ޓައިވާނަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި

ޓައިވާނަށް ބާރުގަދަ ބިންހެލުމެއް އައުން -- ފޮޓޯ: އެކްސް

ޓައިވާނަށް ބާރުގަދަ ބިންހެލުމެއް އައުން -- ފޮޓޯ: އެކްސް

ޓައިވާނަށް އައި ބާރުގަދަ ބިންހެލުމާއެކު، އެ ގައުމާއި ޖަޕާން އަދި ފިލިޕިންސްއަަށް ސުނާމީގެ އިންޒާރު ނެރެފި އެވެ.

ޖަޕާނުގެ މީޓްރޮލޮޖިކަލް އެޖެންސީން ބުނީ މި ބިން ހެލުން އައިސްފައި ވަނީ 7.7 މެގްނިޓިއުޑް ބާރުމިނުގައި ކަމަށާއި، ސުނާމީގެ ރާޅުތަކުގައި 9.8 ފޫޓް ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ބިންހެލުމުގެ އަސަރު މުޅި ޓައިވާނަށް ކޮށްފައިވާއިރު، ބައެއް ގެތައް ވަނީ ބިމާ ހަމަވެފަ އެވެ. އަދި އެކި ސަރަހައްދުތަކުގައި ބިންގަނޑު ވެސް ވަނީ ކަނޑައިގެން ގޮސްފަ އެވެ.

މިހާތަނަށް ބިންހެލުމުގައި ބައެއް މީހުން މަރުވި ކަމަށް ރިޕޯޓް ލިބިފައިވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

ބިންހެލުން އައުމުގެ ކުރިން އިންޒާރު ދޭ ސިސްޓަމެއް ޓައިވާނުގައި ހުންނައިރު، ނުރައްކަލެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ދުރާލާ އެ ސިސްޓަމަށް ދެވިފައި ނެތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓައިވާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ބިންހެލުން އައިތާ 15 މިނެޓު ފަހުން އިތުރު ލޮޅުންތައް އަންނަން ފެށި ކަމަށާއި، ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަހު ލޮޅުންތައް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޓައިވާނަށް އެންމެ ބާރުގަދަ ބިންހެލުމެއް އައިސްފައި ވަނީ 1999 އަހަރު އެވެ. އެފަހަރު 7.4 މެގްނިޓިއުޑް ބާރުމިނުގައި އައި ބިންހެލުމުގައި އެ ގައުމުން 2،400 މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

ޕޮލެންޑުގައި ބަޑިން ހަމަލާދީ ހަ މީހުން މަރާލައިފި

ޕޮލެންޑުގެ ކްރަކޯވްގައި ހަރުކަށި ފިކުރުގެ މީހަކު ބަޑިން ހަމަލާދީ ހަ މީހުން މަރާލާފައިވާއިރު، އޭނާ ދިރިއުޅޭ ގެއިން ވެސް އިތުރު ތިން މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. މި ހަމަލާގައި 17 މީހަކު ޒަޚަމްވެފައިވާއިރު، ފުލުހުން ވަނީ ހަމަލާދިން މީހާގެ ގަޔަށް ބަޑިޖަހައި އޭނާ ހައްޔަރުކޮށްފައެވެ.

އިޒްރޭލުގެ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު އައިޒެންކޮޓްއަށް

އިޒްރޭލުގެ އާންމު އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުމާ ގުޅިގެން، އާ ކޯލިޝަން ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ރައީސް އައިޒަކް ހަރްޒޮގް ވަނީ އިދިކޮޅު ލީޑަރު ގާޑީ އައިޒެންކޮޓްއަށް ދެއްވާފައެވެ. ސަރުކާރު އެކުލަވައިލުމަށް އައިޒެންކޮޓްއަށް ގިނަވެގެން 42 ދުވަސް ލިބިވަޑައިގަންނަވާއިރު، އޭނާ ވިދާޅުވީ މިއީ ގައުމީ ކުއްލި ހާލަތުގެ ސަރުކާރެއް އުފައްދަންވީ ވަގުތު ކަމަށެވެ. މި އިންތިހާބުގައި އަރަބި ޕާޓީތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައިވީ ނަމަވެސް، ޔަހޫދީ ޕާޓީތަކުން ވަނީ ސަރުކާރު އެކުލަވައިލުމުގައި އެ ޕާޓީތަކުގެ އެހީތެރިކަން ނުހޯދާނެ ކަމަށް ބުނެފައެވެ.

ގާޒާއަށް ބޯކޮށް ވާރޭވެހި 70,000 ފޭލިގެ ފެނުގެ އަޑީގައި

ގާޒާއަށް ބޯކޮށް ވާރޭވެހި 70,000 އެއްހާ ފޭލިގެ ފެނުގެ އަޑީގައިވާ އިރު، މި ކާރިސާގައި ތިން މިލިއަން ޑޮލަރުގެ މާލީ ގެއްލުން ލިބި ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އިސްރާއީލުން ބޯޑަރުތައް ބަންދުކޮށް އެހީ ހުއްޓުވާފައިވާތީ، މި ނުރައްކާތެރި ހާލަތުން ރައްޔިތުން ސަލާމަތްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް ގާޒާ ސަރުކާރުން ވަނީ ގޮވާލާފައެވެ.

އީރާނުގެ ނިއުކްލިއާ ސިއްރުތައް ހޯދަން 20 މިލިއަން ޑޮލަރު

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ސިއްރު މައުލޫމާތު ހިއްސާކުރާ ފަރާތްތަކަށް 20 މިލިއަން ޑޮލަރާ ހަމައަށް ފައިސާގެ އިނާމު ދޭނެ ކަމަށް އެމެރިކާ އިން ވަނީ އިޢުލާނުކޮށްފައެވެ. މީގެ އިތުރުން، އީރާނުން ގަވާއިދާ ހިލާފަށް ހަތިޔާރާއި ތެޔޮ އުފުލުން ހުއްޓުވުމަށްޓަކައި އެމެރިކާގެ އަސްކަރިއްޔާއިން ޚާއްސަ "ޓާސްކް ފޯސް" އެއް އެކުލަވާލައި، އެ ގައުމަށް ކުރިމަތިވާ މާލީ މަގުތައް ބަންދުކުރުމުގެ މަސައްކަތް ދަނީ ވަރުގަދަކުރަމުންނެވެ.

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

Newsletter

Get the latest news delivered straight to your inbox