މާއިޝް، ނާފިއު އަދި ޝާމިލްގެ ބޭނުން މުސްތަގުބަލުގައި ހިފޭނެ!

Jan 3, 2022, 3:38 AM
ގައުމީ ޓީމުން ފުރުސަތު ހޯދި މާއިޝް، ޝާމިލް އަދި ނާފިއު.-- އަދަދު ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

ގައުމީ ޓީމުން ފުރުސަތު ހޯދި މާއިޝް، ޝާމިލް އަދި ނާފިއު.-- އަދަދު ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

މިދިޔަ އަހަރުގެ އޭޕްރީލް މަހު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް ކަމަށް މުހައްމަދު ރަނޭޝް (ރަނޭ) އިންތިހާބުވުމަށް ފަހު އެ އެސޯސިއޭޝަން ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑަށް ބަދަލުތަކެއް ގެންނަން ވިސްނީ ގައުމީ ވޮލީބޯޅަ ޓީމުތަކަށެވެ.

އެ ގޮތުން ގައުމީ ވޮލީބޯޅަ ޓީމަށް ކުޅުންތެރިން ފޯރުކޮށްދޭނެ ހަރުދަނާ ސިސްޓަމެއް ބޭއްވުމުގެ ގޮތުން ޒުވާން ސްކޮޑެއް އެކުލަވާލައި، ވޮލީބޯޅައިގެ އެކްސެލަންސް ޕްރޮގްރާމެއް ފެށި އެވެ. އަދި އެ ޕްރޮގްރާމްގެ ތެރެއިން އެންމެ ރަނގަޅު ކުޅުންތެރިންނަށް އަބަދުވެސް ގައުމީ ސީނިއާ ޓީމުން ޖާގަ ލިބޭ ގޮތަށް އޮންނަ އުސޫލެއް ކަނޑައެޅި އެވެ.

އެ އުސޫލުގެ ތެރެއިން މި ފަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ނެގި ސީނިއާ ވޮލީޓީމުގެ ސްކޮޑުން ތިން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނެވެ. އެ ތިން ކުޅުންތެރިންނަކީ މާއިޝް އަހުމަދު، އަހުމަދު ނާފިއު އަދި ޝާމިލް މުހައްމަދު އެވެ.

"ހަގީގަތުގައި ދިވެހިރާއްޖޭގެ ތާރީހުގައި ވެސް އެންމެ ޖޫނިއާކޮށް ގައުމީ ޓީމަށް ތިން ކުޅުންތެރިއަކު އެރި ފުރަތަމަ ފަހަރު މިއީ. އެންމެ ޖޫނިއާކޮށް އެރި ކުޅުންތެރިއަކީ މާއިޝް. މާއިޝް އަކީ 17 އަހަރު. އެއީ ފުރަތަމަ ފަހަރަށް 17 އަހަރުގެ ކުޅުންތެރިއަކު ނެޝަނަލް ޓީމެއްގައި މި ހިމެނީ ވެސް،" ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމަށް މާލޭގައި ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗަށް ފަހު ދިން އިންޓަވިއުގައި ގައުމީ ވޮލީ ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު ސާޖިދު (ކާއްޓޭ) ބުންޏެވެ.

އުމުރުން 17 އަހަރުގެ މާއިޝް އަކީ 19 އަހަރުން ދަށުގެ ކެޓަގަރީގެ ބީޗް ވޮލީ ޗެމްޕިއަނެކެވެ. އަދި 23 އަހަރުގެ ޗެމްޕިއަންކަން ހޯދީ ނާފިއު، 19، އާއި ޝާމިލް، 20، ގެ ޕެއާ އިންނެވެ. މާއިޝް އާއި ޝާމިލް އަކީ ސްޕައިކަރުންނެވެ. އަދި ނާފިއު ކުޅެނީ ސެންޓަ އަށެވެ.

"ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭގައި އެ ތިން ކުދިންނަށް ނެޝަނަލް ފުލް ހައެއްގައި ކުޅުމުގެ ފުރުސަތު އެބައޮތް. މި ވަގުތަށް އެ ތިން ކުޅުންތެރިން ނަގާފައި އެ ތިބީ ރާއްޖޭގެ މުސްތަގުބަލަށް. ވަރަށް މުހިއްމު މި ޓީމާ އެކީ އެ ތިން ކުޅުންތެރިން އުޅުން. އެކްސްޕީރިއަންސް ކުރުން،" ކާއްޓޭ ބުންޏެވެ.

ސެންޓްރަލް ޒޯނަށް ތައްޔާރުވާން މާލޭގައި ސްރީ ލަންކާ އާއި ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި މާއިޝް އާއި ޝާމިލަށް ކުޅުމުގެ ފުރުސަތެއް ނުލިބުނު ކަމުގައި ވިޔަސް ނާފިއު ވަނީ ކޮންމެ ވެސް ވަރަކަށް ބޭނުންކޮށްފަ އެވެ. ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގައި ތިން ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ފުރުސަތު ދިނީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި މާއިޝް، ނާފިއު އަދި ޝާމިލް ވެސް ވަނީ މުބާރާތެއްގެ ޕްރެޝަރުގައި ފުރަތަމަ ފަހަރަށް ކުޅެފަ އެވެ. ރާއްޖެ އެ މެޗުގައި 3-1 ސެޓުން ބަލިވި ކަމުގައި ވިޔަސް އެއީ ޒުވާން ކުޅުންތެރިންނަށް ކުޅެލަން ލިބުނު ލެވަލް މަތި މެޗަކަށްވާތީ ކުރިއަށް އޮތްތަނުގައި އެ ތަޖުރިބާގެ ބޭނުން އެ ކުޅުންތެރިންނަށް ހިފޭނެ އެވެ.

"މިހެން ލިބޭ މެޗުތަކުގައި ކިރިޔާ ވެސް ފުރުސަތެއް ލިބިއްޖިއްޔާ އެ ޕްރެޝަރު ހޭންޑަލް ކުރަން ފުރުސަތު ދިނުން ވެސް ވަރަށް މުހިއްމު. މިހާރުން ފެށިގެން ހަގީގަތުގައި ކުރިން އެ ޗާންސް ނުލިބި ކުޅުންތެރިންނަށް ހުރުމުގެ ސަބަބުން ޕްރެޝަރު މެޗުތަކުގައި އެ މައްސަލަ ދިމާވަނީ،" ކާއްޓޭ ބުންޏެވެ. "އަޅުގަނޑު ބޭނުންވީ ކުޅުންތެރިންނަށް އެ އެކްސްޕީރިއަންސާއި އެ ޕްރެޝަރު ދީގެން ނެޝަނަލް ޓީމަށް ތައްޔާރުކުރާ ކުޅުންތެރިއެއްގެ ގޮތުގައި ހަދަން،"

ސެންޓްރަލް ޒޯން އަށް ފަހު ވީއޭއެމްގެ ރައީސް ރަނޭ، ޒުވާން ކުޅުންތެރިންނަށް ހިތްވަރު ދެއްވައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ޒުވާން ވޮލީބޯޅަ ކުޅުންތެރިންގެ ގައިގައި ހުނަރު އެބަހުރި ކަމަށާއި ކުރިން ކަންތައްތައް ކުރަމުން އައި ގޮތްތައް ދޫކޮށްލައި ޒުވާން ކުޅުންތެރިން ގޮވައިގެން ދިއުމުގެ ހިތްވަރު އޮންނަން ޖެހޭނެ ކަމަށެވެ.

ސެންޓްރަލް ޒޯން މުބާރާތަށް ފަހު އަންހެން އަދި ފިރިހެން ގައުމީ ޓީމުގެ ކޯޗިން ސްޓާފުންގެ މަސައްކަތް މި ވަގުތަށް ނިމުމަކަށް އައީ ކަމަށް ޓީމާ ބައްދަލުކޮށް ވީއޭއެމްގެ ރައީސް ރަނޭޝް ވަނީ ވިދާޅުވެފަ އެވެ.

ގައުމީ ޓީމުތަކަށް ބިދޭސީ ކޯޗުން ހަމަޖެއްސުމުގެ ކަންކަން ފައިނަލް ކުރުމުގެ މަސައްކަތް ވީއޭއެމުން ކުރަމުން އަންނައިރު، ދެން ހަވާލުވާ ބިދޭސީ ކޯޗަކު ވެސް ކުރިއަށްދާނީ އެސޯސިއޭޝަނުގެ ވިސްނުމާ އެއްގޮތަށް ނަތީޖާ ނެރުމާއި ކުޅުންތެރިން އުފެއްދައި ފުރުސަތު ދިނުމުގެ ކަންކަން އެކުއެކީގަ އެވެ.

މާނަ އަކީ ދެން ހަވާލުވާ ކޯޗަކަށް ވެސް ނަތީޖާ ނެރުމެކޭ އެއްގޮތަށް މާއިޝް، ނާފިއު އަދި ޝާމިލް ފަދަ އަރަމުން އަންނަ ކުޅުންތެރިންގެ ބޭނުންހިފުމުގެ ޒިންމާ އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox