މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތާއެކު މާދަމާގެ ޖަލްސާ ބޮއިކޮޓް ކުރަން އިދިކޮޅުން ނިންމައިފި

މަޖިލީހުގައި އިދިކޮޅު ކޯލިޝަންގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް

މަޖިލީހުގައި އިދިކޮޅު ކޯލިޝަންގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން އެދިގެން ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ޖަލްސާ ބޮއިކޮޓް ކުރަން އިދިކޮޅު ކޯލިޝަނުން ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގެ މިދައުރުގެ މަސައްކަތްތައް ނިންމާ ޗުއްޓީގައި ވަނިކޮށް ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން ވަކިކުރަން ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށެވެ.

އަދި އެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މަޖިލިސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގިނަ މެމްބަރުން މާލެއިން ބޭރުގައިވަނިކޮށް އެ މެމްބަރުންނަށް ބައިވެރިވުމުގެ ފުރުސަތުވެސް ނުލިބޭ ގޮތަށް ކަމަށާއި އެއީ މަޖިލީހުގައި އިދިކޮޅު ތަމްސީލުކުރާ މައިނޯރިޓީއާ މަޝްވަރާ ކުރުމެއް ނެތި ބާއްވާ ޖަލްސާއެއް ކަމަށްވެސް އެ ކޯލިޝަނުން ބުންޏެވެ.

Advertisement

"މައިނޯރިޓީގެ ބަހެއް ނުހޯދާ ޖަލްސާ ބާއްވައިގެން މިފަދަ ބޮޑެތި ނިންމުންތައް ނިންމުމަކީ ޑިމޮކްރަސީގެ އަސާސްތަކާ މުޅިން ހިލާފު ކަމެއް. މިއީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް މިނިވަން މުއައްސަސާތަކަށް އޮތްކަން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއް،" އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

ހަމައެއާއެކު އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމަކީ އެ މުއްއަސަސާގެ ބާރު ކަނޑުވާލާ، ޑިމޮކްރެޓިކް ހަމަތަކަށް މިސަރުކާރުން އެއްވެސް ކަހަލަ އިހްތިރާމެއް ނުކުރާކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.

"މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ތަހްގީގީ އިދާރާއަކަށް ސަރުކާރުން މިހާރަށް ވުރެ ވެސް ބޮޑަށް ނުފޫޒު ފޯރުވުމަށް ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. އެހެންކަމުން އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ޖަލްސާ ބޮއިކޮޓް ކުރުމަށް ވަނީ ނިންމާފައި،" އިދިކޮޅުން ބުންޏެވެ.

އޭސީސީގެ މެމްބަރުން ވަކިކުރަނީ ކީއްވެ؟

އޭސީސީގެ ފަސް މެންބަރުން ވެސް ވަކިކުރުމުގެ މަސައްކަތް ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާފަ އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ފަރާތުން ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ފަސް މެމްބަރުން ވަކި ކުރުމަށް ނިންމީ އޮޑިޓް އޮފީސް މެދުވެރިކޮށް އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހު އެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ފާސްކޮށްފައި ވަނީ ވެރިކަން ހިންގާ އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ ކޮމެޓީއަށް ހާޒިރުވި އަށް މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންގެ ވޯޓުންނެވެ. މެމްބަރުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެކަންޏެވެ.

ވަކިކުރުމަށް ނިންމި އޭސީސީގެ ފަސް މެންބަރުންނަކީ މަރިޔަމް ޝިއުނާ (ރައީސް) އާއި ފާތުމަތު އަނޫލާ އާއި އިބްރާހިމް ޝަކީލާއި އައިޝަތު އަބްދުﷲ އަދި އަލީ އަޝްރަފެވެ. މީގެތެރެއިން އަލީ އަޝްރަފު ވަނީ މިދިޔަ ހަފުތާގެ ތެރޭ އިސްތިއުފާ ދެއްވާފަ އެވެ.

އޮޑިޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އޭސީސީއަށް އެކަށީގެންވާ މިންވަރަކަށް މައްސަލަތައް ނުބެލެ އެވެ. ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ގިނަކަން ފާހަގަކޮށް އޭސީސީން ކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުން ނުކުރާކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.

ވަކިކުރަން ނިންމި ދުވަހު އޭސީސީގެ ރައީސް ޝިއުނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަން ހުއްޓުވައި މުއައްސަސާއެއްގެ މިނިވަން ކަމާއި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަ އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވަރަށް ބައިވަރު ޗެލެންސްތަކާއެކު, އަޅުގަނޑުމެންނަށް މިނިވަންކަމާއެކު މަސައްކަތް ކުރަން ޖާގަ ދޭން ޖެހޭ," ޝިއުނާ ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް މި މަގާމުގައި މަސައްކަތް ކުރަނީ މާދަމާ ވެސް މި މަގާމުން ވަކިވެގެން ދާން ޖެހިދާނެ ކަމަށް, މިތަނަށް އަންނަ މެންބަރުންނަކީ ވަގުތީ މެންބަރުން, އެކަމަކު މުއައްސަސާއަކީ ދާއިމީ ތަނެއް, ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަކީ އަބަދުވެސް ކުރެވެމުންދާ ކަމެއް,"

ޝިއުނާ ވިދާޅުވީ, އޭނާ އެ މަގާމު ނެތި އެހެން ބަޔަކު މަގާމަށް އަޔަސް އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ މަސައްކަތް ކުރާނެ ޖާގަ ލިބި, ވަސީލަތްތައް ލިބި, ނިޒާމީ ބަދަލުތަކެއް އައިސްގެން ކަމަށެވެ.

"އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ޕޮލިޓިކަލް ވިލް, ސިޔާސީ ނިޔަތް އެ ގައުމެއްގައި އޮންނަން ޖެހޭ ކޮރަޕްޝަން ހުއްޓުވުމަށް," ޝިއުނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox