ގައުމީ ވޮލީ ޓީމަށް ބްރެޒިލާއި އެމެރިކާ އަދި ބަހްރޭންގައި މަސައްކަތްކުރި ކޯޗު ވެލޯސޯ

Feb 12, 2022, 4:09 PM
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ގެންނަން ނިންމާފައިވާ ވެލޯސޯ.

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ގެންނަން ނިންމާފައިވާ ވެލޯސޯ.

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ބްރެޒިލާއި ބަހްރޭން އަދި އެމެރިކާގައި ވޮލީގެ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކޯޗު ސާޖިއޯ ވެލޯސޯ ގެންނަން ނިންމައިފި އެވެ.

ގައުމީ ފިރިހެން ވޮލީ ޓީމަށް މީގެ ކުރިން އިރުޝާދުދިން އޭޝިއާ ބައްރުން ބޭރުގެ ކޯޗަކީ ސާބިއާގެ މަތީ ފެންވަރު ކޯޗެއް ކަމަށްވާ މިލޮރަޑް ކިޔާޗް އެވެ. މިލޮރަޑް ހުރީ 2019 ވަނަ އަހަރު އެވެ. މި ފަހަރު ހަވާލުވާ ވެލޯސޯ އަކީ ވޮލީގެ ތަޖުރިބާ ބޮޑު ކޯޗެކެވެ.

ގައުމީ ފިިރިހެން ވޮލީބޯޅަ ޓީމަށް މަތީ ފެންވަރުގެ ކޯޗެއް ހަމަޖައްސާފައިވަނީ ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީގެ ޓެކްނިކަލް ސަޕޯޓާއި ޔޫތު މިނިސްޓްރީގެ ވަރަށް ބޮޑު އެހީތެރިކަމާ އެކީގަ އެވެ. ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗަކަށް ހުރީ ވެސް ބްރެޒިލްގެ މަތީ ފެންވަރުގެ ކޯޗެކެވެ. އެފްއައިވީބީ އާއި ޔޫތު މިނިސްޓްރީގެ އެހީގައި ގެނައި ބީޗްވޮލީބޯޅަ ކޯޗަކީ ބްރެޒިލްގެ ވިނީޝިއުސް މާޓިން އެވެ.

މި ކޯޗުން ރާއްޖޭގެ ގައުމީ ޓީމުތަކަށް ހަމަޖެހިގެން ދިޔައީ މިދިޔަ އަހަރު އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެ ވަޑައިގެންނެވި ދަތުރުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިންނެވެ. އަދި ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ދާދި ފަހުން ވަނީ އެފްއައިވީބީގެ މައި ހެޑްކުއާޓަރަށް ވަޑައިގަންނަވާ ދިވެހި ވޮލީ އަށް އިތުރު ފުރުސަތުތައް ތަނަަވަސްކުރަން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗަކަށް މި ވަގުތު ހުރީ މުހައްމަދު ޝާޖިދު (ކާއްޓޭ) އެވެ. އާ ކޯޗު ވެލޯސޯ ހަފްތާއެއްގެ ތެރޭގައި ޓީމާ ހަވާލުވާއިރު، ޓީމު ރަނގަޅަށް ދެނެގަންނަން ކާއްޓޭގެ އެހީތެރިކަން ހޯދާނެ އެވެ.

ބަހްރޭން ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗަކަށް 2020 ވަނަ އަހަރު ހަމަޖެއްސި ވެލޯސޯ، 54، އަކީ 25 އަހަރަށް ވުރެ ގިނަ މުއްދަތެއްގެ ކޯޗިން ތަޖުރިބާ ހުރި ފަރާތެކެވެ. ބްރެޒިލްގެ މަޝްހޫރު ވޮލީބޯޅަ ކްލަބެއް ކަމަށްވާ މިނިއާސް ޓެނީސް ކްލަބަށް ގިނަ އަހަރުތަކެއް ވަންދެން ކޯޗުކޮށްދިން ވެލޯސޯ ވަނީ އެ ޓީމާ އެކު 57 ބްރެޒިލްގެ ރީޖަނަލް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ އުމުރުފުރާ މުބާރާތްތަކާއި ސީނިއާ ވޮލީގެ މުބާރާތްތަކެވެ.

ބްރެޒިލްގެ އުމުރުފުރާ ގައުމީ ޓީމުތަކުގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ވެލޯސޯ ވަނީ ދުނިޔޭގެ ލެވަލް މުބާރާތްތަކާއި ދެކުނު އެމެރިކާ ބައްރަށް ހާއްސަ މުބާރާތްތަކުގައި ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބާސެލޯނާގައި 1992 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސް އަށް ތައްޔާރުވި ބްރެޒިލްގެ އަންހެން ވޮލީބޯޅަ ޓީމަށް ވެސް ވެލޯސޯ ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެއީ ވޮލަންޓިއަރު ކޯޗެއްގެ ގޮތުގަ އެވެ.

ފިޒިކަލް އެޑިއުކޭޝަނުން ބެޗަލާސް ޑިގްރީއެއް ހާސިލްކޮށްފައިވާ ވެލޯސޯ އަކީ އެތުލީޓުންގެ އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ދެނެގަންނަން އެމެރިކާގައި ހިންގަމުން އަންނަ ޓްރައިއައުޓް ޕްލޭޔާސްގެ ކޯ ފައުންޑަރެކެވެ. ވެލޯސޯ އަކީ ކުޅުންތެރިން ޑިވެލޮޕްކުރުމުގައި ވީޑިއޯ އެނަލައިސިސް އަށް އިސްކަންދޭ ކޯޗެކެވެ.

އެމެރިކާގެ ޓޮޕް އެލީޓް އެކެޑަމީގައި ވެސް ކުޅުންތެރިން ތަމްރީން ކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ވެލޯސޯ އަކީ ބްރެޒިލްގެ ވޮލީބޯޅަ ފެޑެރޭޝަނާ ގުޅިގެން ޑިވެލޮޕްމަންޓްގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކޯޗެކެވެ.

ފާއިތުވި ހަތް ވަރަކަށް އަހަރަށް ބަލާއިރު، ވެލޯސޯ އަކީ ގައުމީ ފިރިހެން ޓީމަށް ކޯޗުކޮށްދޭނެ ހަތަރު ވަނަ ބިދޭސީ ކޯޗެވެ. މީގެ ކުރިން ތައިލެންޑްގެ ސުންޓޮން ފޮސީޓާ އާއި ސްރީލަންކާގެ ކޯޗު ސްރީ ލަންކާގެ ކުމާރް ވެންޑަކޫން (ސިސިރާ ކުމާރު) އަދި ސާބިއާގެ މަޝްހޫރު ކޯޗު، މިލޮރަޑް ކިޔާޗް ވަނީ ރާއްޖެ އަށް ކޯޗުކޮށްދީފަ އެވެ.

އެންމެ ފަހުން ބިދޭސީ ކޯޗެއްގެ ބެލުމުގެ ދަށުން ގައުމީ ޓީމު ކުޅުނީ 2019 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެ މުބާރާތުގައި ކޯޗުކޮށްދިނީ މިލޮރަޑް ކިޔާޗް އެވެ. އޭގެ ފަހުން މިދިޔަ ސެންޓްރަލް ޒޯން މުބާރާތުގައި ކޯޗުކޮށްދިނީ ކާއްޓޭ އެވެ. މިދިޔަ އަހަރުތަކުގައި ކާއްޓޭގެ އިތުރުން، ވޮލީކޯޗު މުހައްމަދު ޝަރަފް ވެސް ވަނީ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އެއީ 2017 ވަނަ އަހަރު މާލޭގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox