ކުރިއަށް އޮތް 3 ހަފްތާ ރާއްޖޭގެ ކޮވިޑް ހާލަތު ގޯސްވާނެ: ރައީސް

މާލެ މަގުމަތި: ރާއްޖެއިން ވަނީ އޮމިކްރޯންގެ ފަސް ކޭސް ފެނިފައި-- ފޮޓޯ: ހުސެން ޝަޔާހު /އަދަދު

މާލެ މަގުމަތި: ރާއްޖެއިން ވަނީ އޮމިކްރޯންގެ ފަސް ކޭސް ފެނިފައި-- ފޮޓޯ: ހުސެން ޝަޔާހު /އަދަދު

ކުރިއަށް އޮތް ތިން ހަފުތާ ތެރޭގައި ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވާނެ ކަމަށް ސިއްހީ މާހިރުން ލަފާކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅުގެ ފަސް ރަށަކަށް ރައީސް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި އެ އަތޮޅު ލަންދުއަށް ވަޑައިގެން އެ ރަށުގެ ބަނދަރު ރަސްމީކޮށް ހުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑްގެ އާ ވޭރިއަންޓް "އޮމިކްރޮން" އާ ގުޅިގެން، ރާއްޖޭގެ ސިއްހީ މާހިރުންނާ އެކު އިއްޔެ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތިން ހަފްތާއަކީ ވަރަށް ބާރަށް ރާއްޖޭގައި ކޮވިޑް ފެތުރުމުގެ ފުރުސަތު އޮތް ތިން ހަފްތާ ކަމަށް ސިއްހީ މާހިރުން ވިދާޅުވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ސިއްހީ މާހިރުން ލަފާ ދެއްވީ ކުރިއަށް މި އޮތް ތިން ހަފުތާއަކީ އަނެއްކާ ވެސް ވަރަށް ބޮޑަށް ރާއްޖޭގައި ކޮވިޑް ފެތުރިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް, މާހިރުން އެދިވަޑައިގަތީ ކުރިއެކޭ ވެސް އެއްގޮތަށް މި ބަލިމަޑުކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް،" ރައީސް ވިދާޅުވި އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިއަކު އެ ވޭރިއަންޓަށް ޕޮޒިޓިވްވެފައިވާއިރު، ޑިސެމްބަރު މަހު ވަނީ އިތުރު ހަތަރު ކޭސް ފެނިފަ އެވެ.

އާ ވޭރިއެންޓާ ގުޅީގެން އިތުރު ފިޔަވަޅުތައް އެޅުމަށް މަޝްވަރާ ކުރެވެމުންދާއިރު ކޮވިޑާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އެޗްޕީއޭން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެގޮތުން, ބޭރުގައި އުޅޭއިރު މާސްކް އެޅުމަށާއި، އަތް ދޮވުމާއި، ކޮންޓެކް ބަބުލް މަދުކޮށް ބެހެއްޓުމަށާއި ކޮންމެހެން ދާން ޖެހޭ ހާލަތެއްގައި ނޫނީ ބޭރަށް ނުދިޔުމަށް ވެސް އެޗްޕީއޭން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox