ފަހަތުން އަރައި ހައިދަރުއާބާދު ޓީމު އަތުން ގައުމީ ވޮލީ ޓީމު މޮޅުވެއްޖެ

Dec 16, 2021, 7:40 PM
ހައިދަރުއާބާދު ޓީމުގެ ދެ ކުޅުންތެރިން ކައިިރިން ރާއްޖޭގެ ކުޑަކާއްޓެ (ވ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ހައިދަރުއާބާދު ޓީމުގެ ދެ ކުޅުންތެރިން ކައިިރިން ރާއްޖޭގެ ކުޑަކާއްޓެ (ވ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފިިރިހެން ވޮލީބޯޅަ ޓީމުން މިރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ފަހަތުން އަރައި އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސް އަތުން މޮޅުވެއްޖެ އެވެ.

ސެންޓްރަލް ޒޯނަށް ރާއްޖޭގެ ގައުމީ ސީނިއާ ވޮލީ ޓީމުގެ ސްކޮޑު ފައިނަލް ކުރި ފަހުން ކުޅުނު ފުރަތަމަ މެޗުން މިރޭ ރާއްޖެ މޮޅުވީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު 25-19 އިން ހައިދަރުއާބާދު ޓީމު ގެންދިޔައިރު، ރާއްޖެ ވަނީ ދެން ކުޅުނު ތިން ސެޓު ގެންގޮސްފަ އެވެ. އެއީ 18-25، 18-25 އަދި 17-25 އިންނެވެ.

ހައިދަރުއާބާދު ޓީމުން ރާއްޖެއާ ދެކޮޅަށް ތިން މެޗު ކުޅެން ހަމަޖެހިފައިވާއިރު، މިރޭގެ މެޗު އެ ޓީމުން ކުޅުނީ މިއަދު ހަވީރު މާލެ އައިގޮތަށެވެ.

މިރޭގެ މެޗަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ބުނީ ދަތުރެއް ކޮށްފައި އައިސް ކުޅުމުގެ ވަރުބަލިކަން ހައިދަރުއާބާދު ޓީމުގެ ފަރާތުން ފެނުނު ކަމަށެވެ. އަދި ކުރިއަށް އޮތް މެޗުތަކުގައި ހައިދަރުއާބާދު ޓީމުން މޮޅަށް ކުޅޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ހައިދަރުއާބާދު ޓީމުގައި އިންޑިއާ ގައުމީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިން ތިބިކަން ކާއްޓޭ ފާހަގަކުރި އެވެ.

ދާދި ފަހުން ގައުމީ ވޮލީ ޓީމުން ވަނީ ލަންކާއާ ދެކޮޅަށް މާލޭގައި އެކުވެރިކަމުގެ ތިން މެޗެއް ކުޅެފަ އެވެ. އެ ތިން މެޗުން ވެސް ބަލިވީ ސެޓެއް ވެސް ނުލިބި އެވެ. އެ ތިން މެޗުގައި ހެދުނު ގިނަ ގޯސްތަކެއް މިރޭގެ މެޗުގައި ގައުމީ ޓީމުން ވަނީ ރަނގަޅުކޮށްފަ އެވެ.

ރާއްޖެ ޓީމުގެ ނިލާމް (މ) މިރޭގެ މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަަމަ ސެޓުގެ ކުރީކޮޅުގައި ހައިދަރުއާބާދުން ހަތަރު ޕޮއިންޓުގެ ލީޑެއް ނެގި އެވެ. އެކަމަކު، ރާއްޖޭގެ ކުޅުންތެރިން ހިތްވަރުކޮށް، 5-4 އިން ކުރިހޯދި އެވެ. ހައިދަރުއާބާދު ޓީމުން ވަރުގަދަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ދިވެހި ކުޅުންތެރިންގެ ޑިފެންސް ފެނުނީ އެހެން މެޗުތަކާ ބަލާއިރު، ޖުމްލަކޮށް ވަރުގަދަކޮށެވެ. އެކަމަކު، ވަކި ހިސާބަކުން ހައިދަރުއާބާދު ކުޅުންތެރިން ސެޓުގެ ކޮންޓްރޯލް ނަގައި ފުރަތަމަ ސެޓު ގެންދިޔަ އެވެ. ހައިދަރުއާބާދުން ސެޓު ގެންދިޔައީ 25-17 އިންނެވެ.

ފުރަތަމަ ސެޓު ގެއްލުމުން ދިވެހި ޓީމުން ދެން ނުކުތީ ކުރިއަށް ވުރެ ރަނގަޅު ރޫހެއްގަ އެވެ. ދެ ފަހަރެއްގެ މަތިން ހައިދަރުއާބާދު ޓީމުން އެއްވަރުކުރި ނަަމަވެސް ގައުމީ ޓީމުން ލީޑު ހިފެހެއްޓުމުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. ސެޓުގެ މެދެއްހާ ހިސާބުން ރާއްޖޭން ވަނީ ސެޓަރަކަށް ކުޅެމުން އައި ހުސެއިން ވިޝާމް (ބުޅިކެ)ގެ ބަދަލުގައި ހުސެއިން ޝާހިދު (ޝާޑު) ކުޅެން އަރުވައިފަ އެވެ. ޓީމުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަލީ ހުޒާމް (ހުޒަންޓެ)ގެ ރަނގަޅު ހަމަލާތަކާ އެކު ރާއްޖޭން ދެ ވަނަ ސެޓު 18-25 އިން ގެންގޮސް މޮޅުވުމުގެ އުއްމީދު އާކުރި އެެވެ.

ތިން ވަނަ ސެޓުގެ ބޮޑުބައިގައި ގައުމީ ޓީމުން ކޮންފިޑެންސް ރަނގަޅު ކުުޅުމެއް ދައްކައި ބޮޑު ލީޑެއްނެގި އެވެ. މި ސެޓުގައި ދެ ފަހަރެއްގެ މަތިން ހައިދަރުއާބާދު ކުޅުންތެރިން ރެފްރީގެ ނިންމުމާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ. ރާއްޖޭން މި ސެޓުގައި ހަސަން ނިލާމް (ޕާޓޭ)ގެ ބަދަލުގައި އާދަމް ނަސީމް (އެޑަމް) ކުޅެން އެރުވި އެވެ.

އެޑަމްގެ ރަނގަޅު ހަމަލާތަކެއް ފެނިގެންދިޔައިރު، ރާއްޖޭން މި ސެޓުގައި ފަސް ޕޮއިންޓަށް ވެސް ލީޑުފުޅާކުރި އެވެ. ރަނގަޅު ލީޑެއްގައި އޮތުމުން ރާއްޖޭން ވަނީ މި ސެޓުގައި ޒުވާން ކުޅުންތެރިޔާ، 19 އަހަރުގެ އަހުމަދު ނާފިއު ކުޅެން އަރުވައިފަ އެވެ. ރާއްޖޭން އިތުބާރާ އެކު ކުޅެ، މި ސެޓު ގެންދިޔައީ 18-25 އިންނެވެ.

މެޗުގެ ތެރެއިން ދިވެހި ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ޖެހިޖެހިގެން ދެ ސެޓު ރާއްޖެ އަށް ލިބުމުން ހަތަރު ވަނަ ސެޓަށް ނުކުމެ، ހައިދަރުއާބާދުން ކުޅުން ރަނގަޅު ކުރި އެެވެ. ނަމަވެސް ރާއްޖޭގެ ޓީމުން ވަނީ މި ސެޓުގައި ހައިދަރުއާބާދު ޓީމަށް ރަނގަޅު ފައިޓެއް ދީފަ އެވެ.

ދެ ޓީމުން ވެސް ލީޑުނެގި ފަހު ސެޓުގައި، ހައިދަރުއާބާދު ޓީމު ހަމަޔަކަށް އަޅުވަން އެ ޓީމުން ވަނީ ޓައިމްއައުޓްތަކެއް ވެސް ނަގައިފަ އެވެ. ރާއްޖޭގެ އާދަމް ފައިރޫޒްގެ ރަނގަޅު ބްލޮކްތަކެއް ފެނުނު މި ސެޓުގެ މެދެއްހާ ހިސާބުން ރާއްޖޭން ވަނީ ސެޓަރު ބަދަލުކޮށްފަ އެވެ. ސެޓަރަކަށް ހުރި ޝާޑުގެ ބަދަލުގައި މެޗު ފެށިއިރު، ހުރި ބުޅިކެ އަލުން އެރުވި އެވެ. ކުޅެން އެރި ގޮތަށް ބުޅިކެ ވަނީ މޮޅު ޕޮއިންޓެއް ހޯދައިފަ އެވެ. އަދި ރަނގަޅު ފޯމެއްގައި ކުޅެ، ރާއްޖެ މޮޅުކޮށްދޭން މެޗުގެ ފަހު ޕޮއިންޓް ހޯދީ ވެސް ބުޅިކެ އެވެ.

ހައިދަރުއާބާދު ޓީމާއި ގައުމީ ވޮލީ ޓީމު ކުޅޭ ދެ ވަނަ މެޗު އޮންނާނީ މާދަމާރޭ 9 ޖަހާއިރު އެވެ. މިއީ މި މަހު 23-29 އަށް ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ރާއްޖޭން ކުޅޭ މެޗުތަކެކެވެ. ވޮލީބޯލް އެސޯސިއޭޝަނުން، މި މެޗުތައް ހަމަޖެއްސީ ޓްރެއިނިން ކޭމްޕެއް ދިއުމަށް ކުރި މަސައްކަތުގައި އަލިމަގެއް ނުފެނުމުން، ޓީމަށް ވާދަވެރި މެޗުތަކެއް ހޯދައިދިނުމުގެ ބޭނުމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox