ސްރީ ލަންކާއާ ދެކޮޅަށް ގައުމީ ވޮލީ ޓީމުން ރާއްޖޭގައި ތިން މެޗެއް ކުޅޭނެ

2019 ވަނަ އަހަރު މާލޭ ސޯޝަލް ސެންޓަރުގައި ލަންކާ އާއި ރާއްޖޭން ކުޅުނު ވޮލީބޯޅަ މެޗެއްގެ ތެެރެއިން.-- ފޮޓޯ: މިހާރު

2019 ވަނަ އަހަރު މާލޭ ސޯޝަލް ސެންޓަރުގައި ލަންކާ އާއި ރާއްޖޭން ކުޅުނު ވޮލީބޯޅަ މެޗެއްގެ ތެެރެއިން.-- ފޮޓޯ: މިހާރު

ބަންގްލަދޭޝްގައި މި މަހު ކުރިއަށްދާ ސެންޓްރަލް ޒޯން މެންސް ސީނިއާ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ސްރީލަންކާގެ ގައުމީ ވޮލީ ޓީމާ ދެކޮޅަށް ރާއްޖޭގައި ތިން މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއީ ދާދި ފަހުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް، މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕަށް ކުރެއްވި ދަތުރުފުޅުގައި ލަންކާއާ އެކު މަޝްވަރާ ކުރެވުނު މެޗުތަކެކެވެ. މީގެ ކުރިން 2019 ވަނަ އަހަރު ވެސް މިނިސްޓަރު މަހުލޫފްގެ ދައުވަތަކަށް ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ލަންކާ އަށް ދައުވަތުދީގެން މާލޭގައި ތިން މެޗެއް ކުޅުނެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)، މިއަދު "އަދަދު" އަށް ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ގޮތުން މި މަހު އަށް ވަަނަ ދުވަހު ލަންކާ ޓީމު ރާއްޖެ އަންނާނެ އެވެ. އެ އަށް ފަހު މެޗުތައް ކުޅެން ހަމަޖެހިފައިވަނީ މި މަހު 9 އާއި 10 އަދި 12 ވަނަ ދުވަހު ކަމަށް ރަނޭ ވިދާޅުވި އެވެ.

"މީގެ އަސްލު ބޮޑު މެޗަކީ 12 ވަނަ ދުވަހު މި އޮތް މެޗު. އަޅުގަނޑުމެން މި އަންނަނީ މި މެޗުތައް ފޯރިގަދަ ކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ރާވަމުން،" ރަނޭ ވިދާޅުވި އެވެ.

ލަންކާއާ ދެކޮޅަށް ގައުމީ ވޮލީ ޓީމުން ވަނީ 2019 ވަނަ އަހަރު އޮގަސްޓް މަހު މާލޭގައި ތިން މެޗެއް ކުޅެފަ އެވެ. ތިން މެޗުން ވެސް ގައުމީ ޓީމު ބަލިވިއިރު، މެޗަކަށް ފަހު މެޗެއް ރަނގަޅަށް ކުޅުނެވެ.

ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. އެކަމަކު، ދެން ކުޅުނު ދެ މެޗުން ވެސް ލަންކާ އިން ރާއްޖެ ބަލިކުރީ 3-1 ސެޓުންނެވެ. މި ތިން މެޗަށް ވެސް ނިސްބަތުން ގިނަ ސަޕޯޓަރުންތަކެއް ވަނެވެ.

ސެންޓްރަލް ޒޯން މުބާރާތަށް ގައުމީ ވޮލީ ޓީމުން ތައްޔާރުވަމުން އަންނަނީ މުހައްމަދު ސާޖިދު (ކާއްޓޭ)ގެ ކޯޗުކަމުގަ އެވެ. މިއީ ކާއްޓޭ ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗުގެ މަގާމު އަދާކުރާ ތިން ވަނަ ފަހަރެވެ. ލަންކާއާ ދެކޮޅަށް 2019 ވަނަ އަހަރު މާލޭގައި މެޗުތައް ކުޅުނުއިރު ވެސް ގައުމީ ޓީމާ ހަވާލުވެހުރީ ކާއްޓޭ އެވެ.

ގައުމީ ޓީމުން އެންމެ ފަހުން ވާދަކުރި މުބާރާތަކީ 2019 ވަނަ އަހަރު ނޭޕާލްގެ ކަތުމަންޑޫގައި ބޭއްވީ ސައުތު އޭޝިއަން ގޭމްސް އެވެ. އެ މުބާރާތުގައި ގައުމީ ޓީމަށް އިރުޝާދުދިނީ ދުނިޔޭގެ ފެންވަރުގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗް އެވެ. ކޮވިޑް-19ގެ ތެރޭގައި މިލޮރަޑްގެ ކޮންޓްރެކްޓް މިދިޔަ އަހަރު ހަމަވުމުން އޭނާ ވަނީ ޓީމު ދޫކޮށްލައިފަ އެވެ.

ވީއޭއެމްގެ މިހާރު އޮތް ލީޑަޝިޕުން އަންނަނީ ބިދޭސީ ކޯޗަކާ ގައުމީ ފިރިހެން ވޮލީ ޓީމު ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ގައުމީ ޓީމަށް ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތުގައި ވީއޭއެމަށް ދުނިޔޭގެ ވޮލީ ބޯޅައިގެ ޖަމިއްޔާ، އެފްއައިވީބީގެ އެހީ ލިބޭނެ އެވެ. ވީއޭއެމުން ބުނީ ގައުމީ ޓީމަށް ގެންނަން މަސައްކަތް ކުރަނީ މަތީ ފެންވަރުގެ ރަނގަޅު ކޯޗެއް ކަމަށެވެ.

މި މަހު 21-29 އަށް ކުރިއަށްދާ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފިރިހެން ވޮލީ ޓީމުން ޓްރެއިނިން ކޭމްޕެއް ޖެހުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މިހާރު އޮތްގޮތުން އެންމެ ފުރުސަތު ބޮޑީ ގަތަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރުމުގެ އެވެ. ބަހްރޭނުގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދެވޭތޯ ވެސް ވީއޭއެމުން މަސައްކަތްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox