އިންޑިއާ ޓީމަކާ ދެކޮޅަށް ގައުމީ ވޮލީ ޓީމުން މާލޭގައި މެޗުތަކެއް ކުޅެނީ

Dec 14, 2021, 1:13 PM
ަލަންކާ އާއި ރާއްޖެ ކުޅުނު ވޮލީ މެޗެއްގެ ތެރެއިން: ރާއްޖެ ޓީމުގެ ކެޕްޓަން ކާއްޓެ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ަލަންކާ އާއި ރާއްޖެ ކުޅުނު ވޮލީ މެޗެއްގެ ތެރެއިން: ރާއްޖެ ޓީމުގެ ކެޕްޓަން ކާއްޓެ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުން މާލޭގައި އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ތިން މެޗު ކުޅެން ނިންމާފައިވާ ކަމަށް ވީއޭއެމް އިން ބުނެފި އެވެ.

މި މެޗުތައް ކުޅެން ހަަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒު އެތެރެކޯޓުގައި މި މަހު 16, 17، އަދި 18 ވަނަ ދުވަހުގެރޭގަ އެވެ.

ބަންގްލަދޭޝްގައި މި މަހު 23-29 އަށް ކުރިއަށްދާ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ގައުމީ ވޮލީބޯޅަ ޓީމުން ދާދި ފަހުން ވަނީ މާލޭގައި ސްރީލަންކާއާ ދެކޮޅަށް ތިން މެޗު ކުޅެ، ތިން މެޗުން ވެސް ސީދާ ތިން ސެޓުން ބަލިވެފަ އެވެ. މިއީ ފާއިތުވި ދެ އަހަރެއްހާ ދުވަސްތެރޭ ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުތަކެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)، މިއަދު "އަދަދު" އަށް ވިދާޅުވީ އިންޑިއާގެ ކްލަބާ ދެކޮޅަށް ކުޅޭ ތިން މެޗަކީ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ އިތުރުން އެހެން ކަންކަން ވެސް ފުރިހަމަ ކުރެވޭނެ މެޗުތަކެއް ކަމަށެވެ. އެ ގޮތުން ވީއޭއެމް އިން ޒުވާން ވޮލީބޯޅަ ކުޅުންތެރިންތަކެއް އުފައްދަން ކުރިއަށްގެންދާ އެކްސެލަންސް ޕްރޮގްރާމްގައި ތިބި ކުޅުންތެރިންނަށް ވޮލީގެ މުސްތަގުބަލު އޮތްކަން ދައްކައިދިނުމަށް ވެސް މި މެޗުގެ ބޭނުންހިފޭނެ ކަމަށް ރަނޭ ދެކިލައްވަ އެވެ.

ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ގައުމީ ޓީމު ރާއްޖޭން ބޭރުގައި ކޭމްޕެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެ ގޮތުން ބަހްރޭނާއި ގަތަރުގައި ޓްރެއިނިން ކުރިއަށް ގެންދަން ކުރި މަސައްކަތް ކާމިޔާބު ނުވި ނަމަވެސް އިންޑިއާ އަށް ކޭމްޕެއް ދިއުމުގެ ފުރުސަތު ފަހިވި އެވެ.

އެކަމަކު، ކޮވިޑް-19ގެ ހާލަތުގައި ދަތުރުތަކެއް ކުރުމުގެ ބަދަލުގައި ވީއޭއެމް އިން ނިންމީ އިންޑިއާ ޓީމެއް ގެނެސް ވަރުގަދަ މެޗުތަކެއް ގައުމީ ޓީމަށް ހޯދައިދިނުމަށެެވެ. އެ ގޮތުން ހައިދަރުއާބާދު ސްޕައިކާސް ޓީމު ގެންނަން ނިންމީ އެެވެ.

ސެންޓްރަލް ޒޯންގެ މި ފަހަރުގެ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ މި މަހު 23 ވަނަ ދުވަހެވެ. ދެ ވަނަ މެޗުގައި އެއް ދުވަސް ފަހުން، މި މަހު 25 ވަނަ ދުވަހު ރާއްޖެ ކުޅެން ޖެހޭނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. އޭގެ އަނެއް ދުވަހު (26 ޑިސެމްބަރުގައި) ނޭޕާލާ ދެކޮޅަށް ކުޅުމަށް ފަހު، ލީގު ބުރުގެ ފަހު މެޗުގައި ކުޅޭނީ ލަންކާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މި މަހު 27 ވަނަ ދުވަހު އެވެ.

އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށްދާ ގޮތަށް ފޯމެޓް އޮތްއިރު، ތިން ވަނަ އާއި ހަތަރު ވަނަ ރޭންކިން މެޗެއް ކުޅޭނެ އެވެ.

ސެންޓްރަލް ޒޯނުން އެންމެ ފަހުން ބޭއްވި މުބާރާތް އޮތީ 2019 ވަނަ އަހަރު އޮގަސްޓް މަހުގެ ތެރޭގަ އެވެ. ނޭޕާލުގެ ކަތުމަންޑޫގައި އެ ފަހަރު ބޭއްވި މުބާރާތުން ރާއްޖެ އަށް ލިބުނީ ހަތަރު ވަނަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox