ޓީޗަރުން މޫނު ބުރުގާ އަޅަން ހިތްހަމަނުޖެހޭ މީހުންގެ ލޭހުއްދަކުރާ މައްސަލަ ބެލުމަށް އެމްޑީޕީން ގޮވާލައިފ

Jan 20, 2022, 7:02 AM
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެޕާޓީގެ މެމްބަރުންތަކެއް ބައިވެރިވަނީ: މޫނުބުރުގާއަށް ނުރުހޭ މީހުންގެ ލޭހުއްދަކުރާ މައްސަލަ ބަލަން އެޕާޓީން މިއަދު ގޮވައިލި -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެޕާޓީގެ މެމްބަރުންތަކެއް ބައިވެރިވަނީ: މޫނުބުރުގާއަށް ނުރުހޭ މީހުންގެ ލޭހުއްދަކުރާ މައްސަލަ ބަލަން އެޕާޓީން މިއަދު ގޮވައިލި -- ފޮޓޯ: އަދަދު ފައިލް

ޓީޗަރުންގެ އައިޑެންޓިޓީ ޔަގީންވާން ޖެހޭ ކަމަށާއި އެކަމަކު އެގޮތަށް ވާހަކަ ދައްކާމީހުން ދީނުން ބޭރުވެފައިވާ ބައެެއް ކަމަށް ސިފަކުރާ ސިފަކުރުމާއި މެދު ކަންބޮޑުވާ ކަމަށް ވެރިކަން ހިންގާ އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި މުޖުތަމައުގެ މައިންބަފައިންނާއި ބެލެނިވެރިންނާއި ދަރިވަރުންގެ ގިނަ ބަޔަކީ، އެ ދަރިވަރުންނަށް ސްކޫލު މަދަރުސާތަކުގައި އުނގަންނައިދެއްވުމަށް މުދައްރިސުން ކުރިމަތިލާއިރު އެ މުދައްރިސުން މޫނު ބުރުގާއިން މޫނު ނުފޮރުއްވައި ނުވަތަ އެއީ ކޮންބޭފުޅުންނެއްކަން ދަރިވަރުންނަށް ރަނގަޅަށް ސާފުވާގޮތަށް ތިއްބެވުމަށް ބޭނުންވާ ބައެއް ކަމަށެވެ.

ރާއްޖޭގައި ޒަމާނުއްސުރެ އާދަކާދަ އޮތީ އެގޮތަށް ކަމަށާއި ސްކޫލްތަކުން އެ އާދަ ނަގަހައްޓަމުން އައިސްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

Advertisement

"...ސްކޫލު މަދަރުސާތަކަކީ ދަރިވަރުންގެ މަސްލަހަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ވަކި ހާއްސަ ތަންތަންކަމަށް ވާއިރު، ކިޔަވާދެއްވުމަށް ދަރިވަރުންނާ ބައްދަލުކުރައްވާއިރު މުދައްރިސުންގެ އައިޑެންޓިޓީ ޔަގީންވާންޖެހޭނެކަމަށް މި ޕާރޓީން ދެކެން،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެކަމަކު އެގޮތަށް ވާހަަ ދައްކާ މީހަކީ ދީނުން ބޭރުވެ، ލޭހުއްދަވެގެންވާ މީހެއް ކަމަށް ސިފަކުރާތީ ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. މީގެ ކުރިން ވެސް އެގޮތަށް ސިފަކޮށް، މީހުންގެ ހަށިފުރާނަ ނައްތާލައި ގެއްލުން ދީފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

"...އެހެންކަމުން، އެފަދަ ކުށްތަކުގެ މައްސަލަތައް ބެއްލެވުމުގައި އިތުރަށް ސަމާލުވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާރޓީން ގޮވާލާގޮވާލުން ތަކުރާރުކުރަން،" އެ ބަޔާނުގައި ބުންޏެވެ.

ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުން މޫނު ބުރުގާ އެޅުން މަނާކުރަން ބައެއް މީހުން ވާހަކަ ދައްކާ އިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލް އަގުވާމީ ޖަމާއަތްތަކުން މީގެ ކުރިން ވަނީ އެ ފިޔަވަޅު ނާޅަން ގޮވައިލައިފަ އެވެ. މޫނު ބުރުގާ އެޅުން މަނާކޮށް، ސްވިޒަލޭންޑްގައި މިދިޔަ އަހަރު ތައާރަފްކުރި ގަވައިދަކާ ދެކޮޅަށް އެމްނެސްޓީ އިންޓަނޭޝަލް އިން އޭރު ބަޔާނެއް ނެރުނެވެ.

އެ ބަޔާނުގައި ބުނީ މޫނުބުރުގާ އެޅުން މަނާކުރުމަކީ އަންހެނުންނަށް މިނިވަންކަން ދިނުން ކަމަކަށް އެއްވެސް ގޮތަކުން ސިފަނުުކުރެވޭނެ ކަމަށެވެ.

"އޭގެ ބަދަލުގައި އެއީ އަންހެނުންގެ ހައްގުތައް ނަގައިލާ ނުރައްކާތެރި ސިޔާސަތެކެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ދީނީ މިނިވަންކަމުގެ ހައްގު އޭގެ ތެރޭގައި ހިމެނެ އެވެ،" އެމްނެސްޓީން އޭރު ނެރުނު ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox