އީޝަލް ތާރީހުގެ ތެރެއަށް، ދެއްކި ހިތްވަރަށް ތައުރީފު ހައްގު

Dec 6, 2021, 4:32 AM
ޕެރަ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން އީޝަލް ބޯޅަ ފޮނުވާލަނީ.

ޕެރަ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން އީޝަލް ބޯޅަ ފޮނުވާލަނީ.

ބަހްރޭންގައި ކުރިއަށްދާ ޕެރަ ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ހައްވާ އީޝަލް ރިޔާޒް، މެޗަކުން މޮޅުވެ، ރާއްޖޭގެ ކުޅިވަރު ތާރީހުން ހާއްސަ ޖާގައެއް ހޯދިއިރު، ހުރިހާ މެޗުތަކެއްގައި ވެސް އޭނާ ދެއްކީ ތައުރީފު ހައްގު ކުޅުމެކެވެ.

ފަސް ކުޅުންތެރިން ވާދަކުރާ ގްރޫޕްްގައި އިއްޔެ އީޝަލް ވަނީ އޭނާ ކުޅެން ޖެހޭ ހަތަރު މެޗު ވެސް ކުޅެފަ އެވެ. އީޝަލް މޮޅުވީ ބަންގްލަދޭޝްގެ ޝޯމީ މޮޒުމްދާރު އަތުން 21-18، 21-13 އިންނެވެ. ދެން އޭނާ އެންމެ މޮޅަކާ ގާތަށް ޖެހިލީ ބޫޓާންގެ ސަޕުނާ ސުއްބާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗު ދިޔައީ 21-19، 22-20 އިންނެވެ.

"ބޫޓާން މެޗު ދިޔައީ ވަރަށް ކްލޯސްކޮށް ހަގީގަތުގައި. އީޝަލް އެ މެޗުގައި ނިންމާލަން ވެސް ލިބިފައި ދިޔައީ،" އީޝަލްގެ ކޯޗު އަހުމަދު އިޔާދު ބުންޏެވެ.

Advertisement

ދެން އެ ގްރޫޕްގައި އީޝަލް ކުޅުނު ދެ މެޗަކީ އިންޑިއާގެ ނިތިޔާ ސުމާތީ އާއި ޗައިނީސް ޓައިޕޭގެ ޔޫ ޔެންއާ ދެކޮޅަށް ކުޅުނު މެޗެވެ. ޔޫ ޔެން އަތުން ބަލިވީ 21-02، 21-02 އިންނެވެ. އަދި ނިތިޔާ އަތުން ބަލިވީ 21-02، 21-03 އިންނެވެ.

އިންޑިއާގެ ނިތިޔާ (ވ) އާއި ރާއްޖޭގެ އީޝަލް މެޗު ފެށުމުގެ ކުރިން.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ރާއްޖޭގެ ތާރީހަށް ބެލިޔަސް އީޝަލް މި ހޯދި ކާމިޔާބީ ހާއްސަވާނެ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. އަދި ސަރުކާރުން ޕެރަލިމްޕިކް އެސޯސިއޭޝަނާ އެކު ކުރެވޭ މަސައްކަތުން ރަނގަޅު ކާމިޔާބީ ލިބޭކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ އީޝަލް ހޯދި ތާރީހީ ކާމިޔާބީގެ ފަހަތުގައި އޮތީ ހިތްވަރުއެލުވާނުލައި ކުރި މަސައްކަތް ކަމަށެވެ. މޮޅެއް ހޯދުމާ އެކު މުބާރާތަށް ކަނޑައެޅި އެއް ޓާގެޓެއް ހާސިލްވީ ކަމަށް މޫސަ ވިދާޅުވި އެވެ.

"އީޝަލް އަހަރެމެން އެންމެނަށް އެ ސާބިތުކޮށްދިނީ ޕެރަ ބެޑްމިންޓަން ކުރިއަރުވަން ރަނގަޅު މިސްރާބަކަށް ދެވޭނެކަން. މުސްތަގުބަލުގައި ޕެރަ ބެޑްމިންޓަންގެ އިތުރު އެތުލީޓުން ގައުމުގެ އެކި ހިސާބުތަކުން ގުޅުމުގެ އުއްމީދުތައް އާވެއްޖެ،" މޫސަ ވިދާޅުވި އެވެ.

އީޝަލް އަކީ ބެޑްމިންޓަނުން ކުރިއަށް ދިއުމަށް ބޮޑެތި އުއްމީދުތަކާ އެކު ގިނަ މަސައްކަތްތަކެއް ކުރާ އެތުލީޓެކެވެ. އީޝަލް ހޯދި ކާމިޔާބީ އަށް ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންގެ އިތުރުން އެހެން ކުޅިވަރުތަކުގެ ކުޅުންތެރިން ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ.

ރާއްޖޭގައި ޕެރަ ބެޑްމިންޓަން ރަނގަޅު މިސްރާބަކަށް ގެންދިއުމުގައި އަތުކުރި އޮޅާލައިގެން މަސައްކަތްކުރާ ފަރާތަކީ ކޯޗު އިޔާދު އެވެ. އޭނާގެ މަސައްކަތުން މި އަހަރު ދުބާއީގައި ކުރިއަށްދިޔަ ޕެރަ ބެޑްމިންޓަން ބައިނަލްއަގުވާމީ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓީމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އެ ފަހަރު، ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މީޑިއާ އަށް ރާއްޖޭގެ ޓީމުގައި ހިމެނޭ އަބްދުލް ލަތީފް މުހައްމަދާއި އަހުމަދު ފަޔާޒްގެ އިތުރުން ޓީމުގެ ކޯޗު އިޔާދު ވަނީ ޕެރަ ބެޑްމިންޓަނަށް ރާއްޖޭގައި އޮތް ފުރުސަތުތަކާ ބެހޭގޮތުން އިންޓަވިއުއެއް ދީފަ އެވެ.

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox