ތިނަދޫއިން މީހުން ބޭލި މައްސަލައިގެ އަޑުއެހުންތައް މާޗް މަހު ފަށަނީ

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސްން އަބްދުއްސަލާމް އާރިފް "އަދަދު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން. ފޮޓޯ: އަދަދު/ އާއުމް ޒަމީރު

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސްން އަބްދުއްސަލާމް އާރިފް "އަދަދު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން. ފޮޓޯ: އަދަދު/ އާއުމް ޒަމީރު

ގދ. ތިނަދޫގައި 1962 ވަަ އަހަރު ހިނގައިދިޔަ ހަމަނުޖެހުތަކަށްފަހު އެރަށް ފަޅުކޮށްލި މައްސަލައިގެ އަޑުއެހުންތައް އަންނަ މާޗް މަހުގެ ތެރޭގައި ބޭއްވުމަށް އިންތިގާލީ އިންސާފުގެ އޮފީހުން ހަމަޖައްސައިފި އެވެ.

ތިނަދޫއިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ އެ މައްސަލަ ހުށަހަޅާފައިވަނީ އެ ރަށު ކައުންސިލުންނެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ތިނަދޫ ހާދިސާގައި އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނާއި، މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ ގޮތުން، އާންމުކޮށް ހުޅުވާލައިގެން އަދި އާންމުކޮށް ހުޅުވާނުލައި ޕަބްލިކް ހިއަރިންތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement

މިގޮތުން، ތިނަދޫގައި އޮންނަ އަޑުއެހުންތައް ތާވަލުކޮށްފައިވަނީ އަންނަ މާޗް މަހުގެ 3 އިން 5 ވަނަ ދުވަހަށެވެ.

އަދި އެ މައްސަލައިގެ އިތުރު އަޑުއެހުންތަކެއް ހަމަ އެ މަހުގެ 18 އަދި 19 ވަނަ ދުވަހު މާލޭގައި ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އެހެންކަމުން އެ އަޑުއެހުންތަކުގައި ބަޔާންދިނުމަށް އެދޭ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

އެ މައްސަލައިގައި އިންތިގާލީ އިންސާފުގެ އޮފީހަށް ތިނަދޫ ކައުންސިލުން ހުށަހެޅި މައްސަލައިގައި ވަނީ ހަ ކަމަކަށް އެދިފަ އެވެ.

އެއީ:

  1. މީހުން ރަށުން ބޭލި މައްސަލަ ތަހުގީގުކޮށްދިނުމަށް
  2. ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މައާފަށް އެދުމަށް
  3. ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އިންސާނީ އެންމެހައި ހައްގުތައް ހޯދައިދިނުމަށް
  4. ތިނަދުއިން ގެއްލިފައިވާ މުއްސަދިކަން އާރޯކުރުމަށް 100 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލައިލުމަށް
  5. ތިނަދޫ ރައްޔިތުންނަށް އެކަމުގެ ބަދަލު ހޯދައި ދިނުމާއި އަދި އެ “ގަތުލުއާންމު”ގައި ބައިވެރިވި ފަރާތްތަކުގެ މުދަލާއި ބިންތަކުގެ 50 އިންސައްތަ ފައިދާ ދާއިމީ ގޮތެއްގައި ތިނަދޫ ރައްޔިތުންނަށް ލިބިދުނުމަށް އެދުމަށް
  6. މާލޭގައި ބިނާކޮށްފައިހުރި ވެލާނާގޭގެ ނަން “ގދ. ތެނަދޫ ވެލާނޭގޭ”ގެ ނަމަށް ބަދަލުކޮށްދެއްވުމަށް އެދުމަށް

އެ މައްސަލައިގައި 1962 ވަނަ އަހަރު އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރު ސިފައިންނާއެކު، މިނިވަންކަން އިއުލާންކުރި އަތޮޅުތަކުގެ މައި ރަށްކަމުގައިވާ ތިނަދުއަށް ވަޑައިގެންކަމަށް ތާރީހީ ލިޔުންތަކުގައިވެ އެވެ.

އޭގެ ފަހުން އެ ރަށުގައި ހަމަނުޖެހުންތަކެއް ހިނގައި ނާސިރު ވަނީ ތިނަދުއިން މީހުން ބާލުވާފަ އެވެ. އެ މައްސަލައިގައި ތިނަދޫގެ އާންމުންގެ ތެރެއިން ބައެއް މީހުން މަރުވެ، ލާއިންސާނީ އަމަލުތަކެއް ހިނގާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox