ސީޝެލްސްއާ އެއްވަރުވެ ރާއްޖެ ކަޓައިފި

ސީޝެލްސްއާ އެއްވަރުވެ ރާއްޖެ ކަޓައިފި

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުން ސީޝެލްސްއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ރާއްޖެ މުބާރާތުން ކަޓައިފި އެވެ.

މިއަދުގެ މެޗުން މޮޅުވިނަމަ ރާއްޖެ އަށް މުބާރާތުގެ ފައިނަލުގެ ޖާގަ ލިބޭނެ އެވެ. އެކަމަކު، އެއްވަރުވުމުން ސީޝެލްސް އިން ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ. ރާއްޖެ ކެޓީ މޮޅެއް ނުލިބި އެވެ.

ސީޝެލްސް އެއް ވަނައިގައި އޮތީ ކުޅުނު ތިން މެޗުން ފަސް ޕޮއިިންޓާ އެކު އެވެ. ސީޝެލްސްއާ ދެކޮޅަށް 19 ވަނަ ދުވަހު ފައިނަލުގައި ކުޅޭނެ ޓީމެއް ކަނޑައެޅޭނީ މިރޭ ލަންކާ އާއި ބަންގްލަދޭޝް ކުޅޭ މެޗުންނެވެ. އެ މެޗުން ލަންކާ މޮޅުވެއްޖެނަމަ އެ ޓީމު ފައިނަލަށް ދާނެ އެވެ. އެއްވަރުވެއްޖެނަމަ ފައިނަލުގައި ކުޅޭނީ ބަންގްލަދޭޝް އެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ މި މުބާރާތުގެ ކުރިން ހަވާލުވި އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖެ މި މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ފުރަތަމަ މެޗުން ވަނީ ލަންކާއާ ދެކޮޅަށް ހަތަރު ގޯލުގެ ލީޑެއްނަގައި ފަހު ވަގުތު 4-4 އިން އެއްވަރުވެފަ އެވެ. ބަންގްލަދޭޝް އިން ވަނީ ފަހު ވަގުތު ލަނޑު ޖަހައި 2-1 އިން ރާއްޖެ ބަލިކޮށްފަ އެވެ. މިއީ 18 އަހަރު ތެރޭ ރާއްޖެ އަތުން ބަންގްލަދޭޝް ހޯދި ފުރަތަމަ މޮޅެވެ.

ރާއްޖޭން މި މެޗަށް ނުކުތީ އެންމެ ފުރަތަމަ ސްރީ ލަންކާ އާއި ބަންގްލަދޭޝާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރަ އަށް ހަތަރު ބަދަލެއް ގެނެސްގެންނެވެ. ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، އަލީ ފާސިރު (ސެންޓޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އަލީ އަޝްފާގު (ދަގަނޑޭ)ގެ ބަދަލުގައި އަހުމަދު ނޫމާން (ހެލްމެޓް)، ނާއިޒު ހަސަން (ދާދު)، އަސަދުﷲ އަބްދުﷲ (އަސަކޮ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ކުޅެން އަރުވައިގެންނެވެ.

މެޗުގެ ކުރިން ވޯމްއަޕް ކުރަނިކޮށް ދާދު އަށް އަނިޔާވެގެން އޭނާގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ވަނީ ހަސަން ރާއިފް އަހުމަދު (ހަންނަ) ހިމަނައިފަ އެވެ. މިއީ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ހަންނަ ކުޅޭ ފުރަތަމަ މެޗެވެ. މީގެ ކުރިން އޭނާ ކުޅުނީ ސާފް ޗެމްޕިއަންޝިޕްގައި ލަންކާއާ ދެކޮޅަށް ބަދަލެއްގެ ގޮތުގަ އެވެ.

ސީޝެލްސް އިން ވަނީ އެންމެ ފަހުން ލަންކާ އަތުން 1-0 އިން މޮޅުވި މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްފަ އެވެ.

ބޯ ވިއްސާރައިގެ ތެރެއިން މެޗު ފަށައިގެން ކުޅެމުންދިޔައިރު، ދެ ޓީމަށް ވެސް ދަނޑުގެ ހާލަތުގެ ސަބަބުން ގިނަ އުނދަގޫތަކެއް ކުރިމަތިވަމުންދިޔަ އެވެ. އެ ގޮތުން މެޗުގެ 12 ވަަނަ މިނިޓްގައި ސީޝެލްސްގެ ޑޯން ފަޗޭޓީ ކައިރިން ނައްޓާފައި ރާއްޖޭގެ ހަންނަ ދިޔަ ބޯޅައެއްގައި އޭނާ އަށް ފައުލުކުރި ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީ ދޭން ނުޖެހޭ ކަމަށެވެ.

ސީޝެލްސް އަށް ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުގެ ޖީން ޔެވްސް ޕެރީ ޖެހި ބޯޅަ ދިޔައީ ބޭރަށެވެ.

އޭގެ ފަހުން ރާއްޖޭގެ ހަމްޕު އަށް ތަކުރާރުކޮށް ފައުލުކުރުމުން ސީޝެލްސް ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ. މެޗުގެ 31 ވަނަ މިނިޓްގައި ހަމްޕު އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ ހަންނަ ބޮލުން ފޮނުވާލީ ޓީމުގެ އެހެން ކުޅުންތެރިއަކަށް ދޭށެވެ. އެކަަމަކު ސީޝެލްސްގެ ކީޕަރު އެލްވިން ރޮޑީ ވަނީ އެ ބޯޅަ އަތަށް ނަަގައިފަ އެވެ.

ރާއްޖެ އަށް ލީޑުނަގައިދޭން މެޗުގެ 34 ވަަނަ މިނިޓްގައި ހުސެއިން ނިހާން (ނިހާޓް) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ހަމްޕު ތިން ކުޅުންތެރިން ކައިރިން ނެއްޓުމަށް ފަހު އޭރިއާތެރެއިން ނިހާޓަށް ޖައްސާލި ބޯޅަ އޭނާ ފުރަތަމަ ފަހަރަށް ފޮނުވާލުމުން ސީޝެލްސް ޑިފެންޑަރު ފަޗޭޓީ ބްލޮކުރީ އެވެ. ދެ ވަނަ ފަހަރަށް ނިހާޓް ޖެހި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ވޯރެން އެރިކް އެވެ.

ރާއްޖޭން ދެ ވަނަ ހާފަށް ނުކުތީ ހަންނަގެ ބަދަލުގައި ފޭދޫ އިއްބެ ކުޅެން އަރުވައިގެންނެވެ. މި ހާފް ކުޅުން ފެށިގެން ތިން މިނިޓް ތެރޭ ރާއްޖެ އަށް ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު އުމެއިރު ޖެހި ބޯޅަ ކީޕަރު ރޮޑީ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 55 ވަނަ މިނިޓްގައި ފޭދޫ އިއްބެ ހުސްކޮށް އޭރިއާތެރެއަށް ވަދެ ޖެހި ބޯޅަ ކީޕަރު ރޮޑީ އަތުގައި ޖެހިފައި ނުކުތް ވަގުތު އަސަދުﷲ ރީބައުންސުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެެވެ.

އޭގެ ފަސް މިނިޓް ފަހުން ރާއްޖޭގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ގޮސް ސީޝެލްސްގެ ރާޝިދު ލެބްރޯސް ޖެހި ބޯޅަދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

މެޗުގެ 75 ވަނަ މިނިޓްގައި ރާއްޖޭގެ ހައިޝަމް ހަސަން (ބިޑި) އަށް ކުރި ފައުލަކަށް ސީޝެލްސްގެ ޖުނީނިއޯ މެތިއަޓަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް ސީޝެލްސް އިން ވަނީ ރާއްޖެ ލަނޑެއް ޖެހިޔަނުދީ ހިފަހައްޓައިފަ އެވެ. ބަދަލަކަށް އެރި ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ރަނގަޅަށް މޭން މާކްކޮށްގެން ކުޅެ އޭނާ އަށް ސީޝެލްސް އިން އެއްވެސް ފުރުސަތެއް ނުދިނެވެ.

ބަދަލެއްގެ ގޮތުގައި އިތުރު ވަގުތުގައި ކުޅެން އެރި ރާއްޖޭގެ އަސްހަދު އަލީ (އަޑުބަރޭ) އަށް ވަނީ ބޯޅަ ނެތިސް ސީޝެލްސް ކުޅުންތެރިއަކަށް ފައުލުކުރުމުން ރަތް ކާޑެއް ދައްކައިފަ އެވެ. އަޑުބަރޭ ކުޅެން އެރީ އަސަދުﷲގެ ބަދަލުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox