އަހްމަދިއްޔާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައި ދޭނަން: ރައީސް

Feb 22, 2022, 1:43 AM
އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް 40 އަހަރު ފުރުން ފާހަގަ ކުރަން ރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް 40 އަހަރު ފުރުން ފާހަގަ ކުރަން ރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު އަދި އެންމެ ދިގު ދެމިގެން ގޮސްފައިވާ މައްސަލައަކީ ޖާގައިގެ ދަތިކަން ކަމަށާއި އެ ދިގު އިންތިޒާރަށް ފޮނި ނިމުމެއް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

މައްޗަންގޮޅީ އަވަށު މަދަރުސާގެ ގޮތުގައި 1982 ގައި ފެށި ސްކޫލަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އެ ސްކޫލުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން އިތުރު ހަރަކާތެއް ބާއްވާނެ، ތުއްތުކުދިން ކުޅެން ނުކުމެލާނެ ބިން ކޮޅެއް ނެތް މައްސަލަ ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ވެދިނުމަށް އަޅުގަނޑުމެން މިއަންނަނީ މަސައްކަތް ކުރަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަ ބޭފުޅުންގެ އިންތިޒާރަށް މާގިނަ ދުވަސްތަކެއް ނުވެ އަމަލީ ސިފަ އަންނާނެކަމުގެ ޔަގީންކަން އަޅުގަނޑު މިރޭ އަރުވަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އަހްމަދިއްޔާ ސްކޫލުގެ ގެލަރީ ރައީސް ސޯލިހު ބައްލަވާ ލައްވަނީ -- ފޮޓޯ: ރައީސް އޮފީސް
އަހްމަދިއްޔާ ސްކޫލުގެ ގެލަރީ ރައީސް ސޯލިހު ބައްލަވާ ލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އަހްމަދިއްޔާ ސްކޫލުގެ ގެލަރީ ރައީސް ސޯލިހު ބައްލަވާ ލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ވިދާޅުވީ އަހްމަދިއްޔާ ސްކޫލްގެ މާޒީން ވަރަށް ފަހުރުވެރި ސަފުހާތަކެއް ފެންނަ ކަމަށާއި ގައުމަށް ބޭނުންތެރި ދަރިންތަކެއް ބިނާކޮށްދީފައި އޮތުމަކީ އެ ސްކޫލްގެ އެންމެ ބޮޑު އެއް ކާމިޔާބު ކަމަށެވެ.

"އަހްމަދިއްޔާ ސްކޫލުން ތައުލީމު ހާސިލުކުރި ދަރިވަރުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައިވެސް، އަދި ސަރުކާރުގެ އެހެން މަތީ މަގާމުތަކުގައިވެސް މިހާރު އަމަލީ މަސައްކަތުގައި އެބަ ތިއްބެވި،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރާ އެއްކަމަކީ މީހުން ބިނާކުރުން ކަމަށާއި ތައުލީމީ ގޮތުން ހަރުދަނާ ދަރިންތަކެއް ބިނާކުރުމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ އިތުރު ފުރުސަތު ފަހިކޮށް ދިނީ އެ ބޭނުމުގައި ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާއިރު، އޭގެތެރެއިން ބައެއް މަޝްރޫއުތައް ފުރިހަމަ ވާއިރު، ފަންނީ ހުނަރުވެރިންނަށް ބޭނުންވާނެ ވަރަށް ގިނަ ވަޒީފާތައް އުފެދިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާ އާއި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫއުތަކާ ގުޅޭ ވަޒީފާތަކަށް ބޭނުންވަނީ ދިވެހިން ކަމަށް ފާހަގަ ކުރެއްވެވި އެވެ.

ރޭގެ ޖަލްސާއަށް ފަހު އަހްމަދިއްޔާ ސްކޫލުގެ ބައެއް ޓީޗަރުންނާއި މުވައްޒަފުންނާއެކު ރައީސް ސޯލިހު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ރައީސް އޮފީސް
ރޭގެ ޖަލްސާއަށް ފަހު އަހްމަދިއްޔާ ސްކޫލުގެ ބައެއް ޓީޗަރުންނާއި މުވައްޒަފުންނާއެކު ރައީސް ސޯލިހު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ރައީސް އޮފީސް

ރޭގެ ޖަލްސާއަށް ފަހު އަހްމަދިއްޔާ ސްކޫލުގެ ބައެއް ޓީޗަރުންނާއި މުވައްޒަފުންނާއެކު ރައީސް ސޯލިހު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ރައީސް އޮފީސް

މިސާލަކަށް، ފަސް ސަރަޙައްދުގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލްތައް. އެ ތަންތަނުން ވަރަށް ގިނަ ފަންނީ ވަޒީފާތައް އުފެދޭނެ. ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބް ޓެކްނީޝަނުންނާއި، މެކޭނިކުން، އަދި އެނޫންވެސް ވަރަށް ގިނަ ވަޒީފާތައް އުފެދިގެންދާނެ. އެއީ އާއިލާއާއި މައިންބަފައިން ކައިރީގައި، ރަށުގައި ތިބެގެން އަދާކުރެވޭނެ ވަޒީފާތައް. އެ ވަޒީފާތައް އަދާކުރާނެ ދިވެހިން އަޅުގަނޑުމެން ބޭނުންވޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ދަރިންނަށް ކިޔަވައިދޭ ވާހަކަ އެ މަނިކުފާނު ގިނައިން ދައްކަވަނީ ގައުމު ތަރައްގީ ވާނީ، ޒިންމާ އަދާކުރަން ތިބި ދަރިންގެ ސިކުނޑީގައި، އުފެއްދުންތެރި އީޖާދީ ވިސްނުންތަކެއް އުފެދިގެން ކަމަށް ގަބޫލުކުރައްވާތީ ކަމަށާއި "ދަރިންގެ ކިބައިގައި ތަރައްގީގެ ވިސްނުން އުފެއްދޭނީ، ޒަމާނީ ކުރިއެރުމާ ފައިހަމަވާފަދަ ތައުލީމެއް ދަރިންނަށް ދީގެން،" ކަމަށް ވާތީ ކަމަށް ވިދާޅުވި އެވެ.

އަހުމަދިއްޔާގެ މޮޓޯއަކީ ވެސް އެފަދަ ދަރިވަރުންތަކެއް ބިނާކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

އަހްމަދިއްޔާގެ ކާމިޔާބީގެ ފުރަތަމަ ސިއްރަކީ އެ ސްކޫލްގެ ނަން ނިސްބަތްވާ ޑީ އަހަންމައިދީގެ ތެދުވެރި ނިޔަތާއި، އިހްލާސްތެރި ހެޔޮ އަމަލު ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިދިޔަ 40 އަހަރުގެ ތެރޭގައި ތައުލީމީ ރޮނގުން މި ސްކޫލްގެ ދަރިވަރުން ހޯދާފައިވަނީ، ރެކޯޑެއްގެ ގޮތުގައި ފާހަގަކުރެވޭ ރަން ވަނަތަކެއް ކަމަށެވެ.

ރޭގެ ޖަލްސާއަށް ފަހު އަހްމަދިއްޔާ ސްކޫލުގެ ބައެއް ދަރިވަރުންނާއެކު ރައީސް ސޯލިހު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ރައީސް އޮފީސް
ރޭގެ ޖަލްސާއަށް ފަހު އަހްމަދިއްޔާ ސްކޫލުގެ ބައެއް ދަރިވަރުންނާއެކު ރައީސް ސޯލިހު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ރައީސް އޮފީސް

ރޭގެ ޖަލްސާއަށް ފަހު އަހްމަދިއްޔާ ސްކޫލުގެ ބައެއް ދަރިވަރުންނާއެކު ރައީސް ސޯލިހު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ރައީސް އޮފީސް

އަހްމަދިއްޔާ ސްކޫލަކީ މިހާރުވެސް ރާއްޖޭގެ ތަޢުލީމީ މައިދާނުގައި ވަރަށް މަތީ މަގާމެއްގައި ސާބިތުކަމާއެކު ދެމިއޮތް ސްކޫލެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

މާލޭގައި ހުރި ސްކޫލްތަކުގެ ތެރެއިން، ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭ ހަމައެކަނި ސްކޫލަކީ އަހްމަދިއްޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox