ރިޔާޒް: ޕެންޑެމިކުގެ ހިތިކަން، ފޮނިކަމަށް ބަދަލުކޮށްލީ ރަށުގައި ހުޅުވި ކެފޭ އިން

ރިޔާޒް: ޕެންޑެމިކުގެ ހިތިކަން، ފޮނިކަމަށް ބަދަލުކޮށްލީ ރަށުގައި ހުޅުވި ކެފޭ އިން

ފަތުރުވެރިންގެ އަރުގައި މީރު ރަހަތައް ލައްވައިދެމުން ދިޔަ އޭނާގެ މިކްސްއޮލޮޖީ ކެރިއަރަށް ހުއްޓުމެއް އައިސް އަރުގައި ހިތިރަހައެއް ލައްވާލީ މިދިޔަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ޕެންޑެމިކެވެ. ކޮވިޑުގެ ސަބަބުން ހިލްޓަން އިން މުވައްޒަފުން މަދުކުރަން ނިންމުމުން އޭނާގެ ވަޒީފާ ވެސް އެ ވަގުތަށް ގެއްލުނީ އެވެ.

އެ ހިސާބުން އެ ރިސޯޓުގެ ބާގެ މިކްސްއޮލޮޖިސްޓް މުހައްމަދު ރިޔާޒް މިސްރާބު ޖެހުނީ އުފަންރަށް ވ. ކެޔޮދޫ އަށެވެ. އަށް ސަތޭކައެއްހާ މީހުން ދިރިއުޅޭ އެ ކުޑަކުޑަ ރަށުގައި ފައި ޖެހުމާ އެކު ރިޔާޒުގެ ހިތަށް އެރި އެވެ. ދިރިއުޅުމަށް ކޮންމެވެސް ކަމެއް ކުރަން ޖެހޭނެ އެވެ. އެހިސާބުން އޭނާގެ ސިކުނޑި އަށް ވަނީ ކުރިން ވެސް އެތައް ފަހަރަކު ސިކުނޑީގައި ކުރަހައި އެކަމަކު ހަގީގަތަކަށް ހެދިފައިނުވާ ކަމެކެވެ. ކެފޭއެއް ހެދުމުގެ ވިސްނުމެވެ. ރަށުގެ އާބާދީ ކުޑަކަމުން އެއީ އާރުލާ ކަމަކަށް ކުރިން އޭނާ އަށް ނުވެ އޮތީ އެވެ.

އެކަމަކު ހާލަތު މަޖުބޫރުކުރީ އެކަން ކުރާށެވެ. އާބާދީއަށް ބެލުމެއް ނެތި ރަށުގައި ކެފޭއެއް ހުޅުވަން އޭނާ އަށް ޖެހުނީ ބޮޑު އިންވެސްޓެއް ނުކޮށް އާމްދަނީއެއް ހޯދަން މަޖުބޫރުވުމުންނެވެ. އެ ވިސްނުމުގައި އޭނާ ހުޅުވީ "ރޯޔަލް ޓޭސްޓް" ގެ ނަމުގައި ކެފޭ އެކެވެ. އެތަނާ އެކު އޭނާ އަށް މިވަނީ އެހެން މީހުންގެ އަރުގައި އަނެއްކާ ވެސް މީރު ރަހައެއް ލައްވައި ދިނުމުގެ ފުރުސަތު ލިބިފަ އެވެ.

Advertisement

އޭނާގެ ކެފޭ އަކީ މިއަދު ކެޔޮދޫ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު ކެފޭ އެވެ. އެއީ ކެޔޮދޫއަށް އަންނަ ދިވެހިންނާއި ފަތުރުވެރިންގެ ވެސް އެއް ވަނަ ހޮވުމެވެ. އަންނަ ފެބްރުއަރީއަށް އަހަރު ފުރޭ އެ ކެފޭގެ އެހާ އަވަހަށް އެހާ މަގުބޫލުތަނަކަށްވީ ކީއްވެ ހެއްޔެވެ؟

ރިޔާޒަކީ ރިސޯޓުގައި ބާޓެންޑަރަކަށް މަސައްކަތްކުރި އިރު ސްޓެންޑަށް މެނޫއާ އެހާ ރައްޓެހި މީހެއް ނޫނެވެ. އޭނާ ގަޔާވީ އަމިއްލަ ވިސްނުމަށް ތަފާތު ބުއިންތައް ތައްޔާރުކުރާށެވެ. ރާއްޖޭގައި ބޭއްވި ހޮޓެލް އޭޝިއާގެ މޮކްޓެއިލް މުބާރާތުން ބްރޮންޒް މެޑަލް ހޯދި ކެރިއަރުގައި އޭނާ ފާހަގަކުރެވެނީ ވަރަށް އުފެއްދުންތެރި މިކްސްއޮލޮޖިސްޓެއްގެ ގޮތުގަ އެވެ. ރޯޔަލް ޓޭސްޓުގައި ވެސް ދެމެހެއްޓީ އެ ސަގާފަތެވެ.

"ރޯޔަލް ޓޭސްޓް" ގެ ޕިއްޒާ އާއި ޑްރިންކްސް.
"ރޯޔަލް ޓޭސްޓް" ގެ ޕިއްޒާ އާއި ޑްރިންކްސް.

"ރޯޔަލް ޓޭސްޓް" ގެ ޕިއްޒާ އާއި ޑްރިންކްސް.

އަމިއްލަ ކެފޭއަށް އޭނާ ތައާރަފުކުރި އަމިއްލަ ބުއިންތަކުގެ ތެރެއިން އެންމެ ހާއްސައީ ދިވެހިވަންތަ "ހިކަނދި ރާނބާ މޮހިތޯ" އެވެ. މިއީ ރާނބާ ފަތުން ސިރަޕެއް ކައްކައިގެން އޭގެ އަރަގުން ތައްޔާރުކުރާ ބުއިމެކެވެ. މޮހިތޯގެ ރޫހު ކަމުގައިވާ މިންޓް ލީވްސް ނުވަތަ ކުދީނާ ފަތުގެ ބަދަލުގައި އަޅަނީ ހިކަނދި ފަތެވެ.

"މިއީ އެހެން އެއްވެސް ތަނަކުން ލިބޭނެ ޑްރިންކެއް ނޫން، މިއީ މިތަނަށް ހާއްސަ ޔުނީކް ޑްރިންކެއް،" ރިޔާޒް ފަހުރުވެރިކަމާ އެކު ބުންޏެވެ.

އޭނާ ތައާރަފުކުރި އަނެއް ބުއިމަކީ "ހޮޓް އެންޑް ކޯލްޑް" ކޮފީ އެވެ. މިއީ އެސްޕްރެސޯ ޝޮޓެއްގެ މައްޗަށް ފިނިކޮށްފައިވާ ފޯމުކޮޅެއް އަޅާލައިގެން ތައްޔާރުކުރީ ކޮފީ ބެވަރޭޖެކެވެ.

"މި ޑްރިންކް ބޯއިރު ފުރަތަމަ ކުރެވޭނީ ފިނި އިހުސާސެއް އެއަށް ފަހު ހޫނުކަމެއް އަންނާނީ. މިއީ ވެސް ސީދާ މި ކެފޭއަށް ހާއްސަ ޑްރިންކެއް،" ރިޔާޒް ބުންޏެވެ.

"އަޅުގަނޑު ވިސްނަނީ ތަން ފެންސީކުރުމަށް ވުރެ ބުއިމަކުން ހިތްހަމަޖެހުން ހޯދައިދޭން."

މީގެ އިތުރުން ކޮކަނަޓް ލެމަންގްރާސް އެސްޕްރެސޯ އަކީ ވެސް މި ކެފޭގެ ޔުނީކް، މަގުބޫލު ބުއިމެކެވެ. ދިވެހިރުކުރުގެ ކާށީގެ ރަހަ އާއި ކާސިންޖީގެ ރަހަ ލައްވާފައިވާ ސިރަޕެއްގެ މައްޗަށް އެސްޕްރެސޯ ޝޮޓް އަޅާލަނީ ސިރިންޖަކުންނެވެ.

"ޑްރިންކުގެ ރަހަ އެކަންޏެއް ނޫން، ތަފާތު ތަޖުރިބާއެއްވެސް ކޮށްދޭން ބޭނުންވޭ،" ރިޔާޒް ބުންޏެވެ.

"ހޮޓް އެންޑް ކޯލްޑް" ކޮފީ
"ހޮޓް އެންޑް ކޯލްޑް" ކޮފީ

"ހޮޓް އެންޑް ކޯލްޑް" ކޮފީ

ރޯޔަލް ޓޭސްޓުން މީރު ކެއުންތައް ވެސް ތައްޔާރުކުރެ އެވެ. އެކަމުގައި ރިޔާޒަށް އެހީވަނީ އޭނާގެ އަންހެނުން އާޝިޔާ އެވެ. މިތަނުގެ އެންމެ ހާއްސަ އެއް ކެއުމަކީ އިޓާލިއަން ޕިއްޒާ އެވެ. ތަފާތަކީ ޕްރީ އޯޑަރަށް ނޫނީ ޕިއްޒާ ނުފިހުމެވެ. ބޭނުމަކީ ޕިއްޒާގެ ފުށްގަނޑު ވެސް ވަގުތުން ތާޒާކަމާ އެކު ތައްޔާރުކުރުމެވެ.

"ކޮންމެ އެއްޗެއް ވެސް ފްރެޝްކޮށް ދިނުން ބޭނުމަކީ،" ރިޔާޒް ބުންޏެވެ.

ތަފާތު ބުއިންތަކާއި ކެއުންތަކުން އެހެން މީހުންގެ ނަފުސަށް ހަމަޖެހުން ރިޔާޒް ހޯދައިދޭއިރު މި ކެފޭއާ އެކު ރިޔާޒުގެ ނަފްސަށް ވެސް ވަނީ ހަމަޖެހުން ލިބިއްޖެ އެވެ. އޭނާ ބުނި ގޮތުގައި ހަގީގީ ދިރިއުޅުން ފެށުނީ އަދި ކިރިޔާ ކަމަށެވެ.

"ޕެންޑެމިކުގެ ސަބަބުން އެކި މީހުންނަށްވީ އެކި ގޮތް. އަޅުގަނޑަށް ވީގޮތަކީ ރިއަލް ލައިފް ސްޓާޓްވީ،" ރިޔާޒް، 45، ބުންޏެވެ.

އަލިމަތާ އާއި ކަނޑޫމާގައި ވެސް މަސައްކަތްކޮށްފައިވާ ރިޔާޒްގެ ފުރަތަމަ ދަރިފުޅަށް 19 އަހަރު ފުރިފައިވާއިރު އޭނާ ބުނި ގޮތުގައި ދަރިފުޅުގެ ހަޔާތުގެ އެއްވެސް ހިނދުކޮޅެއް މީގެ ކުރިން ތަޖުރިބާކުރެވިފައެއް ނުވެ އެވެ.

"ރިސޯޓުގައި ހުރެފައި އެއް ފަހަރު އަންނައިރު ހިނގާނެ. އަނެއް ފަހަރު އަންނާނެ ދުވާނެ. ދެން އަންނަ ފަހަރަކު ވާހަކަ ދައްކާނެ. އޭގެން އެއްވެސް ކަމެއް އަލަށް ކުރިއިރު އެކަން ތަޖުރިބާކުރާކަށް ފުރުސަތެއް ނުލިބުނު،"

ރިޔާޒް: އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައި.
ރިޔާޒް: އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައި.

ރިޔާޒް: އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައި.

މި ފަހަރު ރަށަށް ބަދަލުވީ ވެސް ދަރިއަކު ލިބުނު ފަހުންނެވެ. އެހެންވެ ކެފޭއާ އެކު ރަށުގައި ހުންނަން ޖެހުމުން ތުއްތު ދަރިފުޅުގެ ހުރިހާ ހިނދުކޮޅުތަކެއް އޭނާ އަށް މި ފަހަރު އެބަ ތަޖުރިބާކުރެވެ އެވެ.

"އެ ހިތްހަމަޖެހުން ލިބޭ،" އޭނާ ބުންޏެވެ.

ރިޔާޒްގެ ދިރިއުޅުން މިއަދު ތަފާތެވެ.، އޭނާ އަށް އާއިލާ ކައިރީގައި އުފަން ރަށުގައި ދިރިއުޅެވެ އެވެ. ކުރާ ހިތްވާ މަސައްކަތް އެބަ ކުރެވެ އެވެ. އެކަށީގެންވާ އާމްދަނީއެއް ލިބެ އެވެ.

ޕެންޑެމިކުގެ ހިތިކަން އޭނާ ބަދަލުކޮށްލީ ފޮނި ކަމަކަށެވެ. ދެން އޮތީ މި މަސައްކަތް ފުޅާކުރުމެވެ. އެކަމަށް ވެސް ހުރީ ނިޔަތް ގަނެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މި ހުނަރުވެރި ޒުވާނާގެ ކާމިޔާބު ތަޖުރިބާ!

މަސް ކެނޑުމަކީ ހަޑި ކަމެއް ނޫން ކަމަށާއި, މަސް ކަނޑައިގެން ލިބޭ ފައިސާ އަކީ ތާހިރު, ހަލާލު ފައިސާ ކަން ފާހަގަކޮށް އަބްދުالله ބުނީ ބައެއް ޒުވާނުން ކަމެއް ނެތި ހުސްކޮށް ތިބޭ ތިބުމުގެ ބަދަލުގައި މިކަމަށް ނިކުތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް.

ކޮބާ ހިސާބު ދިމާވިތަ؟ ޔައުގޫބް މިހުރީ އެކައުންޓިން ކިޔަވައިދޭން

އޭގެ ފަހުން އެކައުންޓިން ކިޔަވައިދިނުމަށް ހާއްސަވުމާ ހަމައަށް، ހިސާބުގެ އިތުރުން އިކޮނޮމިކްސް އާއި ކޮމާސް ވެސް އޭނާ ކިޔަވައިދެއްވި އެވެ. އެ މާއްދާތައް ދޫކޮށްލެެއްވީ އެއް މާއްދާއަށް ހާއްސަވެވަޑައިގަތުމަށެވެ.

އިންޖީނުގެ އީޖާދީ ދުނިޔެއެއްގައި އުޅޭ، ލާމު މާމެންދޫ ނެއްބެ

މިހާރު ރަށުގައި އޭނާ ދުއްވާ ސައިކަލަކީ، އަމިއްލައަށް މޮޑިފައިކޮށްފައިވާ އެއްޗެކެވެ. އެކި ސައިކަލުގެ އެކި ސްޕެއާ ޕާޓުތަކާއި އެއްޗެހި ބޭނުންކޮށްގެެނެވެ. އެކި ސައިކަލުތައް އެހެން މޮޑިފައި ކުރުމަކީ، ވަޒީފާގެ އިތުރަށް ދެން އޭނާ މި ވަގުތު ކުރަމުން އަންނަ މަސައްކަތެވެ.

ގަމު މޫސަބެގެ ވަރުގަދަ އަތުން ކާށި ހެހެން ފޭރާއެއް ބޭނުމެއް ނުވޭ!

އަތުން އޭނާ ކާށި ހެހެލާ ގޮތް ދައްކަމުން މޫސަ ބުނީ އޭނާއަކީ އުމުރުން 15 އަހަރުން ފެށިގެން ވެސް ވަރަށް ބުރަ މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދަމުން ދިޔަ ޒުވާނެއް ކަމަށެވެ. އަތުގެ ވަރުގަދަ ކަމަކީ އެއިން ލިބުނު ކަމެއް ކަމަށް އޭނާ ދެކެ އެވެ.

ސުލްތާނާ މުދައްރިސް: ތިން ޖީލުގެ އެދުރު

ހިދުމަތުގެ ފަހު ދުވަހު މަދަރުސާގެ މުވައްޒަފުން ސުލްތާނާއަށް ކީ އަސަރުގަދަ ވަދާއުގެ އެއް ސަބަބަކީ މިއީ އެވެ. މުދައްރިސްގެ އަރިހުގައި މިއަދު ވަދާއު ކިޔަން ތިބި ގިނަ މުވައްޒަފުންނަކީވެސް އެ ތިން ޖީލުގެ ތެރޭގައި ހިމެނޭ، އެ މުދައްރިސްގެ ދަރިވަރުންނެވެ.

ހަމަޖެހިފައިވާ ހިތަކުން އިލްމުވެރިއަކު ކޮށްދެއްވި ދީލަތި ހިދުމަތް

ދީލަތިކަމުގައި، އަބަދުވެސް މުށް ހުޅުއްވާލައިގެން ހުންނެވި އުސްމާނަކީ، ދީލަތިކަމާއި، އެކެއް އަނެކަކަށް އެހީތެރިވުމުގެ ރީތި އާދަ އެ ކަމަކުން އިސްލާމުންގެ ތެރޭ އަށަގެންނެވި، ދީނުގެ ތިން ވަނަ ރުކުން ކަމުގައިވާ ޒަކާތް ނެރުމާ މެދު ދިވެހިން ވަރަށް ބޮޑަށް ހޭލުންތެރިކުރެއްވި ބޭފުޅެކެވެ.

އަންދަރޭ: ދިވެހި ފުޓްބޯޅައިގެ ނަމޫނާ ކެޕްޓަން

ދިވެހި ފުޓްބޯޅަ ނިކަމެތިކަމުން، ގަދަފަދަ ކަމަށް ބަދަލުވި އެ ކާމިޔާބު ހޯދުމުގެ އާރުކާޓީއަކަށްވި އަންދަރޭ އަށް އެއީ ލިބުނު ބޮޑު އުފަލެކެވެ. ގައުމަށް ކަމެއްކޮށްދެވުނު ކަމުގެ އިހުސާސް އޭނާ އަށް ކުރެވުނެވެ.

Newsletter

Get the latest news delivered straight to your inbox