އެޗްޑީސީގެ ސްމާޓް ސޮލިއުޝަންސް ބްރޭންޑް "ސްމާޓްކޮމް" ލޯންޗްކޮށްފި

އެޗްޑީސީގެ ސްމާޓްކޮމް ލޯންޗުކުރަން ބޭއްވި ހަފުލާގެ ތެރެއިން: މިއީ ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފުކުރި ޕްރޮޑަކްޓެއް. -- ފޮޓޯ: އެޗްޑީސީ

އެޗްޑީސީގެ ސްމާޓްކޮމް ލޯންޗުކުރަން ބޭއްވި ހަފުލާގެ ތެރެއިން: މިއީ ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފުކުރި ޕްރޮޑަކްޓެއް. -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމުގެ މަސައްކަތުގެ ދަށުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އަމިއްލަ ސްމާޓް ސޮލިއުޝަންސް ބްރޭންޑް، ސްމާޓްކޮމް އިފްތިތާހުކޮށްފި އެވެ.

ސްމާޓްކޮމް ބްރޭންޑް އިފްތިތާހުކޮށްދެއްވީ ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފުލާއެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. މި ހަފުލާގައި އެޗްޑީސީގެ އިސްވެރިންނާއި، އެ ކުންފުނީގެ އޯޕަން އެކްސެސް ނެޓްވާކް ޕާޓްނަރުން ކަމުގައިވާ އުރީދޫ އާއި ދިރާގާއި މީޑިއާނެޓުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ސްމާޓްކޮމްއާ ގުޅިގެން އެޗްޑީސީން ބުނީ މި ބްރޭންޑުގެ ދަށުން ހުޅުމާލޭގައި ދިރިއުޅޭ މީހުން ޑިޖިޓަލީ ގުޅާލަން ތަފާތު އެކިއެކި ސްމާޓް ސޮލިއުޝަންތައް ތައާރަފުކުރެވި، މި މަސައްކަތް ކުރަން ތަފާތު ފަރާތްތަކާއެކީ ޕާޓްނާޝިޕްތައް އުފެދިގެން ދާނެ ކަމަށެވެ.

Advertisement

މި ސްމާޓް ސޮލިއުޝަންތަކުގެ ތެރޭގައި އެޕްތަކާއި ސްމާޓް ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައާރަފުކުރެވޭ ތަފާތު އެކި ދާއިރާތަކަށް ހާއްސަ ސޮލިއުޝަންތައް ހިމެނޭނެ އެވެ.

މި ސްމާޓް ސޮލިއުޝަންތަކުގެ ސަބަބުން ހިދުމަތްތައް ހޯދާ ރައްޔިތުންނަށާއި، ވިޔަފާރިތަކަށާއި، ސަރުކާރުގެ އިދާރާތަކަށް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ސްމާޓްކޮމް ބްރޭންޑުގެ ދަށުން ޓެކްނޮލޮޖީއަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށާއި، މި ދާއިރާގައި އުޅޭ އަދި ދާއިރާއަށް ނިކުންނަން ބޭނުންވާ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ސްމާޓް ސޮލިއުޝަންތަކުން ލިބޭ ބައެއް ފައިދާ

  • ތައުލީމާއި ސިއްހަތާއި ދަތުރުފަތުރު ފަސޭހަވުން
  • ރައްޔިތުންނާއި އާންމު ތަންތަނުގެ ރައްކާތެރިކަން ކަށަވަރުވުން
  • ވިޔަފާރި އާއި އިގުތިސޯދު ކުރިއެރުން
  • އިތުރު ވަޒީފާތައް ތަނަވަސްވުން

ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމުގެ އަމާޒަށް ވާސިލުވާން އެޗްޑީސީން އަންނަނީ ގިނަ އިންވެސްޓްމަންޓުތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ އެންމެ މުހިންމު އެއް ބަޔަކާ މޮބައިލް، އިންޓަނެޓް އަދި ޓީވީ އެއް ވިއުގައެއް މެދުވެރިކޮށް ހިދުމަތްދެވޭ ގޮތަށް ފަރުމާކޮށްފައިވާ އޯޕަން އެކްސެސް ނެޓްވާކެވެ.

އެޗްޑީސީން ބުނީ މި ނެޓްވޯކާއެކީގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމްކުރުމުގެ ބޮޑު ބަޔެއް ނިމިފައިވާ ކަމަށެވެ. އަދި މި ނެޓްވާކް މެދުވެރިކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދިރާގާއި އުރީދޫ އަދި މީޑިއާ ނެޓްގެ ހިދުމަތްތައް ދޭން ފަށައިފި އެވެ.

އޭގެ އިތުރުން އެ ސަރަހައްދުގެ މޮބައިލް ކަވަރޭޖް ރަނގަޅުކުރުމުގެ ގޮތުން ހުރިހާ އޮޕަރޭޓަރުން ބޭނުންކުރަން އެއް ޓަވަރުތަކަކާއި، ސްޓްރީޓް އަދި ރޫފްޓޮޕް ޕޯލް ޖެހުމުގެ މަސައްކަތް ވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ. މިހާތަނަށް ހިޔާ ފްލެޓް ސަރަހައްދުގައި ހަތަރު ޓަވަރެއް ޖަހައި، ދިރާގާއި އުރީދޫގެ ހިދުމަތްތައް މި ޓަވަރުތައް މެދުވެރިކޮށް ދެމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

ޗައިތަންޔާގެ ލޮލުގެ ދެ ޑޮކްޓަރަކު އައިކެއަރގައި

އިންޑިއާގެ ޗައިތަންޔާ އައި ހޮސްޕިޓަލުގެ ދެ ކޮންސަލްޓަންޓުން، އޮކްޓޯބަރު 11 އިން 15 އަށް ރާއްޖޭގެ އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބަލާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ލޯ ޗެކްކުރުމާއި ކޮންސަލްޓޭޝަންގެ އިތުރުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް އިންޑިއާއަށް ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އައިކެއަރއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގެ ކީނޯޓް ސްޕީކަރަކަށް ކިރުބާ

އެމް.އައި.ބީ ގެސްޓްހައުސް ސިމްޕޯސިއަމް 2026 ގެ ކީނޯޓް ސްޕީކަރަކަށް ބައިނަލްއަޤްވާމީ ބިޒްނަސް ސްޓްރެޓީޖިސްޓް ކިރުބާ ޝަންކަރު ވަނީ ހަމަޖައްސާފައެވެ. އަންނަ އޮކްޓޫބަރު 15 ގައި ބާއްވާ މި ސިމްޕޯސިއަމްގައި، ޑިޖިޓަލް ޒަމާނުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރުވައި އީޖާދީ ބަދަލުތައް ގެނައުމާ ގުޅޭގޮތުން އޭނާ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރާނެއެވެ.

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

Newsletter

Get the latest news delivered straight to your inbox