ހުޅުމާލޭ ފޭސް ޓޫ ބީޗު ފްރަންޓު ބިންތަކުގެ ބީލަން މާދަމާ

ހުޅުމާލެ ދެވަނަ ފިޔަވަހި: ވިއްކާލަނީ ފޮޓޯގެ ވާތް ފަރާތުން އަތިރިމައްޗާ ކުރިމައްޗަށް ވާގޮތަށް ހުރި ބިންތަކާއި އެތެރެމަގަަށް ވާގޮތަށް ހުރި ބިންތައް. -- ފޮޓޯ: ޕީއެސްއެމް ނިއުސް

ހުޅުމާލެ ދެވަނަ ފިޔަވަހި: ވިއްކާލަނީ ފޮޓޯގެ ވާތް ފަރާތުން އަތިރިމައްޗާ ކުރިމައްޗަށް ވާގޮތަށް ހުރި ބިންތަކާއި އެތެރެމަގަަށް ވާގޮތަށް ހުރި ބިންތައް. -- ފޮޓޯ: ޕީއެސްއެމް ނިއުސް

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކާލަން ނިންމާފައިވާ ބިންތަކުގެ ތެރެއިން އަތިރިމައްޗާ ކުރިމަތިން (ބީޗު ފްރަންޓު) ވިއްކާލަން މަސައްކަތް ކުރާ ބިންތަކުގެ ބީލަން މާދަމާ އޮންނާނެ ކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

ހުޅުމާލޭން ބިން ވިއްކަން މަސައްކަތް ކުރާތާ އަހަރެއްހާ ދުވަސް ފަހުން މި ބިންތައް ވިއްކާލަން އެޗްޑީސީން އިއުލާނުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގަ އެވެ. ޖުމްލަ 60 ބިމެއް ވިއްކާލާއިރު، މާދަމާ ބީލަން އޮންނާނީ އޭގެ ތެރެއިން ބީޗު ފްރަންޓުން ވިއްކާލާ 26 ބިމަށެވެ.

އެޗްޑީސީން އާންމުކޮށްފައިވާ ތާވަލުގައި ބުނާ ގޮތުން ބީލަން ކުރިޔަށްދާނީ ދެ މަރުހަލާއަކަށެވެ. އެއީ ބީލަން ފޯމު ބަލައިގަތުމާ ބީލަން ފޯމު ހުޅުވުމެވެ. ބީލަން ފޯމުތައް ބަލައިގަންނާނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. އަދި ބީލަން ފޯމުތައް ހުޅުވާނީ 13:00 ގަ އެވެ.

Advertisement

މިއީ ހުޅުވާލައިގެން ކުރިޔަށް ގެންދާ ބީލަމެކެވެ. އެހެންކަމުން ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހެޅި މީހުންނަށް އާންމުކޮށް ހުޅުވާލައިގެންނެވެ. ބީލަން ހުށަހެޅުމާއި ހުޅުވުމުގެ ކަންކަން ކުރިޔަށްދާނީ ހ. މީރުމާ ފަސްވަނަ ފަންގިފިލާ (މީރުމާ އިވެންޓްސް) ގަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކާލާ ބިންތައް: އޮރެންޖު ކުލައިން ފާހަގަކޮށްފައި ހުރީ ބީޗު ފްރަންޓުން ވިއްކާ 26 ބިން. -- ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކާލާ ބިންތައް: އޮރެންޖު ކުލައިން ފާހަގަކޮށްފައި ހުރީ ބީޗު ފްރަންޓުން ވިއްކާ 26 ބިން. -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކާލާ ބިންތައް: އޮރެންޖު ކުލައިން ފާހަގަކޮށްފައި ހުރީ ބީޗު ފްރަންޓުން ވިއްކާ 26 ބިން. -- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނި ގޮތުގައި ބީލަން ހުށަހެޅި މީހާ ނޫނީ އެ މީހާގެ ފަރާތުން އެކަކަށް ބީލަމުގައި ބައިވެރިވެވޭނެ އެވެ. އެކަމަކު ބީލަން ހުށަހެޅީ މީހާ ނޫން މީހަކަށް ބީލަމުގައި ބައިވެރިވެވޭނީ ޕަވާ އޮފް އެޓާނީ އޮވެގެން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ވިއްކާލާ ބީޗު ފްރަންޓު ބިންތަކުގެ މުހިންމު މައުލޫމާތު

  • ވިއްކާލާ ބިމުގެ އަދަދު: 26
  • ބީލަން ފަށާ އަގު: އަކަފޫޓަކަށް 3،900ރ.
  • ވިއްކާލާ ބިންތަކުގެ ސައިޒު: 1،676.05 އަކަފޫޓާއި 2،633.93 އަކަފޫޓާ ދޭތެރޭ

އެޗްޑީސީން ކަނޑައަޅާފައިވާ އެންމެ ކުޑަ އަގުގައި މި ބިންތައް ވިކުނަސް އެ ކުންފުންޏަށް 217.8 މިލިއަން ރުފިޔާ ލިބޭނެ އެވެ. އެއީ އެވަރެޖުކޮށް ކޮންމެ ބިމަކުން 8.3 މިލިއަން ރުފިޔާ ރޭޓުގަ އެވެ. ނަމަވެސް ކުރިން ވިއްކާފައި ހުރި ބިންތައް ވިކުނު ރޭޓަށް ބަލާނަމަ، ލަފާކުރެވެނީ މިއަށް ވުރެ ވެސް ބޮޑު އާމްދަނީ ލިބޭނެ ކަމަށެވެ.

މި ފައިސާ ބޭނުންކުރާނީ ހުޅުމާލޭގައި ހިންގާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް ކަމަށް އެޗްޑީސީން ބުންޏެވެ. އޭގެ ތެރޭގައި މިސްކިތްތަކާއި ސްކޫލްތަކާއި ޕާކުތައް ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އެކަމަކު މާލޭގައި ބިމުގެ ދަތިކަން އިންތިހާއަށް އޮތް ދަނޑިވަޅެއްގައި ބޮޑު އަގުގައި ވަކި ބަޔަކަށް ބިން ވިއްކާތީ ގިނަ ބަޔެއްގެ ކަންބޮޑުވުން އެބަހުއްޓެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ސިޔާސީ މީހުންނާއި އާންމުންގެ ގިނަ ބަޔަކު ހިމެނެ އެވެ. އަދި މާލެ ސިޓީ ކައުންސިލުން ވަނީ މިއީ ގާނޫނާ ހިލާފަަށް ކުރާ ކަމެއް ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.

އެ ތުހުމަތަށް ރައްދު ދެމުން އެޗްޑީސީން ބުނީ ހުޅުމާލޭން ބިން ވިއްކައިގެން އާމްދަނީ ހޯދުމަކީ އެ ކުންފުނީގެ ހައްގެއް ކަމަށާއި، ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލުކުރި މައްސަލައިގައި ސިވިލް ކޯޓުން މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ނެރުނު ވަގުތީ އަމުރުން އެކަން ސާފުކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

ޗައިތަންޔާގެ ލޮލުގެ ދެ ޑޮކްޓަރަކު އައިކެއަރގައި

އިންޑިއާގެ ޗައިތަންޔާ އައި ހޮސްޕިޓަލުގެ ދެ ކޮންސަލްޓަންޓުން، އޮކްޓޯބަރު 11 އިން 15 އަށް ރާއްޖޭގެ އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބަލާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ލޯ ޗެކްކުރުމާއި ކޮންސަލްޓޭޝަންގެ އިތުރުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް އިންޑިއާއަށް ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އައިކެއަރއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގެ ކީނޯޓް ސްޕީކަރަކަށް ކިރުބާ

އެމް.އައި.ބީ ގެސްޓްހައުސް ސިމްޕޯސިއަމް 2026 ގެ ކީނޯޓް ސްޕީކަރަކަށް ބައިނަލްއަޤްވާމީ ބިޒްނަސް ސްޓްރެޓީޖިސްޓް ކިރުބާ ޝަންކަރު ވަނީ ހަމަޖައްސާފައެވެ. އަންނަ އޮކްޓޫބަރު 15 ގައި ބާއްވާ މި ސިމްޕޯސިއަމްގައި، ޑިޖިޓަލް ޒަމާނުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރުވައި އީޖާދީ ބަދަލުތައް ގެނައުމާ ގުޅޭގޮތުން އޭނާ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރާނެއެވެ.

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

Newsletter

Get the latest news delivered straight to your inbox