ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް: ރާއްޖެ ފުރަތަމަ މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް

Dec 14, 2021, 6:04 AM
ަލަންކާއާ ދެކޮޅަށް ގައުމީ ވޮލީ ޓީމުން ކުޅުނު މެޗުގެ ތެރެއިން: ރާއްޖެ ޓީމުގެ އެޑަމް (ކ) ފޮނުވާލާ ޝޮޓެއް ލަންކާގެ ޗަމަތު ބްލޮކްކުރެވޭތޯ މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ަލަންކާއާ ދެކޮޅަށް ގައުމީ ވޮލީ ޓީމުން ކުޅުނު މެޗުގެ ތެރެއިން: ރާއްޖެ ޓީމުގެ އެޑަމް (ކ) ފޮނުވާލާ ޝޮޓެއް ލަންކާގެ ޗަމަތު ބްލޮކްކުރެވޭތޯ މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަންގްލަދޭޝްގައި މި މަހު ފަހުކޮޅު ކުރިއަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ކުޅޭ ފުރަތަމަ މެޗުގައި ބަންގްލަދޭޝާ ކުޅެން ޖެހިއްޖެ އެވެ.

މި މަހު 23-29 އަށް ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ދެން ކުޅޭނީ އުޒްބެކިސްތާން، ސްރީލަންކާ އަދި ނޭޕާލް އެވެ.

މީގެ ތެރެއިން ލަންކާ ވަނީ ދާދި ފަހުން މާލޭގައި ރާއްޖެއާ ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗު ކުޅެ ތިން މެޗުން ވެސް ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.

ސެންޓްރަލް ޒޯންގެ މި ފަހަރުގެ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހު 23 ވަނަ ދުވަހެވެ. ދެ ވަނަ މެޗުގައި އެއް ދުވަސް ފަހުން، މި މަހު 25 ވަނަ ދުވަހު ރާއްޖެ ކުޅެން ޖެހޭނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. އޭގެ އަނެއް ދުވަހު (26 ޑިސެމްބަރުގައި) ނޭޕާލާ ދެކޮޅަށް ކުޅުމަށް ފަހު، ލީގު ބުރުގެ ފަހު މެޗުގައި ކުޅޭނީ ލަންކާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މި މަހު 27 ވަނަ ދުވަހު އެވެ.

އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށްދާ ގޮތަށް ފޯމެޓް އޮތްއިރު، ތިން ވަނަ އާއި ހަތަރު ވަނަ ރޭންކިން މެޗެއް ކުޅޭނެ އެވެ.

ރާއްޖޭން އެންމެ ފަހުން ސެންޓްރަލް ޒޯން މުބާރާތެއްގައި ވާދަކުރީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. ނޭޕާލުގައި އެ ފަހަރުގެ މުބާރާތުގައި ރާއްޖޭން ތިން ވަނަ ހޮވާ މެޗުގައި ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅެ ބަލިވުމުން ލިބުނީ ހަތަރު ވަނަ އެވެ.

މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތަކީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭން ވާދަކުރާ ފުރަތަމަ މުބާރާތެވެ. ރާއްޖޭން އެންމެ ފަހުން ކުޅުނު މުބާރާތަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރުގައި ނޭޕާލުގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ގޭމްސްގަ އެވެ. އޭގެ ފަހުން ގައުމީ ޓީމުގެ ޕްރެކްޓިސްތައް ހުއްޓިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވި އެވެ. އެއީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހެދި ރާއްޖޭގައި ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލަން ޖެހިފައި ވެސް އޮތުމުންނެވެ.

ލަންކާއާ ދެކޮޅަށް ގައުމީ ވޮލީބޯޅަ ޓީމުން ކުޅުނު މެޗަކީ މަހެއްހާ ދުވަހުގެ ޕްރެކްޓިހަށް ފަހު ކުޅުނު މެޗުތަކެކެވެ. ސެންޓްރަލް ޒޯން މުބާރާތަށް ގައުމީ ޓީމު ނުކުންނާނީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ކެޕްޓަންކަމުގަ އެވެ. ޓީމުގެ ކޯޗަކީ އެންމެ ފަހުން ސެންޓްރަލް ޒޯން މުބާރާތުގައި ވެސް ޓީމަށް އިރުޝާދުދިން މުހައްމަދު ސާޖިދު (ކާއްޓެ) އެވެ.

ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ގައުމީ ވޮލީ ޓީމުން ރާއްޖޭން ބޭރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރެވޭތޯ މަސައްކަތް ކުރި އެވެ. އެ ގޮތުން ފުރަތަމަ މަސައްކަތްކުރީ ބަހްރޭން ނޫނީ ގަތަރުގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރެވޭތޯ އެވެ. ފަހުން އިންޑިއާގައި ކޭމްޕް ކުރާގޮތަށް ފުރުސަތު ލިބުނު ނަމަވެސް، މިހާރު އޮތްގޮތުން ފުރުސަތު ބޮޑީ މާލޭގައި އިތުރު މެޗުތަކެއް ކުޅެ، މުބާރާތަށް ދިއުމުގެ އެވެ.

ބަންގްލަދޭޝްގައި މި މަހު ފަހުކޮޅު ސެންޓްރަލް ޒޯންގެ އަންހެން މުބާރާތް ވެސް އޮންނާނެ އެވެ. އަންހެން މުބާރާތުގައި ހަ ޓީމެއް ވާދަކުރެ އެވެ. އެއީ ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ކިރްގިސްތާން، އުޒްބެކިސްތާން، ނޭޕާލް އަދި ލަންކާ އެވެ.

އަންހެން މުބާރާތުގެ ފުރަތަމަ މެޗުގައި ވެސް ރާއްޖެ ކުޅޭނީ ބަންގްލަދޭޝާ ދެކޮޅަށެވެ.

ގައުމީ އަންހެން ވޮލީ ޓީމުން 2019 ވަނަ އަހަރު ބޭއްވި ސެންޓްރަލް ޒޯން މުބާރާތުން ރިހި މެޑަލް ހޯދި އެވެ. އެކަމަކު، މި ފަހަރުގެ މުބާރާތުގައި ގައުމީ އަންހެން ޓީމުން ކޯޗު މުމްތާޒް އަލީ (މުންތޭ)ގެ އިރުޝާދުގެ ދަށުން ނުކުންނާނީ ނިސްބަތުން ޒުވާން ސްކޮޑަކާ އެކީ އެވެ. އެއީ ސީނިއާ ގިނަ އަންހެން ވޮލީ ކުޅުންތެރިންތަކެއް މި ވަގުތު ޓީމާ ދުރުގައި ހުރުމުންނެވެ. އެއީ ދިރިއުޅުމުގެ ކަންކަން މި ވަގުތު ހުރި ގޮތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox