ސިނާއީ މަސައްކަތްތަކަށް ވިލިމާލެއިން ބިން ދޫކުރަނީ

ވިލިމާލެ: އިއްޔެ ބައްދަލުމުގައި ސިޓީ ކައުންސިލުން ވަނީ އެ މުއްދަތުގައި ފައިސާ ނުދައްކާ ހުރި މީހުންގެ އެގްރިމެންޓް ބާތިލްކުރުމަށްވެސް ނިންމާފައި-- ފޮޓޯ: ވިލިމާލެ / ފޭސްބުކް

ވިލިމާލެ: އިއްޔެ ބައްދަލުމުގައި ސިޓީ ކައުންސިލުން ވަނީ އެ މުއްދަތުގައި ފައިސާ ނުދައްކާ ހުރި މީހުންގެ އެގްރިމެންޓް ބާތިލްކުރުމަށްވެސް ނިންމާފައި-- ފޮޓޯ: ވިލިމާލެ / ފޭސްބުކް

ވިލިމާލޭގެ ސިނާއީ ސަރަހައްދުން އިގްތިސޯދީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައި، އެކަމަށް ހުޅުވާލައިފި އެވެ.

އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލުގެ 40 ވަނަ ޖަލްސާގައި ސިނާއީ މަސައްކަތަށް ބިން ދިނުމަށް ހުށަހެޅީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އެވެ. އެ ހުށަހަޅުން ފާސްކުރީ ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

ބިން ދޫކުރުމަށް ހުޅުވާލާފައި ވަނީ މާލޭ ރަށްވެހިންނަށް ވެސް ފުރުސަތު ލިބޭ ގޮތަށެވެ. އެކަމަކު މަދުވެގެން ދެ ބައިކުޅަ އެއްބައި ވިލިމާލޭ ރައްޔިތުންނަށް ހާއްސަ ކުރުމަށް ވެސް ބުނެފައިވެއެވެ.

އެ ހުށަހެޅުމުގައި ވަނީ ވިލިމާލޭ ސިނާއީ ސަރަހައްދުގައި މިވަގުތު ހުސްކޮށް އޮތް 13 ސްލޮޓު ސިނާއީ މަސައްކަތްތައް ކުރަން ދިނުމަށް ފުރުސަތު ދިނުމަށެވެ.

ވިލިމާލޭ ސިނާއީ މަސައްކަތް ކުރާ މީހުން ކުއްޔަށް ހިފާފައިވާ ސްލޮޓުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެންމެ ފަހު ފުރުސަތު ދީފައި ވަނީ މިދިޔަ އަހަރުގެ ނިޔަލަށެވެ. އިއްޔެ އެ ބައްދަލުމުގައި ސިޓީ ކައުންސިލުން ނިންމާފައި ވަނީ އެ މުއްދަތުގައި ފައިސާ ނުދައްކާ ހުރި މީހުންގެ އެގްރިމެންޓް ބާތިލްކުރާށެވެ. އަދި އެ ބިމުން ފައިސާ ނުލިބި ހުރި މީހުންގެ އަތުން ފައިސާ ހޯދުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްކޮށް އެ ފައިސާ ހޯދުމަށް ވެސް ސިޓީ ކައުންސިލުން ނިންމާފައިވެ އެވެ.

ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބިން ދޭން ނިންމާފައި ވާއިރު، މާލޭ ސަރަހައްދު ގުޅައިލުމުގެ ޕްރޮޖެކްޓްގެ ތެރެއިން މާލެ-ތިލަފުށި ލިންކް (އެމްޓީއެލް) ނުވަތަ ތިލަމާލެ ބްރިޖް މަޝްރޫއުއިން ވިލިމާލެ ސިނާއި ސަރަހައްދު ގެއްލިގެންދާނެ ކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މުއިއްޒު ވަނީ އެ ހާލަތުގައި ސިނާއީ ސަރަހައްދު ޕާކިން ޒޯނަކަށް ބަދަލުކޮށް ސިނާއީ މަސައްކަތް ކުރާ ތަންތަން ދެން ބަދަލުކުރާނީ އަނެއްކާވެސް ރަށުތެެރެއަށްތޯ ސުވާލު ކުރައްވާފަ އެވެ. އެހެން ކަމުން ބްރިޖުގެ މަަސައްކަތް ކުރާއިރު އެކަމުގައި ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލު އަދި މަޝްވަރާ ހޯއްދެވުމަށް ތަކުރާރުކޮށް ވަނީ އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox