މާއިޝް، ނާފިއު އަދި ޝާމިލް ގައުމީ ސީނިއާ ވޮލީ ޓީމަށް ނަގައިފި

Nov 24, 2021, 11:06 AM
ގައުމީ ޓީމުން ފުރުސަތު ހޯދި ނާފިއު، މާއިޝް އަދި ޝާމިލް،-- ފޮޓޯ: އަދަދު

ގައުމީ ޓީމުން ފުރުސަތު ހޯދި ނާފިއު، މާއިޝް އަދި ޝާމިލް،-- ފޮޓޯ: އަދަދު

ބަންގްލަދޭޝްގައި އަންނަ މަހު ކުރިއަށް ގެންދަން ނިންމާފައިވާ އޭވީސީ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތަށް ނެގި ގައުމީ ސީނިއާ ވޮލީ ޓީމުގެ 15 ކުޅުންތެރިންގެ ސްކޮޑުން ޒުވާން ތިން ކުޅުންތެރިން ކަމަށްވާ މާއިޝް އަހުމަދު، އަހުމަދު ނާފިއު އަދި ޝާމިލް މުހައްމަދު ފުރުސަތު ހޯދައިފި އެވެ.

މި ތިން ކުޅުންތެރިންނަކީ ވެސް ދާދި ފަހުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މުސްތަގުބަލަށް ކުޅުންތެރިން އުފައްދަން އެކުލަވާލި 23 އަހަރުން ދަށުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނެވެ. މާއިޝް އާއި ނާފިއު އަދި ޝާމިލް ވަނީ ދާދި ފަހުން ބޭއްވި ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ވާދަކޮށް ކާމިޔާބު ހޯދައިފަ އެވެ.

އުމުރުން 17 އަހަރުގެ މާއިޝް އަކީ 19 އަހަރުން ދަށުގެ ކެޓަގަރީގެ ބީޗް ވޮލީ ޗެމްޕިއަނެކެވެ. އަދި 23 އަހަރުގެ ޗެމްޕިއަންކަން ހޯދީ ނާފިއު، 19، އާއި ޝާމިލް، 20، ގެ ޕެއާ އިންނެވެ. މާއިޝް އާއި ޝާމިލް އަކީ ސްޕައިކަރުންނެވެ. އަދި ނާފިއު ކުޅެނީ ސެންޓަ އަށެވެ.

ގައުމީ ވޮލީ ޓީމު 15 ކުޅުންތެރިންނަށް ކުޑަކުރީ 23 ވަރަކަށް ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އެންމެ ފުރަތަމަ ނެގުމަށް ފަހު އެވެ. ފުރަތަމަ ނެގި ސްކޮޑުން ބާކީވީ މުހައްމަދު އަހުސަން، ހުސެއިން ޔޫސުފް، ހުސެއިން ރައްޒާން، މުހައްމަދު މިމްރާހު ހަސަން، އަލީ ނިމާލް، މައުޒޫމް ނިޔާޒް އަދި އަހުމަދު މުޒުލިފް އެވެ.

15 ކުޅުންތެރިންގެ ސްކޮޑު

އަލީ ހުޒާމް (ހުޒަންޓެ)، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، އަޝްފާގު އާދަމް (އައްކަޅޭ)، ހުސެއިން ވިސާމް (ބުޅިކެ)، ހަސަން ނިލާމް (ޕާޓޭ)، އާދަމް ފައިރޫޒް، މުހައްމަދު ނައީމް، ޝަމާއިލް ހުސެއިން، ހުސެއިން ޝާހިދު (ޝާޑު)، ޝުއައިބް އަބްދުލް ލަތީފް، ޖަވާމް އަލީ، އަހުމަދު ނާފިއު، މާއިޝް އަހުމަދު، ޝާމިލް މުހައްމަދު އަދި އަހުމަދު ޝިމާއު

ތަޖުރިބާކާރު ކުޅުންތެރިން ވެސް ޓީމުގައި ހިމަނާފައިވާއިރު، އައްކަޅޭ ކުޅުވަން ނިންމާފައިވަނީ ލިބަރޯ އަކަށެވެ. ދެން އެ މަގާމަށް ހުރީ ޖަވާމް (ދަގަނޑޭ) އަދި ނައީމް (ނައިންޓެ) އެވެ.

އަންނަ މަހު ފަހު ކޮޅު ބާއްވާ މުބާރާތަށް ފައިނަލް ކުރާނީ 12 ކުޅުންތެރިންގެ ސްކޮޑެކެވެ. ވީއޭއެމް އިން އަންނަނީ ގައުމީ ޓީމަށް ޓްރެއިނިން ކޭމްޕެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.

ސެންޓްރަލް ޒޯން މުބާރާތުގައި ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ މުހައްމަދު ސާޖިދު (ބޮޑުކާއްޓެ) އެވެ. މިއީ ކާއްޓޭ ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާ އަދާކުރާ ތިން ވަނަ ފަހަރެވެ. ކާއްޓޭ ވަނީ މީގެ ކުރިން ގައުމީ ޓީމުގެ ކޯޗުކަމުން ތައިލެންޑްގެ ސުންޓޮން ފޮސީޓާ ވަކިކުރި ފަހުން އެ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ދުވަސްކޮޅަކު މަސައްކަތް ކޮށްފަ އެވެ. އޭގެ އިތުރުން ވީއޭއެމްގެ ރައީސަކަށް މުހައްމަދު ލަތީފް (ލަތީބެ) ހުންނެވިއިރު، 2017 އިން ފެށިގެން 2019 ވަނަ އަހަރުގެ ކުރީކޮޅާ ހަމަ އަށް ވެސް ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ކާއްޓެ ވަނީ މަސައްކަތްކޮށްފަ އެވެ.

ސެންޓްރަލް ޒޯން މުބާރާތަށް ފަހު ގައުމީ ފިރިހެން އަދި އަންހެން ޓީމަށް ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީގެ އެހީއާ އެކު ފެންވަރު ރަނގަޅު ކޯޗުން ހަމަޖައްސާނެ ކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ..

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox