ޖޭޕީން ބުނަނީ އިންޑިއާ އައުޓް ކެމްޕެއިނަކީ ގައުމަށް ގެއްލުންހުރި ހަރަކާތެއް ކަމަށް

ޖޭޕީން ބުނަނީ އިންޑިއާ އައުޓް ކެމްޕެއިނަކީ ގައުމަށް ގެއްލުންހުރި ހަރަކާތެއް ކަމަށް

އިދިކޮޅު ޕީޕީއެމްޕީގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ސިޔާސީ ބޭނުމެއްގައި، ގައުމުގެ މަންފާއަށް ބެލުމެއް ނެތި ހިންގާ ހަރަކާތެއް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓިން މިއަދު ބުނެފި އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގާ ހަރަކާތް ކުށްވެރިކޮށް، ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ޖޭޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބައިލެޓްރަލް ގުޅުންތަކުގެ ތެރެއިން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެކި އެކި ބޭނުންތަކަށް، އެއްގައުމުގެ ސިފައިން އަނެއް ގައުމުގައި ވަކި މުއްދަތަކަށް ތިބުމަކީ ދެފަރާތަށް ވެސް ފައިދާހުރި ގޮތެއް ކަމަށެވެ.

އެގޮތަށް ބިދޭސީ ގައުމުތަކުގައި ސިފައިން ތިބެނީ ތަމްރީނުތަކާއި ތައުލީމާއި ހުނަރު އިތުރުކުމުގެ ބޭނުމުގައި ކަމަށް ޖޭޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި އެ ޕާޓީން ބުނީ ކާރިސާތަކުން ސަލާމަތްވުމަށް ކުރިއަށް ގެންދާ ހަރާކާތްތަކާއި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވާން ހިންގާ ހަރަކާތްތަކާއި ދެގައުމުގެ ސަލާމަތާއި ގުޅިފައިވާ ބޯޑަރު ބެލެހެއްޓުން ފަދަ ކަންތައްތަކަށް ސިފައިން ތިބުމަކީ ވެސް ދެފަރާތަށް ފައިދާވާނެ ކަންތައް ކަމަށެވެ.

"...މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ދޭދޭ އަދި ސަރަޙައްދީ ފެންވަރުގައިވެސް ކުރިއަށް ގެންދެވޭ ގުޅުންތަކެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތައް ވަނީ ބަލައިގެންފަ. އަދި އަމުދުން މިފަދަ ބޭނުމަކު ހަތިޔާރު ނުލައި ޔުނީފޯމުގައި އެހެން ގައުމެއްގެ ސިފައިން ހަރަކާތްތެރި ވުމަކީ މިލިޓަރީ ހަރަކާތެއްކަމަށް ސިފަކުރުމަކީ ގިނަ ފަހަރަށް އިދިކޮޅު ޕާޓީތަކުން އެވަގުތެއްގައި ވެރިކަމުގައި ތިބޭ ބަޔަކާއި ދެކޮޅަށް ސިޔާސީ ބޭނުމަށް ކޮށްއުޅޭ ކަމެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުން ފެށި ކެމްޕޭނަށް، ސަރުކާރު ހިންގާ ކޯލިޝަނުގެ ޕާޓީތަކުން ބޮޑަށް ފާޑުކިޔަން ފެށީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނު އެހަރަކާތުގައި އިސްކޮށް އުޅުއްވަން ފެށްޓެވި ހިސާބުންނެވެ. އެ ހަރަކާތާ ދެކޮޅަށް އެންމެ ފުރަތަމަ އަޑު އުފުލަން ފެށީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީންނެވެ. އޭގެ ފަހުން އަދާލަތު ޕާޓީން ވެސް ވަނީ އެހަރަކާތް ކުށްވެރިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox