބުނެވެ.

"...ކުއްޖާ ގޭ ބަންދުގައި ހޭދަކޮށްފައިވާ މުއްދަތުގައި ގޯސް ނުވަތަ ނުރަނގަޅު ކަމެއް ފާހަގަކުރެވިފައި ނުވާއިރު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކުއްޖާއާ ގުޅޭގޮތުން ކުރެވޭ މަސައްކަތަށް އެއްބާރުލުންދީ އަދި ތައުލީމު ހާސިލުކުރުމަށް ކޯހެއްގައި ބައިވެރިވެ، އެކަމުގައި ކުރިއަށްދާ ގޮތަށާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށާއި، މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމުގެ މައްޗަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ކުއްޖާގެ ގޭބަންދު ދެމެހެއްޓުމަށް ޖުވެނައިލް ކޯޓުން ނިންމި ނިންމުން ރަނގަޅުކަމަށް ދެކެމެވެ." ހައިކޯޓުގެ ނިންމުމުގައި ވެއެވެ.

ގަތުލުގެ އަމަލެއް ހިންގި ކަމުގެ ދައުވާ އެ ކުއްޖާގެ މައްޗަށް އުފުލާފައިވާއިރު، އޭނާގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ އިހްތިމާލު އޮތް ކަމަށާއި، ގޭ ބަންދުގައި ހުރެ، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެސް އޮތް ކަމަށް ދައުލަތުން ގަބޫލުކުރެ އެވެ.

ނަމަވެސް ގޭބަންދަށް ދޫކުރިއިރު، ފަނޑިޔާރު ކުރި ޝަރުތުތަކާ އެކުއްޖާ ހިލާފުވެފައި ނުވާތީއާ، ވަށައިގެންވާ ހުރިހާ ކަންކަމަށް ރިޔާއަތްކުރުމަށްފަހު، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ފަނޑިޔާރަށް ލިބޭ އިހްތިޔާރުގެ ދަށުން އެކުއްޖާ އެނބުރި ޖަލަށް ބަދަލުކޮށްދިނުމުގެ އަމުރު ނެރެނުދިނުމަށް ނިންމީ ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. އޭނާގެ ރައުޔަށް ފަނޑިޔާރު އަބްދުލް ހަމީދުއާއި، ފަނޑީޔާރު ހުސައިން ޝަހީދު ތާއީދުކުރައްވާފަ ވެއެވެ.

ކުޑަކުއްޖާގެ މައްޗަށް އުފުލި ދައުވާ

- ގަސްތުގައި މީހަކު މެރުން

- ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން

- މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުން

އެ ކުއްޖާއަށް މިދިޔަ ނޮވެމްބަރު މަހު 18 އަހަރު ފުރިފައި ވީނަމަވެސް، ޕީޖީން ބުނީ މި ކުށަށް އޭނާ އަރައިގަނެފައި ވަނީ ކުޑަކުއްޖެގެ ގޮތުގައި ހުރެ ކަމަށްވުމުން، ދައުވާ ކުރާނީވެސް ކުޑަކުއްޖެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާގެ މައްޗަށް މި މައްސަލާގައި ޝަރީއަތް ކުރާއިރު، ކުޑަކުދިންނަށް ލިބޭ ހައްގުތައް ލިބޭނެ ކަމަށެވެ.

އަލަށް އިމާރާތް ކުރި ސެންޓަރު ފަރުމާކޮށްފައި ވަނީ އެ ކުދިންނަށް ތައުލީމް އުނގަންނަވައިދެވޭނެ ގޮތަށް ކްލާސްރޫމާއި ތަމްރީން ކޮޓަރިތަކާއި ވެސް އެކު އެވެ. ގިނަ ހިދުމަތްތަކާއި އެކު އެ ޖަލު ހަދާފައި ވަނީ ބައިނަލްއަގްވާމީ ފެންވަރަށެވެ. ނަމަވެސް އެ ސެންޓަރު ހެދެންދެން ގެއަށް ބަދަލުކުރި އެއްވެސް ކުއްޖެއް އެނބުރި ސެންޓަރަށް ބަދަލުކޮށްފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox