ރާއްޖޭގެ ޕެރަ ބެޑްމިންޓަން ގައުމީ ޓީމަށް ބޮޑު ސަމާލުކަމެއް

Apr 4, 2021, 1:06 PM
ރާއްޖޭގެ ޕެރަ ބެޑްމިންޓަން ގައުމީ ޓީމަށް ބޮޑު ސަމާލުކަމެއް

ދުބާއީގައި ކުރިއަށްދިޔަ ޕެރަ ބެޑްމިންޓަން ބައިނަލްއަގުވާމީ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓީމަށް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ.

ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މީޑިއާ އަށް ރާއްޖޭގެ ޓީމުގައި ހިމެނޭ އަބްދުލް ލަތީފް މުހައްމަދާއި އަހުމަދު ފަޔާޒްގެ އިތުރުން ޓީމުގެ ކޯޗު އަހުމަދު އިޔާދު ވަނީ އެ މީހުންގެ ތަޖުރިބާތައް ހިއްސާކޮށްފަ އެވެ.

ބީޑަބްލިއުއެފް މީޑިއާގެ ސަމާލުކަން ރާއްޖޭގެ ކުޅުންތެރިޔާ އަބްދުލް ލަތީފަށް ހުއްޓުނު އެއް ސަބަބަކީ ފާއިތުވި 20 އަހަރު ޕްލާސްޓިކް ބޯޅައަކުން އޭނާ އަތިރިމަތީގައި ބެޑްމިންޓަން ކުޅުނު ވާހަކަ ކިޔައިދިނުމުންނެވެ. ފ. ނިލަންދޫގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ އަބްދުލް ލަތީފް ބުނީ ރަނގަޅު ވަސީލަތްތަކެއް ނެތި ވެސް ކުޅުން ކުރިއަށްގެންދިޔައީ ކަމަށެވެ.

Advertisement

"ވަރަށް ގިނަ ޒަމާންތަކެއް ވަންދެން އަހަރެމެންނަށް އިންޑޯ ފެސލިޓީއެއް ނެތް. ރަނގަޅު ފެދާ ބޯޅައެއް ނެތް.," އުމުރުން 41 އަހަރުގެ އަބްދުލް ލަތީފް ބުންޏެވެ.

ރާއްޖޭގެ ޕެރަ ބެޑްމިންޓަން ޓީމު (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ) އެކުލަވާލުމުގެ މޭސްތިރިއަކީ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އިޔާދު އެވެ. އޭނާ ބުނީ 2018 ވަނަ އަހަރު ޖަޕާނުގެ ޔުނިވާސިޓީ އަކުން މި ކުޅިވަރު ފުޅާކުރަން މަސައްކަތްކުރުމުގެ ގޮތުން ބޭއްވި ޕްރޮގްރާމެއްގައި ބައިވެރިވި ކަމަށާއި އެނބުރި ރާއްޖެ އައިސް ލޯކަލް ކުޅުންތެރިން ހޯދައިގެން މި ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތް ފެށި ކަމަށެވެ.

ގައުމީ ޓީމުގައި ހިމެނޭ ށ.ފީވަށަށް އުފަން ފަޔާޒް ފުރަތަމަ ބެޑްމިންޓަނަށް ނުކުތީ އޮފީސް މީހުންނާ އެކު އުޅުމުގެ ތެރެއިންނެވެ. ފަޔާޒް ބުނީ މާލޭގައި ރަނގަޅު ވަސީލަތްތަކުގައި ޓްރެއިން ކުރި ނަމަވެސް ރަށުގައި ކުޅެން ޖެހެނީ ވަރަށް އުނދަގޫ ހާލަތުގައި ކަމަށެވެ.

ކޮވިޑް-19ގެ ދަތި އުނދަގޫތަކުގެ ތެރޭގައި ދަތުރު ފަތުރުކޮށްގެން ރަނގަޅު ވަސީލަތްތަކުގައި ފަރިތަކުރެވޭނެ ގޮތެއް ނެތުމުން މި މުބާރާތަށް ތައްޔާރުވުމުގައި ގޮންޖެހުންތައް ފަޔާޒާއި އަބްދުލްލަތީފަށް ކުރިމަތިވި އެވެ.

ދުބާއީ މުބާރާތުން ރާއްޖޭގެ ޕެރަ ބެޑްމިންޓަން ޓީމު ވަނީ ފުރަތަމަ މެޗުން ބަލިވެފަ އެވެ. ރާއްޖޭން ވާދަކުރަން ޖެހުނީ ޕެރަ ބެޑްމިންޓަންގައި ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް އިންޑިއާއާ އެވެ. ޑަބަލްސް ބައިގައި އިންޑިއާގެ ޕްރަމޯދު ބަގަތު އާއި މަނޯޖް ސަރުކާރު ވަނީ 21-15, 21-09 އިން ފަޔާޒާއި އަބްދުލްލަތީފްގެ ޕެއާ ބަލިކޮށްފަ އެވެ. ފިރިހެން ސިންގަލްސް މެޗުން ރޭންކިން އެއް ވަނައިގައި އޮތް ޕްރަމޯދު އަތުން އަބްދުލްލަތީފް ބަލިވީ 21-10, 21-09 އިންނެވެ.

"އަހަރެން ދުނިޔޭގެ ޗެމްޕިއަނާ ދެކޮޅަށް ކުޅުނިން. ބަލިވިޔަސް މައްސަލައެއް ނެތް. އޭނަ އަކީ ދުނިޔޭގެ ޗެމްޕިއަން" އަބްދުލް ލަތީފް ބުންޏެވެ.

ފަޔާޒް ބުނީ ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ކުޅުންތެރިންނަށް މުބާރާތްތަކުގައި ވާދަކޮށްލުމުގެ ފުރުސަތު ތަނަވަސްކޮށްދޭ ކަމަށާއި ރާއްޖޭގައި ވެސް އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށެވެ.

އިޔާދު ބުނީ ރާއްޖޭގައި މީހުން އުޅޭ ގިނަ ރަށްތަކެއް އެބަހުރި ކަމަށާއި ހުނަރުވެރި އެތައް ކުޅުންތެރިންނެއް އުޅޭނެ ކަމަށެވެ. މީގެ އެންމެ މުހިއްމު ކަމަކީ އެ ކުޅުންތެރިން ހޯދައި ޓްރެއިންކޮށް މުބާރާތްތަކުގައި ވާދަކުރެވޭނެ ވަރަށް ތައްޔާރުކުރުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox