ހާލަންޑް އަދިވެސް ފިޓެއް ނޫން: ރޯސް

Feb 20, 2022, 10:37 AM
ހާލަންޑް އަދިވެސް ފިޓެއް ނޫން: ރޯސް

ޑޯޓްމަންޓް (ފެބްރުއަރީ 20) - ބޮރޫޝިއާ ޑޯޓްމަންޓް މުހިންމު ފޯވަޑް އާލިން ބްރައުޓް ހާލަންޑް އަދިވެސް މުޅިން ފިޓުނުވާ ކަމަށާއި ޖަރުމަން ލީގުގައި މިރޭ ޑޯޓްމަންޑް ކުޅޭ އޭނާ ނުފެންނާނެ ކަމަށް ޑޯޓްމަންޓްގެ ކޯޗު މާކޯ ރޯސް ބުނެފި އެވެ.

ޔޫރޮޕާ ލީގުގައި މިދިޔަ ހަފުތާގައި ރޭންޖާސް އަތުން 4-2 އިން ބަލިވެފައި އޮތުމުން ޖަރުމަން ލީގުގައި މިރޭ ބޮރޫޝިއާ މޮންޗަންގްލެޑްބެކާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ޑޯޓްމަންޑަށް މުހިންމު ކަމެެކެވެ. އަމިއްލަ ދަނޑުގައި ރޭންޖާސް އަތުން ބަލިވުމުން ޑޯޓްމަންޑްގެ ކޯޗު ރޯސް އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

އެކަމަކު، މިރޭގެ މެޗުގައި ވެސް ރޯސް އަށް ޑޯޓްމަންޑްގެ މުހިންމު ފޯވަޑް ހާލަންޑްގެ ބޭނުމެއް ނުހިފޭނެ އެވެ.

އަނިޔާގެ ސަބަބުން، މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ހާލަންޑް ހުރީ ކުޅުމާ ދުރުގަ އެވެ. ރޯސް ބުނީ ހާލަންޑް ޓްރެއިނިންގައި ބައިވެރިވިޔަސް، އޭނާ އަދި މުޅިން ފިޓުނުވާ ކަމަށެވެ.

"ބައެއް ޓްރެއިނިންތައް އޭނާ (ހާލަންޑް) ފުރިހަމަކުރި ނަމަވެސް، އޭނާ އަދި މުޅިން ފިޓެއް ނޫން،" ރޯސް ބުންޏެވެ.

ޖަރުމަން ލީގުގައި ޑޯޓްމަންޑް އޮތީ ތާވަލްގެ އެއް ވަނައިގައި އޮތް ބަޔާން މިއުނިކަށް ވުރެ ހަ ޕޮއިންޓް ފަހަތުގަ އެވެ. ޖަރުމަން ކަޕުން ވެސް ޑޯޓްމަންޑް ވަނީ ކަޓައިފަ އެވެ. އެހެންކަމުން، ޔޫރޮަޕާ ލީގަކީ ތައްޓަކަށް ވާދަކުރުމަށް އެ ޓީމަށް އޮތް ރަނގަޅު ފުރުސަތެކެވެ.

އެކަމަކު، އަމިއްލަ ދަނޑުގައި ރޭންޖާސް އަތުން ފުރަތަމަ ލެގުން ބަލިވުމުން، ޔޫރޮަޕާ ލީގުގައި ކުރިއަށް ދިއުމަށް އޮތް މަގު ވަނީ އުނދަގޫވެފަ އެވެ. އަދި މި ނަތީޖާއާ އެކު، ރޯސްގެ މަގާމުގައި ދެމިހުންނާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox