ހެލްތު ކައުންސިލްގެ ޑޮކިއުމެންޓްތަކެއް އިންޑިއާގެ އެޖެންސީއަކުން ފޯޖުކުރި މައްސަލައެއް ފެންމަތިވެއްޖެ

ހެލްތު މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިން. މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ ޑޮކިއުމެންޓްތަކެއް ފޯޖުކުރި މައްސަލައެއް މިވަނީ ފެންމަތިވެފަ.

ހެލްތު މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިން. މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ ޑޮކިއުމެންޓްތަކެއް ފޯޖުކުރި މައްސަލައެއް މިވަނީ ފެންމަތިވެފަ.

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ ނަމުގައި އިންޑިއާގެ އެޖެންސީއަކުން އަސްލާ އެއްގޮތަށް ޑޮކިއުމެންޓް ނަކަލުކޮށް ތައްޔާރުކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފޯޖްކޮށްފައި ވަނީ ބޭރުގެ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންނަށް ރާއްޖެއިން ވަޒީފާ ލިބިފައިވާ ތަނަށް ހުށަހަޅަންޖެހޭ "ރެޖިސްޓްރޭޝަން ޑޮކިއުމެންޓް" އެވެ. އެއީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ދޫކުރާ ލިޔުމެކެވެ.

މިގޮތަށް ފޯޖް ޑިކިއުމަންޓް ދޫކޮށްފައި ވަނީ ކިތައް ހިއްސީ ހިދުމަތްތެރިންނަށް ކަން ނޭނގެ އެވެ.

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އަސްލާއި އެއްގޮތަށް ނަކަލުކޮށްފައިވާ ޑޮކިއުމެންޓްތައް ނުވަތަ ފޯޖުކޮށްފައިވާ ޑޮކިއުމެންޓް އެ ކައުންސިލްގެ ނަމުގައި އުފައްދާފައިވާކަން ސަމާލުކަމަށް އައުމާއެކު، ބެލި ބެލުމުން އެކަން ކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ރެކްރޫޓްމެންޓް އެޖެންސީއަކުންކަން އެނގިފައިވާ ކަމަށެވެ. އެޖެންސީގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.

އެފަދަ ރެޖިސްޓްރޭޝަން ސެޓްފިކެޓެއް އެ ކައުންސިލުން ބޭރުގެ އެއްވެސް އެޖެންސީއަކަށް ދީފައިނުވާނޭކަން ބަޔާނުގައި ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ސިއްހި ދާއިރާގެ ބޭރު ފަރާތްތަކަށާއި ސިއްހީ ދާއިރާގެ އިދާރާތަކަށް އެފަދަ ކަންކަމަށް ސަމާލުވުމަށް އެ ކައުންސިލްގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

ބިދޭސީ މުވައްޒަފުން ވަޒީފާއަށް ނެގުމުގެ ކުރިން ހުށަހަޅާ ޑޮކިއުމެންޓަކީ އަސްލު ޑޮކިއުމެންޓްކަމާއި ރެޖިސްޓްރޭޝަން ކަށަވަރުކުރުމަށް ވެސް ކައުންސިލުން އިލްތިމާސްކުރެ އެވެ.

މޯލްޑިވްސް އެލައިޑް ކައުންސިލުން އެ މައްސަލައިގައި ހިމެނޭ އެޖެންސީގެ ނަމެއް ބަޔާނުގައި ފާހަގަކޮށްފައެއް ނުވެ އެވެ. އަދި އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައިވާކަމެއް ވެސް ފާހަގައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox