މާލެ އަދި ވިލިމާލޭގައި ސިޓީ ކައުންސިލުން ހިންގާ މަޝްރޫއުތައް އިންވެސްޓަރުންނަށް ހުޅުވާލައިފި

ވިލިމާލޭގައި މީހަކު ބައިސްކަލެއްގައި ދަނީ: ވިލިމާލޭގައި ސިޓީ ކައުންސިލުން ހިންގާ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަން ވަނީ އިއުލާނުކޮށްފައި. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިލިމާލޭގައި މީހަކު ބައިސްކަލެއްގައި ދަނީ: ވިލިމާލޭގައި ސިޓީ ކައުންސިލުން ހިންގާ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަން ވަނީ އިއުލާނުކޮށްފައި. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލޭ ސިޓީ ކައުންސިލްގެ ސްޓެރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން މާލެ އަދި ވިލިމާލޭގައި ހިންގުމަށް ނިންމާފައިވާ މަޝްރޫއުތަކަށް އިންވެސްޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ މާލެ އާއި ވިލިމާލޭގައި ހިންގުމަށް ކަނޑައެޅިފައިވާ ތަރައްގީގެ ޕްރޮގްރާމްތަކަށް އިންވެސްޓުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލުމަށް ކައުންސިލްގެ ރަސްމީ އާންމު ޖަލްސާއަކުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އެ އިއުލާނާއެކު ހިމަނާފައިވާ އިންވެސްޓު ކުރުމަށް ހުޅުވާލެވޭ ފުރުސަތަށް ހުޅުވާލައިގެން ކުރިއަށްދާނެ ގޮތުގެ އުސޫލުގައިވާ ގޮތުން، ޖުމްލަ 11 މަޝްރޫއުއަކަށް އިންވެސްޓު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

މީގެ ތެރޭގައި ވިލިމާލޭގައި 500 ހައުސިން ޔުނިޓާއި، ކުޑަކުދިންގެ ޕާކަކާއި ވޯޓާ ސްޕޯޓްސް، ލޯކަލް މާރުކޭޓެއްގެ އިތުރުން ކޮމާޝަލް ބިލްޑިންއެއް ހިމެނެ އެވެ.

މާލޭގައި އިންވެސްޓަރުންނަށް ހުޅުވާލެވިފައިވަނީ ސިޓީ ކައުންސިލްގެ އޮފީސް އިމާރާތެއް އެޅުމާއި، ހޯލް ސޭލް ސެންޓަރަކާއި، ލޯކަލް މާރުކޭޓެއްގެ އިތުރުން ޕާކިން ބިލްޑިންއަކާއި ފުޑް ކޯޓެއް ގާއިމުކުރުމަށެވެ.

އެ އުސޫލުގައިވާ ގޮތުން، އެ މަޝްރޫއުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތައް ވަޒަންކުރާއިރު، ސިޓީ ކައުންސިލަށް ދައްކާ ފައިސާއާއި، އެ ކުންފުންޏެއްގެ ގާބިލުކަމާއި އެ މަޝްރޫއުއެއް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ޕްލޭނަށް ބަލާނެކަމަށް ބުނެފައިވެ އެވެ.

މިގޮތުން ހުށަހެޅޭ ޕްރޮޕޯޒަލެއް ފާސްކުރެވި، ފައިނަލް އެޕްރޫވަލް އާ ހަމައަށް ދިއުމުގެ ކުރިން އެ މަޝްރޫއުއަށް ފައިނޭންސް ކުރުމާއި މަސައްކަތް ކުރާނެ ގޮތުގެ ތާވަލެއް ހިމަނައިގެން ފްރޭމްވާކް އެގްރީމެންޓެއް ހެދޭނެ ކަމަށް އެ އުސޫލުގައި ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox