ފަހު މެޗުގައި ބަންގްލަދޭޝުން ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށްފި

ބަންްގްލަދޭޝާއި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަންްގްލަދޭޝާއި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބައިނަލްއަގުވާމީ އެކުވެރިކަމުގެ ސިލްސިލާގެ ފަހު މެޗުގައި ރާއްޖެ އަތުން ސީދާ ތިން ސެޓުން ބަންގްލަދޭޝް މޮޅުވެއްޖެ އެވެ.

އެކުވެރިކަމުގެ ސިލްސިލާގެ ފުރަތަމަ މެޗުގައި ރާއްޖެ އިން ވަނީ ފަހަތުން އަރައި ބަންގްލަދޭޝް 3-1 އިން ބަލިކޮށްފަ އެވެ. އެއީ ހަ އަހަރު ތެރޭ ބަންގްލަދޭޝް އަތުން ރާއްޖެ ހޯދި ފުރަތަމަ މޮޅެވެ. ނަމަވެސް ދެ ވަނަ މެޗުގައި ބަންގްލަދޭޝުންވަނީ 3-1 އިން ރާއްޖެ ބަލިކޮށްފައެވެ. އަދި މިރޭ ކުޅުނު ފަހު މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ބަންގްލަދޭޝުން ކާމިޔާބުކުރީ 25-18، 25-21 އަދި 25-18 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ބަންގްލަދޭޝުން ދެ ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ނަމަވެސް ރާއްޖެ އިން ވަނީ ފޯރީގައި ކުޅެ ލީޑު ފުޅާވިޔަނުދީ 5-5 އިން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭގެ ފަހުން އަނެއްކާ ވެސް ދެ ޕޮއިންޓްގެ ލީޑެއް ނަގައި އެ ޓީމުގެ ފުރަތަމަ 10 ޕޮއިންޓް ހޯދިއެވެ. ދެން ފެނުނީ އަނެއްކާ ވެސް ރާއްޖޭން އަލީ ހުޒާމް (ހުޒަންޓެ) އަދި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ގެ ހަމަލާތަކުން ސްކޯ ހަމަހަމަކުރި ތަނެވެ.

އެ ގޮތުން 10-10 އިން ސްކޯ އެއްވަރުވުމާ އެކު ދެން ފެނުނީ ބަންގްލަދޭޝުން ކުޅުން ތަފާތު ކޮށްލިތަނެވެ. އެ ޓީމުގެ ސެޓަރު އެމްޑީ އަލް-އަމީންގެ ތަފާތު މޮޅު ކުޅުމާ އެކު ބަންގްލަދޭޝުން ގޭމް އެ ޓީމު ކޮޅަށް އަނބުރާލި އެވެ. އަދި ރަނގަޅު ލީޑެއް ނެގި އެވެ. އަދި މޮޅަށް ކުޅެ ރާއްޖެ އަށް ފުރުސަތެއް ވެސް ނުދީ 25-18 އިން ފުރަތަމަ ސެޓު އެ ޓީމުން ކާމިޔާބުކުރި އެވެ.

ރާއްޖެ އިން ދެ ވަނަ ސެޓު ފެށީ ވަރަށް ރަނގަޅަށެވެ. މިގޮތުން ދެ ޕޮއިންޓްގެ ލީޑެއް ވެސް ރާއްޖެ އިން ހޯދި އެވެ. ނަމަވެސް ބަންގްލަދޭޝުން ވަނީ ފަހަތުން އަރާ ސްކޯ 5-5 އިން އެއްވަރުކޮށްފަ އެވެ. ވާދަވެރިކޮށް ދެ ޓީމުން ވެސް ކުޅެމުން ގޮސް ބަންގްލަދޭޝުން މި ސެޓުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 9-8 އިންނެވެ. ރާއްޖޭގެ ތިން އެޓޭކަރުން ކަމަށްވާ ކުޑަކާއްޓޭ، ހުޒާންޓެ އަދި އާދަމް ނަސީމް (އެޑަމް) ވެސް ޖުމްލަކޮށް މި ސެޓުގެ މެދަކާ ހަމައަށް ރަނގަޅަށް ކުޅުނެވެ. އަދި ލިބަރޯ މުހައްމަދު ނައީމް (ނައިންޓެ)ގެ ޑިފެންސް ވެސް ފެނުނީ ވަރުގަދަ ކޮށެވެ.

ނަމަވެސް ރާއްޖެއަށް މި ސެޓުގައި ވާދަކޮށްލެވޭ ވަރުވީ ސެޓުގެ މެދަކާ ހިސާބަށެވެ. ފަހު ކޮޅުގައި އުނދަގޫތަކެއް ކުރިމަތިވެ، 16-15 އިން ސްކޯ އޮއްވައި، ބަންގްލަދޭޝުން އެއްވާނެއްގައި ކުޅެ ޖެހިޖެހިގެން ހަ ޕޮއިންޓް ހޯދައި ލީޑު ފުޅާކޮށްލި އެވެ. މި ސެޓުގައި އެ ޓީމުގެ ބްލޮކަަރު ސުޖޮން އަދި އެޓޭކަރު ސްމައިލް ހުސައިންގެ ކުޅުން ފާހަގަކޮށްލެވުނެވެ. ބޮޑު ލީޑަކާ އެކު ކުޅެ އެ ޓީމަށް 24-18 އިން ސެޓު ނިންމާލަން ލިބުނެވެ. ނަމަވެސް ފަހު ވަގުތު ރާއްޖެއިން ހޯދި ޕޮއިންޓްތަކާ އެކު ސްކޯ 24-21 އަށް ގާތްކުރި އެވެ. އޭގެ ފަހުން ބަންގްލަދޭޝްގެ އެޓޭކަރު ސައީދުގެ ބާރު ހަމަލާ ބްލޮކް ނުކުރެވި 25-21 އިން ރާއްޖެއަށް މި ސެޓު ގެއްލުނެވެ.

މެޗުގެ ތިން ވަނަ ސެޓު ފެށިގޮތަށް ބަންގްލަދޭޝުން ލީޑް ނެގި އެވެ. ކެޕްޓަން ހޮރޮސިތާއި ސްމައިލް ހުސައިންގެ ހަމަލާތަކާ އެކު ލީޑް ދެމެހެއްޓި އެވެ. ރާއްޖޭގެ ތިން އެޓޭކަރުންނަށް ވެސް މި ސެޓުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ދިވެހި ކުޅުންތެރިން ފޮނުވާލި ބޯޅަތައް ބްލޮކް ކުރުމުގައި ބަންގްލަދޭޝްގެ ސުޖޮން އާއި ނައީމް ހުސައިން ތަފާތު ދެއްކި އެވެ. ރަނގަޅު ކުޅުމެއް ދައްކައި ބަންގްލަދޭޝުން މި ސެޓު ކާމިޔާބުކުރީ 25-18 އިންނެވެ.

ބަންގްލަދޭޝާއި ރާއްޖެ ކުޅުނު އެކުވެރިކަަމުގެ ތިން މެޗަކީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިސްނެންގެވުމާ އެކު ލިބުނު ފުރުސަތެކެވެ.

މިރޭގެ މެޗު ޝަރަފްވެރި ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމްއާއި މިނިސްޓަރު މަހުލޫފާއި ސަރުކާރުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން ހުންނެވި، ބަންގްލަދޭޝް ވޮލީބޯޅަ ފެޑެރޭޝަންގެ ރައީސް އަދި ޑާކާގެ ނޯތު ސިޓީ ކޯޕަރޭޝަންގެ މޭޔަރު މުހައްމަދު އަތީގުލް އިސްލާމް ވަޑައިގެންނެވި އެވެ. އަދި މިރޭގެ މެޗަށްފަހު މަހުލޫފާއި އަތީގުލް ރަހްމާން ވަނީ ދެ ޓީމާ ވެސް ވަކިން ބައްދަލުކުރައްވައި މެޗުގައި ދެއްކި ކުޅިވަރުގެ ރީތި ނަމޫނާ އާއި ދެއްކި ހިތްވަރަށް ދެ ޓީމަށް ވެސް ހިތްވަރުދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox