އޭސީސީ މެންބަރުން ވަކިކުރަން ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީ

Dec 14, 2021, 5:17 PM
އޭސީސީގެ ރައީސް އަދި ނައިބު ރައީސް: ވަކިކުރުމަށް ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުން --

އޭސީސީގެ ރައީސް އަދި ނައިބު ރައީސް: ވަކިކުރުމަށް ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުން --

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް އެކަމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފަށައިފި އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވައިދުގެ ދަށުން އެމްޑީޕީގެ ޕީޖީ ގުރޫޕުން ދައުރުން ބޭރު ޖަލްސާއެއް އެޖެންޑާކޮށްދިނުމަށް މަޖިލީހުގައި އެދެން ވަނީ ނިންމާފަ އެވެ.

އޭސީސީގެ ފަސް މެންބަރުން ވެސް ވަކިކުރުމުގެ މަސައްކަތް ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާފަ އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ފަރާތުން ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ފަސް މެމްބަރުން ވަކި ކުރުމަށް ނިންމީ އޮޑިޓް އޮފީސް މެދުވެރިކޮށް އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހު އެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ފާސްކޮށްފައި ވަނީ ވެރިކަން ހިންގާ އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ ކޮމެޓީއަށް ހާޒިރުވި އަށް މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންގެ ވޯޓުންނެވެ. މެމްބަރުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެކަންޏެވެ.

ވަކިކުރުމަށް ނިންމި އޭސީސީގެ ފަސް މެންބަރުންނަކީ މަރިޔަމް ޝިއުނާ (ރައީސް) އާއި ފާތުމަތު އަނޫލާ އާއި އިބްރާހިމް ޝަކީލާއި އައިޝަތު އަބްދުﷲ އަދި އަލީ އަޝްރަފެވެ. މީގެތެރެއިން އަލީ އަޝްރަފު ވަނީ މިދިޔަ ހަފުތާގެ ތެރޭ އިސްތިއުފާ ދެއްވާފަ އެވެ.

އޮޑިޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އޭސީސީއަށް އެކަށީގެންވާ މިންވަރަކަށް މައްސަލަތައް ނުބެލެ އެވެ. ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ގިނަކަން ފާހަގަކޮށް އޭސީސީން ކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުން ނުކުރާކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.

ވަކިކުރަން ނިންމި ދުވަހު އޭސީސީގެ ރައީސް ޝިއުނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަން ހުއްޓުވައި މުއައްސަސާއެއްގެ މިނިވަން ކަމާއި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަ އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވަރަށް ބައިވަރު ޗެލެންސްތަކާއެކު, އަޅުގަނޑުމެންނަށް މިނިވަންކަމާއެކު މަސައްކަތް ކުރަން ޖާގަ ދޭން ޖެހޭ," ޝިއުނާ ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް މި މަގާމުގައި މަސައްކަތް ކުރަނީ މާދަމާ ވެސް މި މަގާމުން ވަކިވެގެން ދާން ޖެހިދާނެ ކަމަށް, މިތަނަށް އަންނަ މެންބަރުންނަކީ ވަގުތީ މެންބަރުން, އެކަމަކު މުއައްސަސާއަކީ ދާއިމީ ތަނެއް, ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަކީ އަބަދުވެސް ކުރެވެމުންދާ ކަމެއް,"

ޝިއުނާ ވިދާޅުވީ, އޭނާ އެ މަގާމު ނެތި އެހެން ބަޔަކު މަގާމަށް އަޔަސް އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ މަސައްކަތް ކުރާނެ ޖާގަ ލިބި, ވަސީލަތްތައް ލިބި, ނިޒާމީ ބަދަލުތަކެއް އައިސްގެން ކަމަށެވެ.

"އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ޕޮލިޓިކަލް ވިލް, ސިޔާސީ ނިޔަތް އެ ގައުމެއްގައި އޮންނަން ޖެހޭ ކޮރަޕްޝަން ހުއްޓުވުމަށް," ޝިއުނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox