ބީޗް ފްރަންޓު ބިމެއް ގަންނަން އަކަފޫޓަކަށް 10 މިލިއަން ރުފިޔާ!

ހުޅުމާލެ ދެވަނަ ފިޔަވަހި ބީޗު ފްރަންޓު ބިންތަކުގެ ބީލަން ކުރިޔަށް ދަނީ : 211 މީހަކު މި  ޕްލޮޓުތަކަށް ބިޑު ކުރި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލެ ދެވަނަ ފިޔަވަހި ބީޗު ފްރަންޓު ބިންތަކުގެ ބީލަން ކުރިޔަށް ދަނީ : 211 މީހަކު މި ޕްލޮޓުތަކަށް ބިޑު ކުރި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭ ބީޗް ފްރަންޓުން ބިމެއް ގަންނަން މީހަކު އަކަފޫޓަކަށް 10 މިލިއަން ރުފިޔާ ހުށަހަޅައިފި އެވެ.

ހުޅުމާލޭ ބީޗް ފްރަންޓުން 26 ބިމެއް ވިއްކާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބީލަން ހުޅުވާލީ މިއަދު ހެނދުނު 10:00 ގަ އެވެ. ބީލަން ހުށަހެޅުން ބަންދުކުރީ 12:00 ގަ އެވެ.

މި ބިންތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ފޯމު ބަލައިގަތުން ބަންދުކުރުމާ ހަމައަށް 211 މީހަކު ވަނީ ބީލަން ހުށަހަޅާފަ އެވެ. މިހާރު ކުރިޔަށްދަނީ ބީލަން ކަރުދާސްތައް ހުޅުވައިގެން ހުށަހަޅާފައިވާ އަގުތައް ބެލުމުގެ މަސައްކަތެވެ.

ބީލަންވެރިންނަށް އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މި ބީލަމުގައި، މި އަގު ހުށަހެޅީ އިބްރާހިމް މާޖިދު ކިޔާ މީހެކެވެ. އެޗްޑީސީގެ އޮފިޝަލުން ވަނީ އޭނާ ހުށަހެޅި އަގަކީ ސައްހަ އަގުތޯ ކަށަވަރު ކުރަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް, އެ ވަގުތު މާލަމުގައި އޭނާ ހާޒިރުވެ ނެތުމުން އެކަމެއް ނުވި އެވެ.

ވިއްކާލާ ބީޗު ފްރަންޓު ބިންތަކުގެ މުހިންމު މައުލޫމާތު

  • ވިއްކާލާ ބިމުގެ އަދަދު: 26
  • ބީލަން ފަށާ އަގު: އަކަފޫޓަކަށް 3،900ރ.
  • ބިންތަކުގެ ސައިޒު: 1،676.05 އަކަފޫޓާއި 2،633.93 އަކަފޫޓާ ދޭތެރޭ

މާލަމުގައި އެ ވަގުތު ނެތް ނަމަވެސް ހުރިހާ ޝަރުތަކާއި ލިޔެކިޔުންތައް ހަމަވާތީ އެޗްޑީސީގެ އޮފިޝަލުން ނިންމީ އޭނާގެ ބިޑު ބަލައިގަންނާށެވެ. އަދި ބުނީ އަކަފޫޓަކަށް ހުށަހަޅާ އަގުގެ ގޮތުގައި އިނގިރޭސިންނާއި ދިވެހިން ވެސް ލިޔެފައިވާ 10 މިލިއަން ރުފިޔާ ކަމަށް ބުންޏެވެ.

މިއީ ވިއްކާލާ އެންމެ ކުޑަ ޕްލޮޓުގެ ސައިޒުން ބެލި ކަމުގައިވީ ނަމަވެސް 16 ބިލިއަން ރުފިޔާ އެވެ.

މިހާތަނަށް ހުށަހަޅާފައިވާ އަގުތަކަށް ބަލާއިރު، މިއާ އެންމެ ގާތްކުރާ އަދަދަކަށް ވެސް ބިޑުކުރީ އަކަފޫޓަކަށް 10،000ރ. އެވެ. އެވަރެޖު ބިޑުތައް އުޅެނީ 4000ރ. އާއި 5000ރ. ދެމެދުގަ އެވެ.

މި ބިންތަކުގެ ބީލަން ފަށާ އަގަކީ އަކަފޫޓަކަކަށް 3،900ރ. އެވެ.

މި ބިންތައް ވިއްކަން ހަމަޖެހިފައިވަނީ އެންމެ ބޮޑު އަގު ހުށަހަޅާ 26 ފަރާތަކަށެވެ. ދެން އެންމެ މަތިން އަގު ހުށަހަޅާ ފަސް މީހަކު ވެއިޓްލިސްޓު ކުރެވޭނެ އެވެ.

މި ބީލަމާ ގުޅިގެން އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ބުނާ ގޮތުން އެންމެ ބޮޑު އަގު ހުށަހަޅާ މީހުންނަށް އެ މީހަކު ބޭނުން ބިމެއް ހިޔާރުކުރަން، ހުށަހެޅި އަގުގެ ތަރުތީބުން ފުރުސަތު ލިބޭނެ ކަމަށެވެ. އެތަނަށް ފައިސާ ދައްކަން އިތުރު 60 ދުވަހުގެ މުއްދަތެއް ލިބެ އެވެ.

މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ވެއިޓްލިސްޓު ކުރެވިފައިވާ މީހަކަށް ބިން ގަންނަން ފުރުސަތު ދެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

ޗައިތަންޔާގެ ލޮލުގެ ދެ ޑޮކްޓަރަކު އައިކެއަރގައި

އިންޑިއާގެ ޗައިތަންޔާ އައި ހޮސްޕިޓަލުގެ ދެ ކޮންސަލްޓަންޓުން، އޮކްޓޯބަރު 11 އިން 15 އަށް ރާއްޖޭގެ އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބަލާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ލޯ ޗެކްކުރުމާއި ކޮންސަލްޓޭޝަންގެ އިތުރުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް އިންޑިއާއަށް ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އައިކެއަރއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގެ ކީނޯޓް ސްޕީކަރަކަށް ކިރުބާ

އެމް.އައި.ބީ ގެސްޓްހައުސް ސިމްޕޯސިއަމް 2026 ގެ ކީނޯޓް ސްޕީކަރަކަށް ބައިނަލްއަޤްވާމީ ބިޒްނަސް ސްޓްރެޓީޖިސްޓް ކިރުބާ ޝަންކަރު ވަނީ ހަމަޖައްސާފައެވެ. އަންނަ އޮކްޓޫބަރު 15 ގައި ބާއްވާ މި ސިމްޕޯސިއަމްގައި، ޑިޖިޓަލް ޒަމާނުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރުވައި އީޖާދީ ބަދަލުތައް ގެނައުމާ ގުޅޭގޮތުން އޭނާ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރާނެއެވެ.

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

Newsletter

Get the latest news delivered straight to your inbox