ޕާކިން ސްލޮޓް ގުރު: ނަޒާހަތްތެރިކަމާމެދު އުފެއްދި ސުވާލަށް ރައްދުދީފި

ޕީޕީއެމް ކައުންސިލަރުން: ޕާކިން ސްލޮޓް ގުރާއި މެދު ސުވާލު އުފެއްދުމުން ރައްދު ދީފި -- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ޕީޕީއެމް ކައުންސިލަރުން: ޕާކިން ސްލޮޓް ގުރާއި މެދު ސުވާލު އުފެއްދުމުން ރައްދު ދީފި -- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިހުރި ޕާކިން ޖާގަތައް ދޫކުރުމަށް ނެގި ގުރުގެ ނަޒާހަތްތެރިކަމާމެދު މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީ ބައެއް މެމްބަރުން ސުވާލު އުފެއްދުމުން އެކަމަށް ރައްދުދީ، ޕީޕީއެމް ކައުންސިލަރުން ބަޔާނެއް ނެރެފި އެވެ.

ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ކުއްޔަށް ދޫކުރަން ނިންމި އެވެ. އެއީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ ދިހަ ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގެ ތެރެއިން ދޫކުރި ޖާގަތަކެކެވެ.

އެ ޖާގަތަކަށް އެދި 969 މީހަކު ކުރިމަތިލާފައިވަނިކޮށް ޖާގަ ދޫކޮށްފައިވަނީ ގުރު ނަގައިގެންނެވެ. ނަމަވެސް, އެކަމުގައި ގޯސްތަކެއް އުޅޭ ކަމަށް ތުހުމަތުކޮށް އެ މައްސަލަ މިހާރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ.

Advertisement

މިކަމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލްގެ މެންބަރުން ނެރުނު ބަޔާނުގައި ވަނީ މާލޭގެ މަގުމަތިން ދޫކޮށްފައިވާ ޕާކިން ސްލޮޓަށް އެދި ކުރިމަތިލި ހާހެއްހާ ފަރާތަށް އެންގުމަކާ ނުލައި، ކަނޑައެޅިފައިވާ ހަރުދަނާ އިޖުރާއަތެއް، އިންތިޒާމެއް ނެތި އެ ނެގި ގުރުގެ ސައްހަކަމާއި، ނަޒާހަތްތެރިކަން ކަށަވަރުނުވާތީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އަދި ގުރު ނެގީ ކޮން ހަމައަކުން، ކޮން ގޮތަކުން އިންތިޒާމުކޮށްގެން، ކޮން އިޖުރާއަތުތަކެއްގެ މައްޗަށް ތަރުތީބުވެގެން ކަން ސާފު ނުވާ ކަމަށްވެސް އެމްޑީޕީ ކައުންސިލަރުން ފާހަގަކޮށްފައި ވެއެވެ.

މި ކަންބޮޑުވުންތަކަށް ރައްދުދީ، މޭޔަރާއި، ޕީޕީއެމްގެ 13 މެމްބަރުންގެ ސޮޔާއެކު ނެރެފައިވާ ބަޔާނުގައި ވަނީ އެ ހުރިހާ ތުހުމަތެއް ދޮގުކޮށްފަ އެވެ. އަދި އެ ނޫސްބަޔާނަކީ ހަގީގަތް އޮޅުވާލުމަށް ނެރުނު ޒިންމާދާރުކަން ކުޑަ އެއްޗެއްގެ ގޮތުގައި ޕީޕީއެމް މެމްބަރުން ސިފަކޮށްފައި ވެއެވެ.

ޕީޕީއެމް ކައުންސިލަރުންގެ ބަޔާނުގައިވާ ގޮތުން މާލެ ސިޓީ ކައުންސިލްގެ ރަސްމީ ބައްދަވުމުގައި ގުރު ނެގުމާ ބެހޭ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލު ހިއްސާކޮށްފައި ވެއެވެ. އަދި ގުރު ނަގަން ހަމަޖެހިފައިވާ ދުވަހާއި ގަޑިވެސް އެކަމަށް އެކުލަވައިލި ކޮމިޓީގައި ތިބޭ ހުރިހާ މެމްބަރުންނަށް އަންގާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

އޭގައި އިތުރަށް ބުނީ ގުރުނެގުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންގޮސްފައިވަނީ ކޮމެޓީގައި ހިމެނޭ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފު ފާތިހު ފިޔަވައި ދެންތިބި ހަ މެންބަރުންގެ ތާއީދާއެކުގައި ކަމަށެވެ. އަދި އެ ގޮތަށް ގުރު ނަގަން ތާއީދު ކުރި ކައުންސިލަރުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރެއްވެސް ހިމެނޭކަމަށް އެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން ގުރު ނެގުން ކުރިއަށް ގެންދިޔައީ ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގައި، ދައުލަތުގެ މީޑިއާ އާއި ރާއްޖެ ޓީވީ ކުރިމަތީގައި ކަމަށްވެސް ޕީޕީއެމްގެ ކައުންސިލަރުން ބުންޏެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ ފޭސްބުކާއި ޓްވިޓާ އިން ވަގުތުން ދައްކަމުން ދިޔައިރު ގުރުއަތުން ދިމާވާ ސްލިޕް ނަންބަރުތައް ދައްކަމުން ދިޔަ ކަމަށް އެ ކައުންސިލަރުން ފާޙަގަކުރި އެވެ.

"ގުރު ނެގުމުގައި ބޭނުންކޮށްފައިވާ ނަންބަރަކީ ޕާކިން ސްލޮޓުތަކަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ދީފައިވާ ފޯމު ނަންބަރު. މިގޮތުން އެކަކު ހުށަހަޅާފައިވާ އެއް ހުށަހެޅުމަކަށް ދެ ނަންބަރު ދީފައި ނުވާނެކަމުގެ ޔަގީންކަން މިފުރުސަތުގައި އަރުވަމެވެ،" ޕާކިން ސްލޮޓް ލިބުނު ކަމަށް އާންމުކުރި ލިސްޓުގައި އެއް ނަން ތަކުރާރުވެފައިވާ ކަމަށާއި ނަމްބަރު ނުޖަހާ ސްލިޕް ދޫކޮށްފައިވާ ކަމަށް ބުނެ އެމްޑީޕީ ކައުންސިލަރުން ކުރި ތުހުމަތަށް ރައްދު ދެމުން ޕީޕީއެމް ކައުންސިލަރުން ބުންޏެވެ.

ވެހިކަލް ޕާކްކުރަން ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ އިތުރު ޖާގަތަކުގެ ތެރޭގައި މއ. ރާދަފަތިހިނގުން (އަމީނީމަގާއި ފަޅުމަތީމަގާ ދެމެދު) އިން 21 ޖާގަ، މއ. ކުރެދިގޯޅިން 10 ޖާގަ، މއ. ހުދުފަޅުހިނގުމުން 8 ޖާގަ، މ. ހިލާލީމަގު އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅިން 20 ޖާގަ، މ. ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި (ސްޓޭޑިއަމް ފަޅީގައި) 10 ޖާގަ، ސަލާހުއްދީން ޕާކިން ޒޯނުން 10 ޖާގަ އަދި ހ. އަލިމަސް ކާނިވާ ސަރަހައްދުން 6 ޖާގަ ހިމެނެ އެވެ.

މީގެ އިތުރުން ހަމައެކަނި ޕްރައިވެޓް ކާރުތައް ޕާކުކުރުމަށް 24 ޖާގައެއް ކުއްޔަށް ދިނުމަށް ވެސް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވެ އެވެ. މި 24 ޖާގަ ދިނުމަށް ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗް ޕާކިން ހިމެނޭ ސަރަޙައްދުން ޗައިނާ އެމްބަސީ ކުރިމަތިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox