ހާލަންޑްގެ ދެ ގޯލާ އެކު މޮޅުވެ، ޑޯޓްމަންޑުން ފަރަގުކުޑަކޮށްފި

Dec 16, 2021, 1:55 AM
ހާލަންޑްގެ ދެ ގޯލާ އެކު މޮޅުވެ، ޑޯޓްމަންޑުން ފަރަގުކުޑަކޮށްފި

ބާލިން (ޑިސެމްބަރު 16) - ޖަރުމަނު ލީގުގައި ރޭ އާލިން ބްރައުޓް ހާލަންޑްގެ ދެ ގޯލާ އެކު 3-0 އިން ލީގުގެ ފުލުގައި އޮތް ގްރޮއިޓާ ފޫރުތު ބަލިކޮށް ބޮރޫޝިއާ ޑޯޓްމަންޑުން ލީގުގެ އެއް ވަނައިގައި އޮތް ބަޔާން މިއުނިކާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި އެވެ.

ރޭގެ މެޗަށް ޑޯޓްމަންޑް ނުކުތްއިރު ބަޔާން އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެކަމަކު، ޑޯޓްމަންޑް މޮޅުވުމުން އެ ލީޑުވަނީ ހަ ޕޮއިންޓަށް ކުޑަވެފަ އެވެ. ބަޔާނަށް 16 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ޑޯޓްމަންޑަށް ވަނީ 16 މެޗުން 34 ޕޮއިންޓް ލިބިފަ އެވެ. އަދި ރޭ ތިން ވަނައިގައި އޮތް ބެޔާ ލެވަކޫސަނާއި ހަތަރެއްގައި އޮތް ހޮފެންހައިމް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ލެވަކޫސަނަށް 16 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ހޮފެންހައިމަށް ވަނީ 16 މެޗުން 27 ޕޮއިންޓް ލިބިފަ އެވެ.

މެޗުގެ 32 ވަނަ މިނިޓްގައި ޑޯޓްމަންޑުން ލީޑުނެގީ ހާލަންޑް ޖެހި ޕެނަލްޓީންނެވެ. މިއީ ހާލަންޑް ފޮނުވާލި ބޯޅައެއް ގްރޮއިޓާ ކުޅުންތެރިއަކު އަތުގައި ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

ލީޑުފުޅާކުރަން ޑޯޓްމަންޑްގެ މާކޯ ރޮއިސް ފޮނުވާލި ހިލޭ ޖެހުން ގްރޮއިޓާގެ ކީޕަރު ސާޝާ ބޮއިހާޓް ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި ގްރޮއިޓާއިން ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތެއް ތަނަވަސްކުރި ނަމަވެސް އެ ޓީމުގެ ހާވާޑް ނީލްސަން އަށް ގޯލު ޖެހޭގޮތެއްނުވި އެވެ.

މެޗުގައި ދެ ވަނަ ގޯލެއް ޖަަހަން ޑޯޓްމަންޑުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 82 ވަނަ މިނިޓްގަ އެވެ. ހޫލިއަން ބްރަންޓް ހިލޭ ޖެހުމަކުން ނެގި ބޯޅަ ހާލަންޑް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އުމުރުން 21 އަހަރުގެ ހާލަންޑްގެ މި ގޯލާ އެކު އޭނާ މި ވަނީ މި ފަހަރު ސީޒަނުގައި 15 މެޗުން 19 ގޯލު ޖަަހައިފަ އެވެ. ހާލަންޑް މި ވަނީ ޖަރުމަނު ލީގުގައި މިހާތަނަށް ކުޅުނު 53 މެޗުން 53 ގޯލު ޖަހައިފަ އެވެ.

ޑޯޓްމަންޑްގެ ފަހު ގޯލު ޖެހީ ބަލިވެ، އުޅުމަށް ފަހު ޓީމާ އަލުން ގުޅުނު ނެދަލެންޑްސްގެ ފޯވާޑް ޑޮންޔެލް މާލެން އެވެ. އޭނާ ވަނީ އޭރިއާތެރެއިން ލިބުނު ފުރުސަތުން ބޯޅަ ކޮންޓްރޯލް ކޮށްލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox