ބައިނަލްއަގުވާމީ ވިޔަފާރީގެ މައިދާނަށް ހާއްސަ ކޯހެއް ވިލާ ކޮލެޖުން ފަށަނީ

ވިލާ ކޮލެޖު: އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެއް ބަޔަކީ ވިލާ ކޮލެޖު. -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖު: އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެއް ބަޔަކީ ވިލާ ކޮލެޖު. -- ފޮޓޯ: ވިލާ ކޮލެޖު

ބައިނަލްއަގުވާމީ ވިޔަފާރީގެ ދާއިރާއަށް އަހުލުވެރިވެ ކޮންމެ ގައުމެއްގައި ވެސް ވަޒީފާ އަދާކުރަން ތައްޔާރުކުރާ އިންޓަނޭޝަނަލް ބިޒްނަސް މެނޭޖްމަންޓް ކޯހެއް ވިލާ ކޮލެޖުން އިއުލާނުކޮށްފި އެވެ.

މި އިންޓަނޭޝަނަލް ބިޒްނަސް މެނޭޖްމަންޓު ކޯހަކީ މިހާރު ވެސް ވިލާ ކޮލެޖުން ގިނަ ޕްރޮގްރާމްތަކެއް ހިންގާ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑް، ބްރިސްޓަލްގެ ކޯހެކެވެ.

ޓޮޕްއަޕް ގޮތަށް ހިންގާ މި ކޯސް ފުރިހަމަކުރުމުން ލިބޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގެ ލެވަލް ހަތެއްގެ ސަނަދެކެވެ. މިއީ އެއް އަހަރު ދުވަހުގެ ފުލް ޓައިމް ކޯހެކެވެ.

އިންޓަނޭޝަނަލް ބިޒްނަސް މެނޭޖްމަންޓު ކިޔަވަން ބޭނުންވާ ކުދިންނަށް ވިލާ ކޮލެޖުން މި ކޯސް ތައާރަފުކުރީ، މިހާރަށް ވުރެ ބޮޑަށް ދިވެހި ކުދިންނަށް ބޭރު ގައުމުތަކުގެ އިގުތިސޯދުތައް ހިނގާ ގޮތާއި ވިޔަފާރި ކުރާ ގޮތްތައް އުނގަންނައިދިނުމަށެވެ.

މުޅި މި ކޯސް ފަރުމާކުރެވިފައިވަނީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް މެނޭޖުމަންޓު ފެންވަރުގެ ވަޒީފާއެއް އަދާކުރަން ބޭނުންވާ ތައުލީމާ ހުނަރު ލިބޭ ގޮތަށެވެ. ކޯހުގައި ކިޔަވައިދޭ ގިނަ މާއްދާތައް ގުޅެނީ ވެސް ބައިނަލްއަގުވާމީ ވިޔަފާރިއާ އެވެ.

ކޯހުގައި ކިޔަވައިދޭ މޮޑިއުލްތައް

  • ބިޒްނަސް ޕްރޮޖެކްޓް
  • ބިޒްނަސް ޕްރޮޖެކްޓް އިން ތިއަރީ
  • އެންޓަޕްރައިޒް ޕްރޮޖެކްޓް
  • އެކެޑެމިކް އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓު
  • ބިޒްނަސް ސްޓްރެޓަޖީ
  • އިންޓަގްރޭޓަޑް ބިޒްނަސް މެނޭޖްމަންޓް ސިމިއުލޭޝަން
  • މެނޭޖްމަންޓް އޯގަނައިޒޭޝަނަލް ޗޭންޖް
  • މަލްޓިނޭޝަނަލްސް އިން ދަ ޑޮމެސްޓިކް

ކޯހުގައި ކިޔެވޭނެ ބައެއް އޮޕްޝަނަލް މޮޑިއުލްތައް

  • ޑުއިން ބިޒްނަސް އިން އޭޝިއާ
  • އިންޓަނޭޝަނަލް ހިއުމަން ރިސޯސް މެނޭޖްމަންޓު
  • އިންޓަނޭޝަނަލް މާކެޓިން ކޮމިއުނިކޭޝަންސް
  • ދި އިކޮނޮމިކްސް އޮފް ޑިވެލޮޕިން ކަންޓްރީޒް
  • ވާޗުއަލް ބިޒްނަސް

ވިލާ ކޮލެޖުން ވަނީ މިހާރު ޖެނުއަރީ މަހުގެ އިންޓޭކަށް ދަރިވަރުންނަށް ހުޅުވާލާފަ އެވެ. އަދި އެމްކިޔުއޭގެ ލެވަލް 6 ގެ ސަނަދެއް އޮންނަ ކޮންމެ ދަރިވަރަކަށް ފުރުސަތު ލިބޭނެ އެވެ. މިގޮތަށް ވިލާ ނޫން އެހެން ކޮލެޖަކުން ވެސް އެމްކިޔުއޭ ގަބޫލުކުރާ ސަނަދެއް އޮންނަ ނަމަ މި ކޯހުގައި ބައިވެރިވެވޭނެ އެވެ.

މިއީ ވިޔަފާރިތަކުގެ މެނޭޖްމަންޓުގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށާއި މިހާރު ވެސް މަސައްކަތް ކުރަމުންދާ މީހުންނަށް ރަނުގެ ފުރުސަތެއް ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.

މި ކޯހަށް ސަރުކާރުގެ ހިލޭ ފުރަތަމަ ޑިގްރީ ސިޔާސަތުގެ ދަށުން މާލީ އެހީ ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox