ޗެނަލް ޕާކު ކެފޭތަކަށް ވިޔަފާރިތަކުން ބޮޑު ތަރުހީބެއް

ހުޅުމާލޭ ޗެނަލް ޕާކު: މި ޕާކުގެ ދެ އަރިމަތީގައި ކެފޭ/ރެސްޓޯރަންޓުތަކާއި ޕާކުތަކާއި އިށީންނާނެ ތަންތަން ހުންނާނެ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭ ޗެނަލް ޕާކު: މި ޕާކުގެ ދެ އަރިމަތީގައި ކެފޭ/ރެސްޓޯރަންޓުތަކާއި ޕާކުތަކާއި އިށީންނާނެ ތަންތަން ހުންނާނެ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި ތަރައްގީ ކުރަމުންދާ "ޗެނަލް ޕާކު" ސަރަހައްދުން ކެފޭ ނުވަތަ ރެސްޓޯރަންޓު ހަދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ދޫކުރާ ބިންތަކަށް ވިޔަފާރިވެރިންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ޗެނަލް ޕާކުގައި ކެފޭ ނޫނީ ރެސްޓޯރަންޓު ހަދަން ހަތް ބިމެއް 20 އަހަރަށް ކުއްޔަށް ދޭން އެޗްޑީސީން ހުޅުވާޅީ ނިމުނު ޖެނުއަރީ 18، ގަ އެވެ. މި ބިންތައް ދޫކުރަނީ އެތަން ކުއްޔަށް ނަގާ ފަރާތުން އެތަނުގައި އިމާރާތްކުރުމުގެ ކަންކަން ކުރާ ގޮތަށެވެ.

މި ތަންތަނަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީ މި މަހުގެ 10 ގަ އެވެ.

Advertisement

އެޗްޑީސީން އާންމުކޮށްފައިވާ ސަބްމިޝަން ޝީޓުން ދައްކާ ގޮތުގައި އެހާތަނަށް ލިބުނީ 20 ހުށަހެޅުމެކެވެ. އޭގެ ތެރެއިން އެއް ހުށަހެޅުން ބާތިލުކުރުމަށް ފަހު ބާކީ 19 ބިޑު އެޗްޑީސީން ވަނީ ބަލައިގެންފަ އެވެ.

ޗެނަލް ޕާކުން ދޫކުރާ ބިންތަކުގެ ކުލީގެ ގޮތުގައި ބިޑް ފެށޭ އަގުގެ ގޮތުގައި ކަނޑައަޅާފައިވާ އަގަކީ އަކަފޫޓަކަށް 25ރ. އެވެ. މި ކުއްޔަކީ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި އަހަރުން އަހަރަށް އިތުރުވާ ގޮތަށް ހުށަހަޅަން ޖެހޭ ކުއްޔެކެވެ. އަދި ކޮންމެ ފަސް އަހަރެއް ފަހުން ކުލި މުރާޖާ ކުރެވޭނެ އެވެ.

ކުލީގެ އިތުރުން އެޗްޑީސީން އާންމުކޮށް ކޮންމެ ޕްރޮޖެކްޓަކުންވެސް ނަގާ އިކިއުޒިޝަން ފީ ފެށޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 356.23ރ. އެވެ.

ޗެނަލް ޕާކުން ދޫކުރާ ބިންތައް

  • ލޮޓް ނަމްބަރު 11674 - 3،237.03 އަކަފޫޓު
  • ލޮޓް ނަމްބަރު 11675 - 2،957.49 އަކަފޫޓު
  • ލޮޓް ނަމްބަރު 11676 - 2586.57 އަކަފޫޓު
  • ލޮޓް ނަމްބަރު 11677 - 1،700.37 އަކަފޫޓު
  • ލޮޓް ނަމްބަރު 11678 - 1،706.08 އަކަފޫޓު
  • ލޮޓް ނަމްބަރު 11679 - 2،091.64 އަކަފޫޓު
  • ލޮޓް ނަމްބަރު 11680 - 3،0165.08 އަކަފޫޓު

ގިނަ ވިޔަފާރިތަކުން އެކުއިޒިޝަން ފީ އާއި ކުލި ހުށަހަޅާފައި ހުރީ އެޗްޑީސީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ މަތިންނެވެ. ފުރަތަމަ އަހަރަށް އެންމެ މަތިން އަގު ހުށަހެޅީ އަކަފޫޓަކަށް 44ރ. އެވެ. އެންމެ މަތިން ހުށަހެޅި އެކުއިޒިޝަން ފީއަކީ އަކަފޫޓަކަށް 1،550ރ. އެވެ.

މި ތަންތަނަށް ކުރިމަތިލާފައިވާ ވިޔަފާރިތަކުގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތުގައި މަޝްހޫރު ޑައިން މޯ އާއި ބްރަދާސް ކޭޓަރިން އާއި ސެމިލީސް ހިންގާ އެސްޕެޑެޓާގެ އިތުރުން އެ ނޫން ވިޔަފާރި ދާއިރާތަކުގައި ފާހަގަކޮށްލެވޭ އާރްސީސީ އާއި ރެފްކޫލް އާއި މިސްރާބު ޓްރޭޑިން ފާހަގަކޮށްލެވެ އެވެ.

އެންމެ ގިނަ މާކްސް ލިބެނީ ކުއްޔާއި އެކުއިޒިޝަން ފީ އެންމެ މަތިން ހުށަހަޅާ ބަޔަކަށެވެ. އެއީ 70 ޕަސެންޓެވެ. ބާކީ 30 ޕަސެންޓުގެ ތެރެއިން 15 ޕަސެންޓަކީ ތަޖުރިބާ އެވެ. ބާކީ 15 ޕަސެންޓު ލިބެނީ ބިޒްނަސް ޕްލޭނަށެވެ.

ކުއްޔަށް ނަގާ ބިން ހިޔާރު ކުރަން ލިބެނީ އެންމެ ގިނައިން މާކްސް ލިބޭ ހުށަހެޅުމަށް އިސްކަންދޭ ތަރުތީބުންނެވެ.

ކެފޭ އާއި ރެސްޓޯރަންޓުތަކުގެ އިތުރުން ޗެނަލް ޕާކުގައި ހުޅުމާލޭގައި ދިރިއުޅޭ މީހުން މުނުފޫހިފިލުވުމަށް ގިނަ ރެކްރިއޭޝަނަލް ތަންތަން ތަރައްގީކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

ޗައިތަންޔާގެ ލޮލުގެ ދެ ޑޮކްޓަރަކު އައިކެއަރގައި

އިންޑިއާގެ ޗައިތަންޔާ އައި ހޮސްޕިޓަލުގެ ދެ ކޮންސަލްޓަންޓުން، އޮކްޓޯބަރު 11 އިން 15 އަށް ރާއްޖޭގެ އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބަލާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ލޯ ޗެކްކުރުމާއި ކޮންސަލްޓޭޝަންގެ އިތުރުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް އިންޑިއާއަށް ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އައިކެއަރއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގެ ކީނޯޓް ސްޕީކަރަކަށް ކިރުބާ

އެމް.އައި.ބީ ގެސްޓްހައުސް ސިމްޕޯސިއަމް 2026 ގެ ކީނޯޓް ސްޕީކަރަކަށް ބައިނަލްއަޤްވާމީ ބިޒްނަސް ސްޓްރެޓީޖިސްޓް ކިރުބާ ޝަންކަރު ވަނީ ހަމަޖައްސާފައެވެ. އަންނަ އޮކްޓޫބަރު 15 ގައި ބާއްވާ މި ސިމްޕޯސިއަމްގައި، ޑިޖިޓަލް ޒަމާނުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރުވައި އީޖާދީ ބަދަލުތައް ގެނައުމާ ގުޅޭގޮތުން އޭނާ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރާނެއެވެ.

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

Newsletter

Get the latest news delivered straight to your inbox