"އައިސިސް ހޫދު" ގެ އަނދިރި ފަރާތް: ކުޑަކުއްޖެގެ ގޭންގެ ރޭޕް މައްސަލައެއްގައި ދައުވާ ކުރި

ހޫދު މުހައްމަދު ޒާހިރު: އޭނާ ހައްޔަރު ކުރީ ދިވެހި ފުލުހުންގެ އިތުރުން އެމެރިކާ އާއި އިޓަލީ އަދި އިތުރު ޔޫރަޕުގެ ގައުމެއްގެ އެހީގައި -- ފޮޓޯ: އަދަދު

ހޫދު މުހައްމަދު ޒާހިރު: އޭނާ ހައްޔަރު ކުރީ ދިވެހި ފުލުހުންގެ އިތުރުން އެމެރިކާ އާއި އިޓަލީ އަދި އިތުރު ޔޫރަޕުގެ ގައުމެއްގެ އެހީގައި -- ފޮޓޯ: އަދަދު

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވިލިމާލޭގައި ހިންގި ޓެރަރިޒަމްގެ އޮޕަރޭޝަނެއްގެ ދަށުން އަތުލައިގަތީ ކުށުގެ ހުތުރު ރިކޯޑެއް އޮންނަ، ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރުކަން އެނގިއްޖެ އެވެ.

ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހޫދު، 30، އަތުލައިގަތީ އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ދިވެހި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

ހޫދު ހައްޔަރު ކުރީ މިދިޔަ ޖެނުއަރީ މަހު ވިލިމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. އޭނާ ހައްޔަރު ކުރުމަށްފަހު ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތައް ވެސް ފުލުހުން ވަނީ އަތުލައިފަ އެވެ.

Advertisement

ހަމީދު ރޭ ވިދާޅުވީ، ހޫދަކީ އިންޓަނެޓު މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި އައިސިސްގެ ޕްރޮޕެގެންޑާ ފަތުރަމުންދިޔަ މީހެއް ކަމަށެވެ. އަދި އޭނާ ދިޔައީ ޓެރަރިޒަމްގެ އަމަލުތައް ޔޫރަޕުގައި ހިންގުމަށް ވަރަށް ބޮޑަށް ބާރުއަޅަމުން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"އަދަދު" އަށް ޔަގީންވެފައިވާ ގޮތުގައި ހޫދަކީ، ވިލިމާލޭގައި އުމުރުން އެންމެ 14 އަހަރުގެ ކުޑަކުއްޖަކު ގޭންގް ރޭޕް ކުރި މަައްސަލައެއްގައި ހައްޔަރު ކުރި ހަ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ވެސް ކުރި އެވެ. ނަމަވެސް ކުށް ސާބިތެއް ނުވި އެވެ.

ހޫދަކީ ކުރިން މާލޭގައި ޕިކަޕު ދުއްވަން އުޅުނު މީހެކެވެ. ނަމަވެސް އޭނާ ފަހުން ޕިކަޕު ދުއްވުން ހުއްޓާލައި މަސައްކަތެއްނުކޮށް ހުރީ ކަމަށް، އޭނާ ދަންނަ މީހުން މި ނޫހަށް ކިޔައިދިނެވެ.

އޭނާ އަތުލައިގަތުމުގެ އޮޕަރޭޝަނުގައި އެފްބީއައިގެ އިތުރުން އިޓަލީ ފުލުހުން ވެސް ބައިވެރިވި އެވެ. އަދި ޔޫރަޕުގެ އެހެން ގައުމެއްގެ ފުލުހުން ވެސް އެކަމުގައި އުޅުނެވެ.

ހޫދަކީ، ކުޑަކުދިންނާއި އަންހެނުން މެރުމަށް މަޝްހޫރު އިސްލާމިކް ސްޓޭޓުގެ މީޑިއާ ކެމްޕެއިނުތައް، ރާއްޖޭގައި ހުރެ އިންޓަނެޓު މެދުވެރިކޮށް ހިންގަމުންދިޔަ މީހެއް ކަމަށް ހަމީދު ރޭގައި ވިދާޅުވެފައިވެ އެވެ.

.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox