މާފުކުރޭ، ރަނގަޅު ގައުމީ ޓީމެއް އެކުލަވާލާނަން: މޮރިއޭރޯ

Nov 16, 2021, 1:51 PM
މާފުކުރޭ، ރަނގަޅު ގައުމީ ޓީމެއް އެކުލަވާލާނަން: މޮރިއޭރޯ

މެޗަކުން މޮޅުނުވެ, ރާއްޖޭން ފޯ ނޭޝަންސް ކަޕް ނިންމާލަން ޖެހުމުން އެކަމާ ދިވެހި ފުޓްބޯޅަ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭ ކަމަށާއި ގައުމީ ޓީމު އަލުން އާ ކުޅުންތެރިންނާ އެކު އެކުލަވާލާނެ ކަމަށް ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

ރާއްޖެ މުބާރާތުން ކެޓީ މޮޅުވާން މަޖުބޫރު މެޗެއްގައި މިއަދު ހަވީރު ސީޝެލްސްއާ ލަނޑެއް ނުޖެހި 0-0 އިން އެެއްވަރުވުމުންނެވެ. ފުރަތަމަ މެޗުން ވަނީ ލަންކާއާ ދެކޮޅަށް ހަތަރު ގޯލުގެ ލީޑެއްނަގައި ފަހު ވަގުތު 4-4 އިން އެއްވަރުވެފަ އެވެ. ބަންގްލަދޭޝް އިން ވަނީ ފަހު ވަގުތު ލަނޑު ޖަހައި 2-1 އިން ރާއްޖެ ބަލިކޮށްފަ އެވެ. މިއީ 18 އަހަރު ތެރޭ ރާއްޖެ އަތުން ބަންގްލަދޭޝް ހޯދި ފުރަތަމަ މޮޅެވެ.

މިރޭ ލަންކާ އިން ބަންގްލަދޭޝް އަތުން މޮޅުވެއްޖެނަމަ ރާއްޖެ މުބާރާތް ނިންމާލާނީ ތާވަލުގެ ފުލުގައި އޮވެ އެވެ.

ފީފާ ރޭންކިން އަށް ބަލާއިރު ރާއްޖެ އޮތީ ފޯ ނޭޝަންސްގައި ވާދަކުރާ ހަަތަރު ޓީމުގެ ތެރެއިން އެންމެ ކުރީގަ އެވެ. އެކަމަކު، މުބާރާތް ނިންމާލަން ޖެހުނީ މޮޅެއް ނުލިބި އެވެ. މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އައި ރާއްޖެ މޮޅެއް ނުލިބި އެނބުރި ގައުމަށް ދާން ޖެހުމުން ދެކެނީ ކިހިނެއްތޯ އެހުމުން މޮރިއޭރޯ ބުނީ އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށެެވެ.

"އަހަރެން މައާފަށް އެދެން ދިވެހި އެންމެންގެ ކިބައިން. މި ދަށް ނަތީޖާތައް ހިފައިގެން މިދަނީ. ކުޅުންތެރިން ބޯޅަ އެބަކުޅޭ. އަހަރެެމެން ދަސްކުރަން މިދަނީ. އަހަރެމެންނަށް މި ހިސާބުން މި މުބާރާތް ނިމުނީ. ދެން ރޮނގެން ދަމާލާފައި މި މަސައްކަތް ނިންމާލައި އަހަރެމެން އަލުން މަސައްކަތް ފަށަންވީ. ވީ އެންމެ ރަނގަޅަށް ކޮންފިޑެންސާ އެކު ކުރިއަށްދާން ފަށަންވީ،" މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ބުންޏެވެ.

"އަހަރެން ރާއްޖެ ގޮސް މި ޓީމުގައި ތިބި ބައެއް ކުޅުންތެރިންނާ އެކު އަހަރެމެން ޓީމު އާ ކުރާނަން. ފްރެޝް ކުޅުންތެރިންނާ އެކު ޓީމު އާ ކުރާނަން. އަހަރެން ދާނަން ލީގުގެ ހުރިހާ ކްލަބެއްގެ މެޗުތަކެއް ބަލަން. އޭރުން އަހަރެންގެ އަމިއްލަ ގްރޫޕެއް (ޓީމެއް) އެކުލަވާލެވޭނީ ނެޝަނަލް ޓީމުގައި،"

މޮރިއޭރޯ ވަނީ ކުޅުންތެރިން އޭނާގެ ކިބައިން ކަންތައްތަކެއް ދަސްކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. ކުޅުންތެރިން ދަސްކުރަނީއޭ ބުނާ ވާހަކަ ތަފްސީލް ކޮށްދެމުން މޮރިއޭރޯ ބުނީ މި ކުޅުންތެރިން ދަސްކުރާ ކަންތައްތަކުގެ ތެރޭގައި ޓްރެއިނިންގައި ވެސް ދަސްކުރާ ކަންތައްތަކެއް ހިމެނޭ ކަމަށެވެ.

"އަހަންނަށް ދަސްވީ ތަފާތު ވައްތަރެއްގެ ފުޓްބޯޅައެއް. މިއީ އެންމެ ގޯސް ފުޓްބޯޅައެއް ނޫން. ފިޒިކަލް ފުޓްބޯޅައެއް. ޓަފް ފުޓްބޯޅައެއް. މިއީ އަހަންނަށް ބޭނުންހިފޭނެ ކަމެއް. ކުޅުންތެރިން ދަނޑުމަތީގައި ވިސްނާ ގޮތް ވެސް މި މުބާރާތުން ދަސްވެއްޖެ. މުސްތަގުބަލަށް އަަހަންނަށް އިތުރު ބަދަލު ގެނެވޭނެ ގޮތްތައް މި މުބާރާތުން ފެނިއްޖެ،" އިޓަލީ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގެ ޓީމުތަކަށް ކުރިން ކޯޗުކޮށްދިން މޮރިއޭރޯ ބުންޏެވެ.

މި މުބާރާތަށް ތައްޔާރުވާން ގައުމީ ޓީމާ އެކު މޮރިއޭރޯ އަށް ލިބުނީ ދެ ހަފްތާ އަށް ވުރެ ކުރު މުއްދަތެކެވެ. އޭނާ ބުނީ އެ ވަރުގެ ތައްޔާރީތަކާ ބަލައި ޖުމްލަކޮށް ކުޅުންތެރިން ކުރި މަސައްކަތް ބަލައިގަންނަ ކަމަށެވެ.

މޮރިިއޭރޯ ބުނީ މަސައްކަތް ކުރަނީ އޭނާގެ ސިކުނޑީގައި ހުރި ޔޫރަޕް ފުޓްބޯޅައިގެ ހުރިހާ މައުލޫމާތެއް ރާއްޖޭގައި ބޭނުން ކުރެވޭތޯ ކަމަށެވެ. މޮރިއޭރޯ ބުނީ އޭނާ ބޭނުންވަނީ ރާއްޖޭގެ ފުޓްބޯޅަ މޮޑިފައިކޮށް ރަނގަޅުކުރަން ކަމަށެވެ.

"މިއީ ކުރު މުއްދަތެއްގެ ތެރޭގައި ކުރަން ފަސޭހަކަމެއް ނޫން. އަހަރެމެން ކޮޅަށް މުބާރާތުގައި ގޯލު ވަދެފައި ހުރީ ޓީމު މިސްޓޭކުންނެއް ނޫން. އިންޑިވިޖުއަލް މިސްޓޭކުން. މާނަ އަކީ އަހަރެމެން ޓީމެއްގެ ގޮތުގައި ކުޅެއޭ،" މޮރިއޭރޯ ބުންޏެވެ.

ރާއްޖޭން މިއަދު ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި އަސްހަދު އަލީ (އަޑުބަރޭ) ކުޅެން އެރިތާ ދެ މިނިޓް ވެސް ނުވަނިސް އޭނާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

އަޑުބަރޭ އެ ވަގުތު ކުޅެން އެރުވުމުގެ ފަހަތުގައި އޮތީ ކޮން ވިސްނުމެއްތޯ ކޯޗު ގާތުގައި އެހުމުން އޭނާ ބުނީ އެ ވަގުތު ވަރުގަދަ އަށް ކުޅޭ މިޑްފީލްޑަރެއް ބޭނުންވީ ކަމަށެވެ. އަދި އަސަދުﷲ އަބްދުﷲ ވަރުބަލި ވުމުން އޭނާ ބަދަލުކުރަން ވެސް ޖެހުނީ ކަމަށް މޮރިއޭރޯ ބުންޏެވެ.

"އަހަރެމެން އެރުވީ ނަމްބަރު 12 (އަޑުބަރޭ) އެއީ އޭނަ އަކީ އަހަރެމެންނަށް ބޭނުންކުރެވޭނެ ފިޒިކަލީ ވެސް ރަނގަޅު ކުޅުންތެރިއަކަށް ވީމަ. އޭނަ ވަރަށް ޓަފްކޮށް ކުޅެނީ ވެސް. އޭނަ ޓީމަށް އެހީވާނެ ކަމަށް ބަލައި އެރުވީ ދެން އެންމެނަށް ވެސް ފެންނާނެ ވީ ކަމެއް. މިއީ މި ވަގުތު އަހަންނަށް ވާހަކަ ދެއްކޭނެ ކަމެއް ނޫން. އަހަރެން އޭނަ (އަޑުބަރޭ)އާ ވާހަކަ ދައްކާލީމަ އެނގޭނީ ވީ ގޮތެއް،" މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ބުނީ ރާއްޖޭގެ ފުޓްބޯޅައިގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox