އެކުވެރިކަމުގެ މެޗުތަކަށް ބަންގްލަދޭޝް ވޮލީ ޓީމު ރާއްޖެ އަތުވެއްޖެ

ބަންގްލަދޭޝް ޓީމާއި ވީއޭއެމްގެ ބައެއް އޮފިޝަލުން މިއަދު އެއާޕޯޓްގައި ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަންގްލަދޭޝް ޓީމާއި ވީއޭއެމްގެ ބައެއް އޮފިޝަލުން މިއަދު އެއާޕޯޓްގައި ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ އެކުވެރިކަމުގެ ތިން މެޗަށް ބަންގްލަދޭޝްގެ ގައުމީ ވޮލީބޯޅަ ޓީމު މާލެ އަތުވެއްޖެ އެވެ.

ބަންގްލަދޭޝް ޓީމު މާލެ އަތުވީ މިއަދު މެންދުރު ފަހު އެވެ. ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ބަންގްލަދޭޝް ވޮލީބޯޅަ ޓީމާ ދެކޮޅަށް ރާއްޖޭން ކުޅޭ ފުރަތަމަ މެޗު އޮންނާނީ މާދަމާރޭ އެވެ. ދެ ވަނަ މެޗު ބުދަ ދުވަހު ކުޅޭއިރު، ފަހު މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭގަ އެވެ.

ބަންގްލަދޭޝް މެޗުތަކަށް ގައުމީ ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވަނީ މިދިޔަ މަހު 19 ވަނަ ދުވަހުގަ އެވެ. ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ ތިން މެޗުގައި ގައުމީ ޓީމަށް އިރުޝާދުދޭނީ މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ގައުމީ ޓީމަށް ކޯޗުކޮށްދިން މުހައްމަދު ސާޖިދު (ބޮޑުކާއްޓެ) އެވެ.

ރާއްޖެ އާއި ބަންގްލަދޭޝް މީގެ ކުރިން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވަނީ ހަތަރު ފަހަރެއްގެ މަތިން ވާދަކޮށްފަ އެވެ. ހުރިހާ މެޗުތަކުން ވެސް ރާއްޖެ ބަލިވި ނަމަވެސް ކޮންމެ މެޗެއް ވެސް ނިމިފައިވަނީ ވާދަވެރިކޮށެވެ.

ބަންގްލަދޭޝްގެ ވޮލީ ޓީމު މިއަދު އެއާޕޯޓްގައި: ރާއްޖެއާ ދެކޮޅަށް ތިން މެޗެއް ކުޅޭނެ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެންމެ ފަހުން ދިވެހިރާއްޖޭގެ ވޮލީބޯޅަ ޓީމާއި ދިވެހިރާއްޖެ ސެންޓްރަލް ޒޯންގައި ވާދަކުރީ މިދިޔަ ޑިސެމްބަރު މަހުގައެވެ. އެ މެޗު ގައުމީ ޓީމުން ކުޅުނީ ކޮވިޑްގެ ސަބަބުން އުނދަގޫ ހާލަތެއްގަ އެވެ. މިގޮތުން ބަންގްލަދޭޝް އަށް ގޮސް އެއްވެސް ވަރަކަށް ރެސްޓްނުކުރެވި ކުޅުންތެރިން ކުޅުނުއިރު، ކޮވިޑް-19 އަށް ޓީމްގެ ލިބަރޯ މުހައްމަދު ނައީމް (ނައިންޓެ) ޕޮޒިޓިވްވެފަވާތީ މެޗު ކުޅުނީ ލިބަރޯއެއް ނުލަ އެވެ.

ބަންގަލަދޭޝްގެ ގައުމީ ޓީމާއި ދެކޮޅަށް މެޗުތަކެއް ކުޅޭ ގޮތަށް ހަމަޖެހުނީ މިދިޔަ ޑިސެމްބަރު މަހު ކުޅިވަރާ ބެހޭ ވަޒީރުު އަހުމަދު މަހުލޫފު ބަންގްލަދޭޝަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިނިސްޓަރު މަހުލޫފްގެ ދައުވަތަކަށް ލަންކާގެ ގައުމީ ވޮލީބޯޅަ ޓީމު ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ރާއްޖެ އައިއިރު، ދެ ވަނަ ފަހަރަށް އައީ މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅުގަ އެވެ.

ލަންކާ ގައުމީ ޓީމުގެ އިތުރުން ޑިސެމްބަރު މަހު އިންޑިއާ ލީގުގައި ކުޅޭ ހައިދަރުއާބާދު ސްޕައިކާސް ވެސް ވަނީ ރާއްޖެ އައިސް ގައުމީ ފިރިހެން ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅެފަ އެވެ. ލަންކާ އަތުން ތިން މެޗުން ބަލިވި ނަމަވެސް ހައިދަރުއާބާދު އަތުން ވަނީ ތިން މެޗުން ވެސް މޮޅުވެފަ އެވެ.

ރާއްޖޭން ވަނީ މި އަހަރު ސެންޓްރަލް ޒޯންގެ އަންހެން އަދި ފިިރިހެން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހޯދައިފަ އެވެ. ބަންގްލަދޭޝާ ވާދަކޮށް ރާއްޖޭން ސެންޓްރަލް ޒޯން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހޯދީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ މިހާރު އޮތް ރައީސް މުހައްމަދު ރަނޭޝް (ރަނޭ)ގެ ލީޑަޝިޕްގެ މަސައްކަތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox