73 މިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް 37 ބިލިއަންގެ ބަޖެޓު ފާސްކޮށްފި

73 މިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް 37 ބިލިއަންގެ ބަޖެޓު ފާސްކޮށްފި

ބައެއް ރަށްރަށުގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށާއި ބައެއް މުއައްސަސާތަކުން ބަޖެޓަށް ޖުމުލަ 73.8 މިލިއަން ރުފިޔާ އިތުރުކޮށް، އަންނަ އަހަރަށް 36.99 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ނަމަވެސް، ބަޖެޓު ދިރާސާކުރި ކޮމިޓީން ވަނީ 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމުލަ 57.4 މިލިއަން ރުފިޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި އަދި ހަތް މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާ އިތުރުކުރަން ނިންމައިފަ އެވެ.

Advertisement

ކޮމިޓީން ނިންމި ގޮތަށް މިއަދުގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ކޮމިޓީން ނިންމި ގޮތަށް ބަޖެޓު ފާސްކުރަން ނުފެންނަކަމަށް އަށް މެމްބަރުން ވޯޓު ދެއްވި އެވެ.

އެމްޑީޕީއަށް "އުއްމީދީ" ބަޖެޓެއް

އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ބަޖެޓު ބަހުސްގެ ފުރަތަމަ މަރުހަލާގައި 73 މެމްބަރުންގެ އިތުރުން ކޮމިޓީ ރިޕޯޓަށް ޖުމްލަ 43 މެމްބަރުން 20 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކޮށްފައިވާއިރު، ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ބަޖެޓަށް ތާއީދުކުރައްވައި، ސަރުކާރުން ހުށަހަޅާފައިވަނީ "އުއްމީދީ" ބަޖަޓެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަކުރައްވައިފަ އެވެ.

ބަޖެޓުގައި ދަރަނި އިންތިހާއަށް އިތުރުވެފައިވާ ކަމުގެ ކަންބޮޑުވުންތަކަށް ވެސް އެމްޑީޕީ މެމްބަރުން ވަނީ ސަރުކާރު ދިފާއު ކުރައްވައިފަ އެވެ.

މިގޮތުން، ކޮވިޑުގެ ހާލަތުން ފުރިހަމައަށް އަރައިގަނެ، ހުރިހާ އަތޮޅެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަންޖެހޭއިރު، ހަރަދު ކުރަން ދަރަނި ނަގަންޖެހޭ ކަމަށް އެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ދަރަނީގެ ކަންބޮޑުވުން

އޭގެ ބަދަލުގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ވަނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑު ބަޖެޓެއް ހުށަހަޅައިގެން، އަންނަން އޮތް ޖީލުތަކުގެ ބޮލުގައި ދަރަނި އަޅުވަން މަސައްކަތް ކުރާ ކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ހާއްސަކޮށް ދަރަނި ނަގައިގެން، އާމްދަނީ ހޯދޭނެ ކަންކަމަށް ހަރަދު ކުރުމުގެ ބަދަލުގައި އަންނަ އަހަރުގެ ތެރޭގައި ސިޔާސީ މަގާމުތައް އިތުރުކޮށް، ރިކަރަންޓް ހަރަދު އިތުރުކޮށްފައިވާ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވައިފަ އެވެ.

އަދި ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކުން ދަރަނި ނަގާތީ ވެސް އިދިކޮޅުގެ ގިނަ ފާޑުކިޔުންތަކެއް ވަނީ ސަރުކާރަށް އަމާޒުކުރައްވައިފަ އެވެ.

މީގެ އިތުރުން، އަންނަ އަހަރު ލިބޭނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވާ އާމްދަނީ ލިބޭނެކަމާމެދު ސުވާލު އުފައްދަވައި، ބަޖެޓު ކުޑަކުރަން ވެސް އިދިކޮޅު މެމްބަރުން ވަނީ ތަކުރާރުކޮށް ސަރުކާރަށް ގޮވާލައިފަ އެވެ.

ބަޖެޓު 2022 ގެ ހުލާސާ

ބަޖެޓްގެ 24.8 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާއިރު، ކެޕިޓަލް ހަރަދަށް ލަފާކޮށްފައިވަނީ 12.1 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

ނަމަވެސް، އޭގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމުގެ ބައި ނުހިމެނޭތީ، ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް އިތުރު 805 މިލިއަން ރުފިޔާ ބޭނުންވާކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެއާއެކު އަންނަ އަހަރުގެ ބަޖެޓު ފިނޭންސް ކުރުމަށްޓަކައި ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހެ އެވެ.

އެކަމަށް ބޭނުންވާ އަދަދުގެ 7.5 ބިލިއަން ރުފިޔާ ބޭރުގެ އެކި ފަރާތްތަކުން ހޯދަން ހިމަނާފައި ވާއިރު، ބާކީ ހަމަޖައްސަނީ އެތެރޭގެ ފަރާތްތަކަށް ބޮންޑާއި ޓީ ބިލު ފަދަ ސެކިއުރިޓީޒް ވިއްކައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox