ސީލައިފުން ލަނޑުލިބުނު ބައެއް މީހުންނަށް ހިޔާ އާއި ވިނަރެހުން ފްލެޓު ދީފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓުތައް. އެޗްޑީސީން ސީލައިފް މައްސަލައިގައި ގެއްލުނު ލިބުނު މީހުންނާ އެކު 2019 ގައި އެކުލަވާލި ސެޓްލްމަންޓު އެއްބަސްވުމުގައި ހައުސިން މަޝްރޫއުއަކުން އެ މީހުންނަށް ފްލެޓު ދިނުމަށް އެއްބަސްވެފައިވޭ --- ފޮޓޯ: އަދަދު ފައިލް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓުތައް. އެޗްޑީސީން ސީލައިފް މައްސަލައިގައި ގެއްލުނު ލިބުނު މީހުންނާ އެކު 2019 ގައި އެކުލަވާލި ސެޓްލްމަންޓު އެއްބަސްވުމުގައި ހައުސިން މަޝްރޫއުއަކުން އެ މީހުންނަށް ފްލެޓު ދިނުމަށް އެއްބަސްވެފައިވޭ --- ފޮޓޯ: އަދަދު ފައިލް

ހުޅުމާލޭގައި ސީލައިފް ގްލޯބަލްއިން އިމާރާތްކުރަން ހަވާލުވި ފްލެޓުތަކަށް ފައިސާ ނެގުމަށް ފަހު މަޝްރޫއު ކުރިއަށްނުގެންދިޔުމުގެ ސަބަބުން ގެއްލުނު ލިބުނު މީހުންގެ ތެރެއިން ގިނަ ބަޔަކަށް ބަދަލުގެ ގޮތުގައި ހައުސިންޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އަޅާފައިވާ ހިޔާ ފްލެޓުތަކާއި ވިނަރެސް ފްލެޓުތަކުގެ ޔުނިޓުތައް ދީފި އެވެ.

ހައުސިން ޔުނިޓްތަކަށް ފައިސާ ދެއްކި މީހުންނަށް 2019 ގައި ބަދަލު ނަގައިދިނުމަށް އެދި ސީލައިފާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލައާ ގުޅިގެން ސަރުކާރާއި އެޗްޑީސީ އާއެކު ކުރިޔަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިން ޖުލައި 15، 2019, ގައި ސެޓްލްމަންޓު އެއްބަސްވުންތަކެެއް އެކުލަވާލި އެވެ.

"އެޗްޑީސީގެ ރެކޯޑުތައް ކުށް ކަމަށް ނުވަނީ ނަމަ ގާތްގަނޑަކަށް 375 ވަރަކަށް މީހުންނަށް ބަދަލުގެ ގޮތުގައި އެޗްޑީސީން ފައިސާތަކެއް ދޫކުރެވިފައި އެބަހުރި, އެއީ ފްލެޓްތައް ހައްގުވާ ފަރާތްތަކަށް ރީފަންޑު [އަނބުރާ ދެއްކި ފައިސާ ދިނުމުގެ] ގޮތުން," ފަޒުލް ވިދާޅުވި އެވެ.

ސެޓްލްމަންޓު އެއްބަސްވުމުގެ ދަށުން ބަދަލުގެ ގޮތުގައި ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުއަކުން އެ ފަރާތްތަކަށް ފްލެޓް ކަނޑައެޅުމަށް އޮތީ އެއްބަސްވެފަ އެވެ. ނަމަވެސް, އެ އެއްބަސްވުމުގެ ދަށުން ބަދަލުގެ ގޮތުގައި ފްލެޓު ދިންކަން މީގެކުރިން ހާމަކޮށްފައި ނުވެ އެވެ.

އެ އަދަދަށްވާ ފައިސާ ހަވާލުކުރި ނަމަވެސް, ހިޔާ ފްލެޓާއި ވިނަރެސްގައި ޖާގަތައް ހުރި އިރު ވެސް ސީލައިފް ފްލެޓް ގަތް ފަރާތްތަކަށް ގޮތްތަކެއް ހޯދައިދީފައި ނުވާ ކަމަށް ފަޒުލް ވިދާޅުވި އެވެ. އެ މައްސަލަ ހައްލުކުރަން އެޗްޑީސީގެ ބޯޑުން މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި އެކަމާ ގުޅިގެން ކޯޓަކުން ނިންމާފައި އޮތް 203 މީހަކާ ގުޅޭ ތަންފީޒީ އަމުރެއް ވެސް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޯޑުން ނިންމާފައި ވަނީ އެ 203 މީހުންނަށް ހައްލު ހޯދައި ދިނުމަށް. ހިޔާ ފްލެޓުގައި ބާކީވީ ޔުނިޓުތަކެއް, 60 އެއްހާ ޔުނިޓުތަކެއް ހުރި. މިދިޔަ ދުވަސްތަކުގެ ތެރޭގައި މީގެއިން އެންމެ ފްލެޓެއް ވެސް މި ފަރާތްތަކަށް ނުދީ ހިފެހެއްޓުމަކީ ބޭނުމަކީ ކޮބައިތޯ ސުވާލުކޮށްލަން ބޭނުން. ރައީސްގެ އިރުޝާދާ އެކު ހިޔާ ފްލެޓުން އެ ފަރާތްތަކަށް ފްލެޓް ދީފީމު," ފަޒުލް ވިދާޅުވި އެވެ.

އޭގެ އިތުރުން, ވިނަރެސް ފްލެޓްތަކުގައި ހުރި 123 ޔުނިޓެއް ވެސް އެ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ލިޔުންތައް ފޮނުވަމުންދާ ކަމަށް ވިދާޅުވި ނަމަވެސް އެ 203 މީހުންގެ ތެރެއިން ފްލެޓް ލިބޭ ޖުމުލަ އަދަދެއް އޭނާ ހާމަނުކުރައްވަ އެވެ.

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީއިން 2014 ވަނަ ހަވާލުކުރި މަޝްރޫއުގެ ދަށުން ފްލެޓު ގަތުމަށް ގިނަ ބަޔަކު 50،000ރ. ދައްކާފައިވެ އެވެ. އެކަމަކު، އެ މަޝްރޫއު ކުރިޔަށް ނުގެންދެވި މަޑުޖެހުމާއެކު އެއްބަސްވުން ވަނީ ބާތިލުކޮށްފަ އެވެ.

ގިނަ ބަޔަކަށް އޮޅުވާލައި ހިޔާނާތްތެރިވި މައްސަލައިގައި ސީލައިފްގެ އެމްޑީޕީ އަހުމަދު މޫސާ މުހައްމަދު ހޯދަން މީގެ ކުރިން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. އޭނާ ލަންކާގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްގެން ގެނެސް މިހާރު ވަނީ 42 ދައުވާއެއް އޭނާގެ މައްޗަށް އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox