ސީލައިފަށް ފައިސާ ދެއްކި މީހުނަށް ސަރުކާރުން ބަދަލު ނުދީގެން މުޒާހަރާކުރަނީ

ސީލައިފް މައްސަލަ: ގެއްލުމުގެ ބަދަލު ނުދީގެން ހުޅުމާލޭގައި މުޒާހަރާކުރަނީ --

ސީލައިފް މައްސަލަ: ގެއްލުމުގެ ބަދަލު ނުދީގެން ހުޅުމާލޭގައި މުޒާހަރާކުރަނީ --

ސީލައިފް ގްލޯބަލް އިން ފްލެޓް އެޅުމަށް ފައިސާ ދެއްކި ފަރާތްތަކަށް ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް ސެޓްލްމަންޓް އެގްރީމެންޓެއް ހެދިތާ ދެ އަހަރު ފާއިތުވެ ގޮސްފައިވާއިރު ވެސް، އެ ފަރާތްތަކަށް އެއްބަސްވެވުނު ބަދަލު ދީފައި ނުވާތީ މިއަދު އެކަމާ އިހްތިޖާޖްކޮށްފި އެވެ.

ހުޅުމާލޭގައި ސީލައިފް ގްލޯބަލްއިން އިމާރާތް ކުރާނެ ކަމަށް އިއުލާންކޮށް މައުލޫމާތު އާންމުކުރި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައި ނުވާތީ އާއި އެ ފައިސާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދަން 203 ފަރާތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

އެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރު ސިވިލް ކޯޓުން ނެރިފައިވާ ހުކުމުގައި ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިކޮނޮމިކް މިނިސްޓްރީ އާއި ސީލައިފާ ދެކޮޅަށް ދައުވާކޮށްފައިިވާ މީހުންނާއެކު ސެޓުލްމެންޓް އެގްރީމެންޓެއް ހަދާފައިވާތީ، އެ މައްސަލަ ހައްލުކޮށް ނިމިފައިވާ ކަމަށެވެ. އަދި އެއީ ކޯޓުން ބޭރުގައި ހައްލު ކުރެވިފައިވާ މައްސަލައެއް ކަމަށާއި އެއެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރުމަށް ހުކުމްކޮށްފައިވެ އެވެ.

ސީލައިފުން ފްލެޓު ގަތް މީހުން މިއަދު މުޒާހަރާކޮށްފައި ވަނީ މޯލްޑިވްސް ލިވިން އެކްސްޕޯ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ސަރަހައްދުގަ އެވެ.

ސީލައިފުން ކެހިދިން ފަރާތްތައް ތަމްސީލު ކުރި ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ މި ނޫހަށް ކިޔާދިން ގޮތުގައި ސީލައިފް ފްލެޓަށް ފައިސާ ދެއްކި ފަރާތްތަކަށް ހައުސިން ސްކީމުގެ ދަށުން ފުލެޓް ދިނުމަށް އެއްބަސްވެފައިވެ އެވެ. ދެ އަހަރު ތެރޭގައި އެފަރާތްތަކަށް ސީލައިފުން ދޫކުރި އަގުގައި ފްލެޓްދޭން ސަރުކާރުން އެއްބަސްވެފައިވާއިރު، ނިމި ދިޔަ ޖުލައި މަހަށް އެ މުއްދަތު ހަމަވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް މިހާތަނަށް އައިރު އެއިން އެއްވެސް މަސައްކަތެއް ނުކުރެވި އޮތްކަމަށްވެ އެވެ. މިއަދު އެފަރާތްތަކުން މުޒާހަރާއަށް ނިކުތް ކަމަށް ބެލެވޭ ސަބަބަބީ އެއީ ކަމަށް ޝުނާނާ ވިދާޅުވި އެވެ. މުޒާހަރައިގެ ބައިވެރިން ގޮވާލަމުން ދަނީ އެއްބަސްވުން ތަންފީޒު ކުރުމަށެވެ.

"ދެ އަހަރު ވިއިރުވެސް އެއްވެސް މަސައްކަތެއް ނުކުރެވި އޮތީ އެގްރިމެންޓްގައި އޮތް ކަންކަމުގެ ތެރެއިން. ދެން އެއްބަސްވެވުނު ގޮތަށް އަމަލު ކުރަން ސިވިލް ކޯޓުން އަމުރުކޮށްފައިވާއިރު، އަޅުގަނޑު މިހާރު މި ތައްޔާރުވަމުން ދަނީ އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި މައްސަލަ ހުށަހަޅަން. މި މައްސަލަ ލާން އުޅޭކަން އިނގިގެން ވިނަރެސް ފްލެޓްތަކުން އެމީހުންނަށް ދޭން ނިންމި. އެކަމަކު އެއީ ސީލައިފުން ދިން އަގަށް ވުރެ މާ ބޮޑު އަގެއްގައި. ސަރުކާރުން އެއްބަސްވުމާއި އެއްގޮތަށް އަމަލު ނުކޮށްގެން މުޒާހަރާ ކުރިއަށް ދަނީ،" ޝުނާނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުރިން ސީލައިފުން އެމީހުންނަށް ފްލެޓް ވިއްކަން އެއްބަސްވެވިފައި އޮތީ 2.2 މިލިއަނަށް ކަމަށެވެ. އަދި 2019 ވަނަ އަހަރާއި ހަމައަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޮންމެ މީހެއްގެ ބޮލަށް ހައެއް ނުވަތަ ހަތް ލައްކަ ރުފިޔާ ޖެހޭ ކަމަށްވެ އެވެ. އެހެންނަމަވެސް އެބައި އުނި ކުރުމަށްފަހު، ސަރުކާރާއި އެކު އެއްބަސްވެވުނީ ސީލައިފާއެކު އެއްބަސްވެވުނު އަގުގައި އެ ފަރާތްތަކަށް ފްލެޓް ދިނުމަށެވެ. އެހެންނަމަވެސް ވިނަރެސް ފްލެޓް އެ ފަރާތްތަކަށް ދޭން މިހާރު ނިންމާފައި އޮތީ 2.9 މިލިއަން ރުފިޔާއަށްކަން ޝުނާނާ ފާހަގަކުރެއްވި އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2015 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކުރި އެވެ. އެގޮތުން ސީލައިފް ކުންފުނިން 300 އެޕާޓްމަންޓް ގަންނަން 280 މީހެއްގެ އަތުން ވަނީ ބުކިން ފީގެ ގޮތުގައި ކޮންމެ މީހެއްގެ އަތުން ފަންސާސް ހާސް ރުފިޔާ ނެގި އެވެ. ބައެއް ފަރާތްތަކުން އެއަށް ވުރެ ގިނައިން ވެސް ފައިސާ ދެއްކި އެވެ. މުޅި ޖުމްލަ ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ މީހުންގެ އަތުން ހޯދި އެވެ.

ތަހުގީގަށް އަންމަޓީ ރާއްޖެ ގެނައީ ލަންކާގައި ފިލައިގެން އުޅެނިކޮށް، އިންޓަޕޯލް މެދުވެރިކޮަށް ރެޑް ނޯޓިސް ނެރިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox