ގައުމީ ވޮލީ ޓީމުގެ ފައިނަލް ސްކޮޑުން ބާކީވީ އައްކަޅޭ، ޝިމާއު އަދި ޖަވާމް

Dec 15, 2021, 4:49 AM
ފައިނަލް ސްކޮޑުން ބާކީވި (ކ.ވ) ޝިމާއު، އައްކަޅޭ އަދި ޖަވާމް.-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)

ފައިނަލް ސްކޮޑުން ބާކީވި (ކ.ވ) ޝިމާއު، އައްކަޅޭ އަދި ޖަވާމް.-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ސްކޮޑު ފައިނަލް ކުރިއިރު، ދެ ލިބަރޯ އިން ކަމަށްވާ އަޝްފާގު އާދަމް (އައްކަޅޭ) އާއި ޖަވާމް އަލީ އަދި ސެޓަރަކަށް ކުޅޭ އަހުމަދު ޝިމާއު ބާކީވެއްޖެ އެެވެ.

މި މަހު 23-29 އަށް ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން މުބާރާތަށް ސްކޮޑު ފައިނަލް ކުރީ ލަންކާއާ ދެކޮޅަށް މާލޭގައި ދާދި ފަހުން ކުޅުނު އެކުވެރިކަމުގެ ތިން މެޗަށް ބަލައިގެންނެވެ. އެ މެޗުތަކުގައި ސެޓަރަކަށް ކުޅޭ ޝިމާއު އަށް ފުރުސަތު ނުލިބިދިޔައިރު، ދެ މެޗެއްގައި ފުރަތަމަ ލިބަރޯގެ ގޮތުގައި އައްކަޅޭ ކުޅުނެވެ. އަދި ޖަވާމް ވެސް ވަނީ އެއް މެޗެއްގެ ފަހު ސެޓުގައި ކުޅެފަ އެވެ.

ވީއޭއެމްގެ މިހާރުގެ ލީޑަޝިޕްގެ ވިސްނުމާ އެއްގޮތަށް ވޮލީ ސްކޮޑު ފައިނަލްކުރިއިރު، ޒުވާން ވޮލީބޯޅަ ކުޅުންތެރިން އުފެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން ސީނިއާ ވޮލީ ޓީމަށް ނެގި ޒުވާން ތިން ކުޅުންތެރިން ވަނީ ފައިނަލް ސްކޮޑުގައި ވެސް ހިމަނައިފަ އެވެ. އެ ތިން ކުޅުންތެރިންނަކީ މާއިޝް އަހުމަދު، އަހުމަދު ނާފިއު އަދި ޝާމިލް މުހައްމަދު އެވެ.

އުމުރުން 17 އަހަރުގެ މާއިޝް އަކީ 19 އަހަރުން ދަށުގެ ކެޓަގަރީގެ ބީޗް ވޮލީ ޗެމްޕިއަނެކެވެ. އަދި 23 އަހަރުގެ ޗެމްޕިއަންކަން ހޯދީ ނާފިއު، 19، އާއި ޝާމިލް، 20، ގެ ޕެއާ އިންނެވެ. މާއިޝް އާއި ޝާމިލް އަކީ ސްޕައިކަރުންނެވެ. އަދި ނާފިއު ކުޅެނީ ސެންޓަ އަށެވެ. ލަންކާއާ ދެކޮޅަށް ކުޅުނު ތިން މެޗަކީ ކުޅުމުގެ ފުރުސަތު ނުލިބުނު ކަމުގައި ވިޔަސް ނާފިއު، ޝާމިލް އަދި މާއިޝް ގައުމީ ޓީމާ އެކު ކުރި ފުރަތަމަ ތަޖުރިބާ އެވެ.

ސެންޓްރަލް ޒޯން މުބާރާތުގެ ފައިނަލް ސްކޮޑު

އަލީ ހުޒާމް (ހުޒަންޓެ)، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، ހުސެއިން ވިސާމް (ބުޅިކެ)، ހަސަން ނިލާމް (ޕާޓޭ)، އާދަމް ފައިރޫޒް، މުހައްމަދު ނައީމް، ޝަމާއިލް ހުސެއިން، ހުސެއިން ޝާހިދު (ޝާޑު)، ޝުއައިބް އަބްދުލް ލަތީފް، އަހުމަދު ނާފިއު، މާއިޝް އަހުމަދު، ޝާމިލް މުހައްމަދު

ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ)ގެ އިރުޝާދުގެ ދަށުން ސްކޮޑު ފައިނަލް ކުރުމަށް ފަހު ސެންޓްރަލް ޒޯން މުބާރާތަށް ދިއުމުގެ ކުރިން ގައުމީ ވޮލީ ބޯޅަ ޓީމު މާލޭގައި އިންޑިއާގެ ޓީމު، ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ތިން މެޗެއް ކުޅޭނެ އެވެ. އެއީ 16، 17، އަދި 18 ގަ އެވެ. އެ މެޗުތަކަށް ފަހު ގައުމީ ޓީމު މިހާރު އޮތްގޮތުން ސެންޓްރަލް ޒޯން މުބާރާތަށް ފުރާނީ މި މަހު 19 ވަނަ ދުވަހު އެވެ.

ޓީމުގެ ކެޕްޓަނަކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ.

ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ގައުމީ ޓީމު ރާއްޖޭން ބޭރުގައި ކޭމްޕެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެ ގޮތުން ބަހްރޭނާއި ގަތަރުގައި ޓްރެއިނިން ކުރިއަށް ގެންދަން ކުރި މަސައްކަތް ކާމިޔާބު ނުވި ނަމަވެސް އިންޑިއާ އަށް ކޭމްޕެއް ދިއުމުގެ ފުރުސަތު ފަހިވި އެވެ. އެކަމަކު، ކޮވިޑް-19ގެ ހާލަތުގައި ދަތުރުތަކެއް ކުރުމުގެ ބަދަލުގައި ވީއޭއެމް އިން ނިންމީ އިންޑިއާ ޓީމެއް ގެނެސް ވަރުގަދަ މެޗުތަކެއް ގައުމީ ޓީމަށް ހޯދައިދިނުމަށެެވެ. އެ ގޮތުން ހައިދަރުއާބާދު ސްޕައިކާސް ޓީމު ގެންނަން ނިންމީ އެެވެ.

ސެންޓްރަލް ޒޯންގެ މުބާރާތުގައި މި ފަހަރު ވާދަކުރަނީ ފަސް ޓީމެވެ. މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ މި މަހު 23 ވަނަ ދުވަހެވެ. ދެ ވަނަ މެޗުގައި އެއް ދުވަސް ފަހުން، މި މަހު 25 ވަނަ ދުވަހު ރާއްޖެ ކުޅެން ޖެހޭނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. އޭގެ އަނެއް ދުވަހު (26 ޑިސެމްބަރުގައި) ނޭޕާލާ ދެކޮޅަށް ކުޅުމަށް ފަހު، ލީގު ބުރުގެ ފަހު މެޗުގައި ކުޅޭނީ ލަންކާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މި މަހު 27 ވަނަ ދުވަހު އެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށްދާ ގޮތަށް ފޯމެޓް އޮތްއިރު، ތިން ވަނަ އާއި ހަތަރު ވަނަ ރޭންކިން މެޗެއް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox