ކްލަބް އޭދަފުށީގެ އަމާޒު ހުރީ ކުޅިވަރުތަކުގެ މަތީ ފަންތި އަށް

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ކްލަބް އޭދަފުށިން ގެންދިޔަ ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ކްލަބް އޭދަފުށިން ގެންދިޔަ ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް އޭދަފުށިން މަސައްކަތް ކުރާއިރު، އިސްކަންދޭނީ ކޮންމެ ކުޅިވަރެއްގައި ވެސް އެންމެ މަތީ ފަންތީގައި ގައުމީ ލެވަލްގެ ކުޅުންތެރިން ނެރުމަށް ކަމަށް އެ ކްލަބްގެ ރައީސް އަދި ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވެއްޖެ އެވެ.

މި މަހު 11 ވަނަ ދުވަހު، ފާތިހު، އޭދަފުށީ ކައުންސިލް އިދާރާގައި ހުންނަވައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކްލަބް އޭދަފުއްޓާ އޭނާ ހަވާލުވެވަޑައިގެން ފަހުން މި ހިނގީ އަދި އަށް ވަރަކަށް މަސް ކަމަށެވެ. އަދި ކްލަބް އޭދަފުށީގެ ކާމިޔާބީ އޮތީ އޭގެ ކުރިން ހޯދާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ކުޅޭ ބައެއް މުބާރާތްތަކުގެ ޗެމްޕިއަންކަން ވެސް ހޯދާފައި އެބަހުރި. ހާއްސަކޮށް އޭދަފުއްޓަކީ ރާއްޖޭގެ ބްރެޒިލް. އަޅުގަނޑުމެން އުންމީދު މި ކުރަނީ ރާއްޖޭގައި ފައްޓަން އެ އުޅޭ މުބާރާތް (ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން). އޭގެ ކްލަބް އޭދަފުށީގެ ޕްރެކްޓިސް ކޯޗު އާތިފް ގެނެސްގެން މި ގެންދަނީ. އުންމީދަކީ އޭދަފުއްޓަށް ކްލަބް އޭދަފުށީގެ ފަރާތުން އަބަދު ވެސް ކާމިޔާބު ލިބުން،" ފާތިހު ވިދާޅުވި އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް އަދި ކްލަބް އޭދަފުށީގެ ވެސް ރައީސް ފާތިހު، "އަދަދު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުޓްބޯޅައިގެ މަޝްހޫރު ރަށެއްގެ ގޮތުގައި އޭދަފުށި ފާހަގަވި ނަމަވެސް ގައުމީ ލެވަލްގައި ބެޑްމިންޓަނުން ވެސް ކްލަބް އޭދަފުށިން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފި އެވެ. ކްލަބް އޭދަފުށީގެ މިސްރާބު ހުރީ ގައުމީ ލެވަލްގައި ކުރިއަށްދާން މަގުފަހިވި ކޮންމެ ދިމާލަކުން ވެސް ކުރިއަށްދިއުމުގެ އަމާޒުގަ އެވެ.

"އަޅުގަނޑުމެން ވިސްނާފައި އޮތީ ވޮލީ ވެސް ކުރިއަރުވަން. މި އަތޮޅުގައި ބައިވެރިވާ މުބާރާތެއްގައި ވޮލީބޯޅަ އެސޯސިއޭޝަނަށް ވާނީ އިންޓްރަސްޓް ފާޅުކޮށްފައި ދެ ޓީމު ބައިވެރިކުރަން. އުންމީދަކީ މި ރަށުގައި ވޮލީ ވެސް ކުރިއަށް ދިއުން.،" ފާތިހު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ ވެސް ވަރަކަށް ކްރިކެޓް ވެސް ކުޅެން ބޭނުންވާ ހާއްސަކޮށް ޒުވާން ޖީލެއް އެބައުޅޭ. ކްރިކެޓްގެ ހުށަހެޅުމެއް އައިސްފިއްޔާ އޭގެ ވެސް ބޭނުން ހިފަން މި ތިބީ،"

އިންފްރާސްޓްރަކްޗާގެ ޕްލޭނަކީ "ބޮޑު އަމާޒު"

މި ވަގުތަށް ބެލިޔަސް ކައުންސިލުން އިސްނަގައިގެން، ކްލަބް އޭދަފުށީގައި ދެ ކުޅިވަރެއް މަތީ ފެންވަރެއްގައި ކުރިއަށްގެންދެވޭނެ ދެ ވަސީލަތެއް އެބައޮތެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ކްރައުން އަހުމަދު ނަޒީރުގެ ދީލަތި އެހީއާ އެކު އޭދަފުށީގައި މަތީ ފެންވަރުގެ ޓާފް ދަނޑެއް އެޅުމުގެ މަސައްކަތް އެކި މަރުހަލާ އަށް ބަހާލައިގެން އަންނަނީ ކުރެވެމުންނެވެ.

ރާއްޖޭގެ ލެވަލަށް ބަލާއިރު، ބެޑްމިންޓަން ކުޅެން ކޮލިޓީ ދެ ކޯޓު އޭދަފުށީގައި އެބައޮތެވެ.

"ހާއްސަކޮށް ފުޓްބޯޅަ ދަނޑު. އަޅުގަނޑު ގަބޫލުކުރަނީ މުޅި ރާއްޖޭގައި ވެސް ނެތް ވަރުގެ ފުޓްބޯޅަ ދަނޑެކޭ އޭދަފުށީގައި އެ އޮތީ. އެ ވަރުގެ ދަނޑެއް ހެދިގެންދާއިރު، އެ ތަންތަން ފުރިހަމަ ގޮތެއްގައި ބޭނުން ކުރަން ޖެހޭ،" ފާތިހު ވިދާޅުވި އެވެ.

އޭދަފުށީ ދަނޑު ހުޅުވަން ކުޅުނު ހާއްސަ މެޗުގެ ތެެރެއިން.--

އޭދަފުށީ ކައުންސިލް/ ކްލަބް އޭދަފުށީގެ ތަސައްވުރެއް އެބައޮތެވެ.

"މިސާލަކަށް ޓީމުތައް ވެސް މި ތަނަށް އައިސްގެން ކޭމްޕް ކުރެވިގެން. އިރާދަކުރެއްވިޔާ ލޭންޑްޔޫސް ޕްލޭން ނިމުނުހާ އަވަހަކަށް ސިޓީ ހޮޓަލަކަށް ވެސް އިއުލާނުކުރާނަން ދަނޑުކައިރީގައި. 100 ބެޑްގެ ސިޓީ ހޮޓަލެއް އަޅަން ވެސް މަސައްކަތް ކުރާނަން،" ރޭވިފައި އޮތް ޕްލޭނަށް އިޝާރާތްކޮށް ފާތިހު ވިދާޅުވި އެވެ.

އޭދަފުށީގެ މުޅި ރާއްޖޭގެ ލެވަލްގެ މުބާރާތްތައް ކުރިއަށް ގެންދިއުމަކީ ކައުންސިލުން ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ. އެ ގޮތުން މިހާރު ކުޅިވަރުގެ އިންފްރާސްޓްރަކްޗާތައް ގާއިމްކުރެވެމުންދާ ގޮތަށް ބަލާއިރު، އޭދަފުށީގެ ފުޓްބޯޅަ ދަނޑަކީ ހުރިހާ ކަމެއް ފުރިހަމަވެގެންދާއިރު، އިންޓަނޭޝަނަލް ލެވަލްގެ މެޗުތައް ވެސް ކުޅެވޭނެ ތަނެއް ކަމަށެވެ.

ރޭވިފައި ހުރި ގޮތަށް ކަންކަން ގޮސް، އިންފްރާސްޓްރަކްޗާގެ ރަނގަޅު ސިސްޓަމެއް ގާއިމްކުރެވިއްޖެނަމަ އޭދަފުށި ފުޓްބޯޅައިގައި މިހާރު މި އޮތް ވަރަށް ވުރެ ވެސް ބޮޑަށް ކުރިއަރާނެ ކަމަށް ފާތިހު ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑުމެން ހަމައެކަނި ޓާގެޓް ކުރަނީ ރާއްޖެ އަށް އެކަންޏެއް ނޫން. ރިސޯޓްތަކަށް އަންނަ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ވެސް މި ރަށަށް އަންނަން ބޭނުންވެދާނެ ފުޓްބޯޅައިގެ ރަށެއްކަން އެނގޭ ހިސާބުން. އެ މީހުންނަށް ވެސް ކަންކަން ހަމަޖައްސައިދެވޭނެ އިންތިޒާމް ސިޓީ ހޮޓަލާ އެކު އަންނާނެ،" ފާތިހު ވިދާޅުވި އެވެ.

އޭދަފުށީގެ ފުޓްބޯޅަ ދަނޑު ކުރިން އޮތް ސަރަހައްދުގައި އެފްއޭއެމާއި ޔޫތު މިނިސްޓްރީއާ އެކު މަޝްވަރާ ކުރެވިގެން ފުޓްބޯޅަ ސްކޫލެއް ހެދުމުގެ ވިސްނުމެއް ވެސް އޮތީ އުފަންވެފަ އެވެ. ފުޓްބޯޅަ ސްކޫލެއް އައިސްފިނަމަ އެއީ ފުޓްބޯޅައިން ކުރިއަށްދާން އޭދަފުއްޓަށް ލިބޭނެ ރައުސުލްމާލެކެވެ.

"ބިން ދެވިދާނެ ކަމަށް ބުނިން އަޅުގަނޑުމެން. ފުޓްބޯޅަ ސްކޫލެއް އައިސްފިނަމަ އެއީ އޭދަފުށީގެ އިތުރުން މި ސަރަަހައްދުގައި މި އޮތް އެހެން ރަށްތަކުގެ ކުދިންނަށް ވެސް މި ރަށަށް އައިސް ފުޓްބޯޅައިން ކުރިއަށްދާން ހުޅުވޭ ދޮރެއް. އޭގެއިން ދެން އޮތް ފުރުސަތަކީ މުޅި ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ކުރިއަރައިގެންދާނެ ވަރަށް ކުޅުންތެރިން އުފެދުން،" ފާތިހު ވިދާޅުވި އެވެ.

"ފެންވަރު ރަނގަޅު ފުޓްބޯޅައިގެ ޖީލެއް އޭރުން އެ ބިނާކުރެވެނީ. އެ ވަރުގެ ފެސިލިޓީސް އައިސްފިއްޔާ އެކަން ކުރެވޭނެ. އޭދަފުށީގައި އުފެދޭ ކޮންމެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ވެސް އަޒުމަކަށް ވަނީ ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިއަކަށް ވާން. މުޅި ރާއްޖެ އަށް ވެސް ރީތި ނަމެއް ހޯދައިދޭން،"

މި ވަގުތު އޮތް ބެޑްމިންޓަން ފެސިލިޓީ މަތީ ފެންވަރަށް ތަރައްގީ ކުރުމަކީ ވެސް ޕްލޭނުގައި އޮތް ކަމެކެވެ.

"މި އަށް ވުރެން ވެސް ބެޑްމިންޓަން ކޯޓުތައް ގިނަ ކުރަން ބޭނުން އަޅުގަނޑުމެން. ނަޒީރުބެ އެ ބައިން ފެހި ސިގްނަލް ދީފައި އެތަން ތަޅާލާފައި އިތުރު އިމާރާތެއް އަޅައި އިތުރު ދެ ކޯޓު ވެސް އަޅައިދޭނެ ކަމަށް ވިދާޅުވެފައި،" ބެޑްމިންޓަނަށް އަމާޒުކޮށް ގިނަ މަސައްކަތްތަކެއް ކުރަން ވިސްނުން ހުރިކަން ފާހަގަކޮށް ފާތިހު ވިދާޅުވި އެވެ.

ކުޅިވަރުތައް ކުރިއަށްގެންދާއިރު، ކުޅިވަރު ހިންގަން ފަންނީ މީހުން މަތީ ލެވަލަށް ތަމްރީންކުރަން އެހީތެރިވުމުގެ ގޮތުން ވެސް ކްލަބް އޭދަފުށިން އަންނަނީ ވިސްނަމުންނެވެ. އެެ ގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ކޯޗިން ކޯހާއި ޓެކްނިކަލް އޮފިޝަލުން ތަމްރީން ކުރުމުގެ ކަންކަން އޭދަފުށްޓައް ގެންނަން ކްލަބް އޭދަފުށިން ވަރަށް ބޮޑަށް ބޭނުންވެ އެވެ.

ކޮވިޑް-19އާ ހެދި ހުއްޓިފައި އޮތް ޑިވެލޮޕްމަންޓްގެ ކަންކަން ވީ އެންމެ އަވަހަށް ހިނގައިގަނެ، ކްލަބް އޭދަފުށީގެ ހަރަކާތްތަތައް ކުރިއަށް އޮތްތަނުގައި ފުޅާކުރަން ކައުންސިލް އޮތީ ޕްލޭނަކާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox