އެމްޑީޕީގެ ޕީޖީ ލީޑަރުކަމަށް އާޒިމާއި އަސްލަމް، އިންތިހާބު މާދަމާ

ފެބްރުއަރީ 10، ގައި އިސްކަންދަރު ސްކޫލް ހޯލުގައި ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ހުށަހެޅުމަކަށް މެމްބަރުން ވޯޓު ދެއްވަނީ. މިއީ އަލަށް އިންތިހާބުކުރި ގައުމީ މަޖިލިސް ބައްދަލުކުރި ދެވަނަ ފަހަރު ކަމަށްވާއިރު މުހިންމު ނިންމުންތަކެއް ނިންމި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ފެބްރުއަރީ 10، ގައި އިސްކަންދަރު ސްކޫލް ހޯލުގައި ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ހުށަހެޅުމަކަށް މެމްބަރުން ވޯޓު ދެއްވަނީ. މިއީ އަލަށް އިންތިހާބުކުރި ގައުމީ މަޖިލިސް ބައްދަލުކުރި ދެވަނަ ފަހަރު ކަމަށްވާއިރު މުހިންމު ނިންމުންތަކެއް ނިންމި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑާޝިޕަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއެކު އިތުރު 16 ބޭފުޅުން ކުރިމަތިލައްވައިފި އެވެ.

އެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ މާދަމާ އެވެ.

ޕީޖީ ލީޑަރު ކަމަށް ކުރިމަތިލައްވާފައިވަނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި އަލީ އާޒިމާއި, އެ މަގާމަށް އަލަށް ވާދަކުރައްވާ މުހައްމަދު އަސްލަމެވެ. ދެ ބޭފުޅުންގެ މެދުގައި ވާދަވެރި އިންތިހާބެއް އޮންނާނެ ކަމަށް ބެލެވެ އެވެ.

Advertisement

ޑެޕިއުޓީ ޕީޖީ ލީޑަރު ކަމަށް ކުރިމަތިލައްވާފައިވަނީ މެންބަރު މުހައްމަދު ރަޝީދު ހުސެއިންނާއި މެންބަރު ހުސެއިން ޝަހީމް އަދި މެންބަރު އިލްޔާސް ލަބީބެވެ.

ޕީޖީ ގްރޫޕް ލީޑަރު ކަމަށް:

  1. މުހައްމަދު އަސްލަމް، ނިޔާޒް / ސ. ހިތަދޫ
  2. އަލީ އާޒިމް، ހ. ނިއުކްއީން / މާލެ

ޕީޖީ ޑެޕިއުޓީ ލީޑަރު ކަމަށް:

  1. މުހައްމަދު ރަޝީދު ހުސެއިން، މ. ޖަވާހިރު ވާދީ / މާލެ
  2. ހުސެއިން ޝަހީމް، ހ. އަދުންގެ / މާލެ
  3. އިލްޔާސް ލަބީބް، ބުލޫސްކައި ، ސ. ހުޅުދޫ

އަމީން އާންމު:

  1. ހުސެއިން މުހައްމަދު ދީދީ، މާލެގަން ، ހުނުބޮލި / ޏ. ފުވައްމުލައް

ޑެޕިއުޓީ އަމީން އާންމު:

  1. މުހައްމަދު ނިހާދު، ވިލްޒޭޝަންހައުސް / ސ. ފޭދޫ
  2. އިބްރާހީމް މުއިއްޒު، މިސްޓީ ނައިޓް / މާލެ

ޗީފް ވިޕް:

  1. އަބްދުލް މުޣުނީ، އުޖާލާގެ / ގދ. ތިނދޫ
  2. މުހައްމަދު ރާއީ، ދަފްތަރު ރސ ނަމްބަރު 8076 / މާލެ

ވިޕުން 6

  1. މުހައްމަދު ރާޝިދު، ޔުނިވާސް / ށ. ފޯކައިދޫ
  2. ހުސެއިން ޒިޔާދު، ޖަވާހިރުގެ / ހދ. ވައިކަރަދޫ
  3. މުހައްމަދު ޝިފާއު، ބުލްބުލާގެ / ހއ. އިހަވަންދޫ
  4. އަހުމަދު ހައިތަމް، މއ. ވިންޑްސްޓާރ / މާލެ
  5. މޫސާ ސިރާޖު، އެފާ / ލ. ފޮނަދޫ

ޕާލިމެންޓްރީ ގްރޫޕުގެ އިންތިހާބު މާދަމާ ބާއްވާއިރު އަންމަ އޭޕްރިލް 16 ގައި ޗެއާޕާސަންގެ އިންތިހާބުގެ އިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބާއްވަން ވަނީ ނިންމާފަ އެވެ.

    ކޮމެންޓް

    ފަހުގެ ޚަބަރު

    ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

    ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

    މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

    މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

    ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

    ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

    ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

    ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

    ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

    ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

    "މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

    ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

    "ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

    "ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

    Newsletter

    Get the latest news delivered straight to your inbox