ކޮލޮމްބިއާ ޑްރަގް ލޯޑުގެ އިއުތިރާފުގެ ރެކޯޑިންތައް ވަގަށް ނަގައިފި

ކޮލޮމްބިއާގެ ޑްރަގް ލޯޑު ޑައިރޯ އެންޓޯނިއޯ އުސޫގާ ހައްޔަރުކޮށްފައި. -- ފޮޓޯ: އޭޕީ

ކޮލޮމްބިއާގެ ޑްރަގް ލޯޑު ޑައިރޯ އެންޓޯނިއޯ އުސޫގާ ހައްޔަރުކޮށްފައި. -- ފޮޓޯ: އޭޕީ

ކޮލޮމްބިއާގެ މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅިގެން ހައްޔަރު ކުރި އެ ގައުމުގެ އެންމެ ބޮޑު ކުށްވެރިންގެ ގޭންގުގެ ލީޑަރުގެ އިއުތިރާފުގެ ރެކޯޑިންތައް ވަގަށް ނަގައިފި އެވެ.

ޑައިރޯ އެންޓޯނިއޯ އުސޫގާ ނުވަތަ އޮޓޯނިއެލްގެ އިއުތިރާފުގެ ބަޔާން ރެކޯޑު ކުރީ ޓްރުތް ކޮމިޝަނުން މިދިޔަ ބުދަ ދުވަހު އެވެ. އެއީ ސަރުކާރާއި ފާކް ގްރޫޕާ ދެމެދު ހިނގި ދިގު ހަމަނުޖެހުމުގެ މައްސަލަ ތަހުގީގު ކުރާ ކޮމިޝަނެވެ.

އެ ކޮމިޝަނުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކޮން ބަޔެއްކަން ނޭނގޭ ގްރޫޕަކުން ކޮމިޝަނުގެ އިންވެސްޓިގޭޓަރުގެ ގެޔަށް ދަންވަރު ވަނީ ފެބްރުއަރީ 18 ވަނަ ދުވަހު ކަމަށެވެ.

Advertisement

"އިންޓަވިއުގައި ބޭނުން ކުރި ޑިޖިޓަލް ރެކޯޑަރުތަކާއި ކޮމްޕިއުޓަރެއް އެ ގެއިން ވަގަށް ނެގި،" ބަޔާނުގައިވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮޓޯނިއެލްގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ދިޔައިރު، އޭނާ ފިލަން ރާވާފައިވާ ކަމަށް ބުނެ، ފުލުހުން އަޑުއެހުމަށް ވެސް ހުރަސް އެޅި އެވެ.

އުމުރުން 50 އަހަރުގެ އޮޓޯނިއެލް ހައްޔަރު ކުރީ މިދިޔަ އޮކްޓޯބަރު މަހު ކޮލޮމްބިއާގެ ހުޅަނގު އުތުރުގެ ބޯ ޖަންގައްޔަކުންނެވެ. އެ އޮޕަރޭޝަނުގައި 18 ހެލިކޮޕްޓަރު ބޭނުންކޮށް، 700 އަށް ވުރެ ގިނަ ޔުނިފޯމު އެޅި އޭޖެންޓުން ބައިވެރިވި އެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި އެމެރިކާއިން ވަނީ އޭނާ ހައްޔަރު ކުރަން އަމުރެއް ނެރިފަ އެވެ. އެހެންވެ، ރައީސް އައިވަން ޑޫކޭގެ ސަރުކާރުން ބުނީ އެމެރިކާއަށް އެކްސްޓްރެޑައިޓް ކުރަން ބޭނުންވާ ކަމަށެވެ.

ކޮލޮމްބިއާގައި އޮޓޯނިއެލްއާ ދެކޮޅަށް ގިނަ ކުށްތަކެއް ސާބިތުވެފައިވެ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މީހުން މެރުމާއި، ޓެރަރިޒަމާއި، ކުށްތަކަށް ކުޑަކުދިން ރެކްރޫޓް ކުރުމާއި، ރަހީނު ކުރުން ހިމެނެ އެވެ.

އޭނާ އިސްކޮށް ހުރި ކްލޭން ޑެލް ގޮލްފޯއަކީ ކޮލޮމްބިއާގެ އެންމެ ބޮޑު މަސްތުވާތަކެތީގެ ގޭންގެވެ. އެ ގޭންގަކުން އަހަރަކު 300 ޓަނުގެ ކޮކެއިން އެކްސްޕޯޓް ކުރާ ކަމަށް ރަސްމީ ތަފާސްހިސާބުން ދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

ގެތައް ބިމާހަމަކޮށް ފަލަސްތީނު މީހުން ހެބްރޮންއިން ބޭރުކުރަނީ

އިސްރާއީލުގެ ދެ ސިފައިން މަރާލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ހެބްރޮން ސިޓީގެ މަގުތަކާއި ގެދޮރު ބިމާހަމަކޮށް އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނުގައި 2،000 އެއްހާ މީހުން ގެދޮރުން ބޭރުކޮށް، ސިޓީ ބަންދުކޮށް އާންމު ރައްޔިތުންގެ ދަތުރުފަތުރާއި އަސާސީ ހިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ.

އުރުދުންގެ ފައްޅިއެއްގައި ބަޑި ޖަހައި ހަތް މީހުން މަރާލައިފި

އުރުދުންގެ ކަރަކްގައި ހުންނަ ފައްޅިއެއްގައި ބޭއްވި ޖަނާޒާއަކަށް ބަޑީގެ ހަމަލާތަކެއްދީ ހަތް މީހުން މަރާލައި 40 މީހުން ޒަހަމްކޮށްލައިފިއެވެ. މި ހަމަލާ ދިން މީހުން ހޯދުމުގެ ތަހުގީގު ސަރުކާރުން ފަށާފައިވާއިރު، މި ހާދިސާއާ ގުޅިގެން އެ ގައުމުގައި ތިން ދުވަހުގެ ގައުމީ ހިތާމަ ވަނީ އިއުލާންކޮށްފައެވެ.

ހަނދުގައި މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް އަވަސްކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަށާއި އެތަނުގައި މަރުކަޒެއް ގާއިމުކުރުމަށް ނާސާއިން ކުރާ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ. މިގޮތުން 2028 ވަނަ އަހަރު ހަނދަށް މީހުން ބޭލުމަށް "އާޓެމިސް 4" މިޝަން ތާވަލުކޮށްފައިވާއިރު، ޗައިނާއާ އޮތް ވާދަވެރިކަމުގެ ސަބަބުން އިދާރީ ހުރަސްތައް ނައްތާލައި ސްޕޭސް އެކްސް ފަދަ އަމިއްލަ ކުންފުނިތަކާއެކު މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

ހިޓްލަރުގެ ހާއްސަ އިމާރާތެއްގައި ރޯކޮށްލައިފި

ޖަރުމަނުގެ ކުރީގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރަށް ހާއްސަކޮށް ބިނާކޮށްފައިވާ "އީގަލްސް ނެސްޓް" އިމާރާތުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އަލިފާން ނިއްވުމަށް ހުރަސްތަކެއް ކުރިމަތިވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ހައްޔަރުކުރި މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ އާއި ސިޔާސީ މަގްސަދެއް އޮތްތޯ ފުލުހުން ދަނީ ބަލަމުންނެވެ.

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

Newsletter

Get the latest news delivered straight to your inbox