ގައުމީ ވޮލީ ޓީމުގެ ކެޕްޓަނަކަށް ކުޑަކާއްޓެ ހަމަޖައްސައިފި

Dec 8, 2021, 8:54 AM
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ހުޒާމް (ކ.2) މިއަދު ކެޕްޓަނަކަށް ހަމަޖެއްސި ކުޑަކާއްޓެ (ވ.2)އާ ޖޯޒީ ހަވާލުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ހުޒާމް (ކ.2) މިއަދު ކެޕްޓަނަކަށް ހަމަޖެއްސި ކުޑަކާއްޓެ (ވ.2)އާ ޖޯޒީ ހަވާލުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކަށް ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ހަަމަޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރެއްގެ މަތިން ހޯދާފައިވާ ކުޑަކާއްޓެ ގައުމީ ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ މިއަދު މެންދުރު ސޯލްޓް ކެފޭގައި ބޭއްވި އިވެންޓެއްގަ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ ވީއޭއެމްގެ ހިންގާ ކޮމިޓީގެ ވިސްނުމަކީ ސީނިއާ ކުޅުންތެރިންގެ ތެރެއިން ރިޓަޔާމެންޓާ ކައިރީގައި ހުރި ކުޅުންތެރިންނަށް ޓީމު ލީޑުކުރުމުގެ ޒިންމާ އެކި މުބާރާތްތަކުގައި ދިނުމަށް ކަމަށެވެ. ކުޑަކާއްޓޭ ކެޕްޓަނަކަށް ހަމަޖެއްސީ މި މަހު 22-29 އަށް ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދާ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕަށެވެ.

ކުޑަކާއްޓެގެ ކެޕްޓަންކަމުގެ ދަށުން ގައުމީ ޓީމު ކުޅޭނެ ފުރަތަމަ މެޗަކީ މާދަމާރޭ ގައުމީ ވޮލީބޯޅަ ޓީމުން ސްރީ ލަންކާއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗެވެ. އެ މެޗު ޝަރަފްވެރި ކޮށްދެއްވާނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ލަންކާއާ ދެކޮޅަށް މާލޭގައި ޖުމްލަ ތިން މެޗެއް ކުޅެން ހަމަޖެހިފައިވެ އެވެ. ދެ ވަނަ މެޗު އޮތީ ހުކުރު ދުވަހުގެރޭގަ އެވެ. އަދި ފަހު މެޗު ކުޅޭނީ އާދިއްތަ ދުވަހުގެރޭގަ އެވެ.

މިއަދު ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުން ވީއޭއެމްގެ ރައީސް ރަނޭ ވަނީ ލަންކާ މެޗުގައި ގައުމީ ޓީމުގެ ކުޅުންތެރިން ޑިސިޕްލިން ހިފަަހައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކުމަށް އެދިވަޑައިގެންފަ އެވެ. އަދި ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން މި ލިބުނު ކުރު މުއްދަތުގައި ވެސް ޓީމު ކުރި މަސައްކަތަށް ބަލާއިރު، ރަން މެޑަލެއް ގެނެވޭ ވަރަށް ކުޅުންތެރިން މަސައްކަތް ކުރަން އެދޭ ކަމަށެވެ.

ކުޑަކާއްޓެ ގައުމީ ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސުމުގެ ކުރިން އެންމެ ފަހުން ގައުމީ ޓީމުގެ ކެޕްޓަންކަން ކުރީ އަލީ ހުޒާމް (ހުޒަންޓެ) އެވެ. ހުޒަންޓެއާ ކެޕްޓަންކަން ހަވާލުކުރީ 2019 ވަނަ އަހަރު އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ގައުމީ ޓީމުން ރިޓަޔާކުރި މުބާރާތުގަ އެވެ. އޭގެ ކުރިން ކެޕްޓަނަކަށް ހުރީ ލޯންގޭ އެވެ.

ލޯންގޭ އަށް ކެޕްޓަން ބޭންޑް ދިނީ 2018 ވަނަ އަަހަރު އެވެ. އެއީ އޭގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން ޓީމުގެ ކެޕްޓަނެއްގެ ޒިންމާ އުފުލި އިޝާން މުހައްމަދު (ބަޓިސް) ރިޓަޔާކުރުމުންނެވެ.

ގައުމީ އަންހެން ޓީމުގެ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ނުލައި މި މަހު ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި ކުޅެން ޖެހޭއިރު، އެ ޓީމު ލީޑުކުރާނެ ކެޕްޓަނެއް ކަނޑައަޅާނީ މުބާރާތަށް ފުރުމުގެ ކުރިން އެ ޓީމަށް ހާއްސަކޮށް ބާއްވާ އިވެންޓެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox