ގައުމީ ކޯޗު މޮރިއޭރޯ ހުރީ ފައިނަލަށް ދިއުމުގެ އުއްމީދުގައި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މޮރިއޭރޯ ވާހަކަ ދައްކަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މޮރިއޭރޯ ވާހަކަ ދައްކަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގެ ފައިނަލުގެ ޖާގައެއް ރާއްޖެ އަށް ހޯދޭނެ ކަމަށް ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

ފޯ ނޭޝަންސް ކަޕްގެ ލީގު ބުރުގެ ފަހު ދެ މެޗަށްދާއިރު، އެއް ވަަނައިގައި އޮތް ބަންގްލަދޭޝާއި ދެ ވަނައިގައި އޮތް ސީޝެލްސް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރާއްޖެ އާއި ހަތަރު ވަނައިގައި އޮތް ލަންކާ އަށް ދެ މެޗުން ވަނީ ޕޮއިންޓެއް ލިބިފަ އެވެ. ކޮންމެ ޓީމަކަށް ވެސް ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

ލީގު ބުރުގެ ފަހު ދެ މެޗު މާދަމާ ކުޅޭއިރު، ހަވީރު ކުޅޭނީ ސީޝެލްސް އާއި ރާއްޖެ އެވެ. ދެ ވަނަ މެޗުގައި މާދަމާރޭ ލަންކާ ކުޅޭނީ ބަންގްލަދޭޝްއާ އެވެ. ބަންގްލަދޭޝާއި ސީޝެލްސް އަށް އެ މެޗުތައް އެއްވަރުކޮށްލައިގެން ވެސް ފައިނަލުގެ ޖާގަ ލިބޭނެ އެވެ. ރާއްޖެ އާއި ލަންކާ އަށް ފައިނަލަށް ދެވޭނީ އެ މެޗުތަކުން މޮޅުވެގެންނެވެ. ހަތަރު ޓީމު ޕޮއިންޓް އެއްވަރުވެއްޖެ ހާލަތެއްގައި ބަލާނީ ލަނޑުގެ ތަފާތަށެވެ.

ރާއްޖެ ފުރަތަމަ މެޗުން ލަންކާއާ 4-4 އިން އެއްވަރުވިއިރު، މީގެ ދެ ދުވަސް ކުރިން ބަންގްލަދޭޝް އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ. މިއީ 18 އަހަރު ތެރޭ ބަންގްލަދޭޝް އަތުން ބަލިވި ފުރަތަމަ ފަހަރެވެ. ބަންގްލަދޭޝް މެޗުގެ އެ ނަތީޖާގެ ސަބަބުން، މާދަމާ ސީޝެލްސް އަތުން މޮޅުވުން ރާއްޖެ އަށް އޮތީ މަޖުބޫރުވެފަ އެވެ.

މާދަމާ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ބުނީ ކުޅުންތެރިން ވަނީ އެެންމެ ފަހުން މެޗަށް ފަހު ރަނގަޅަށް ރިކަވާވެފައި ކަމަށެވެ.

"އަހަރެން މީޑިއާ ކައިރީގައި މި ބުނާ ވާހަކަ ކުޅުންތެރިން ގާތުގައި ވެސް ބުނިން. އަހަަރެމެން ކޮންމެ ދުވަހަކު ވެސް މި ކުރިއަރަނީ އާ ކަންތައްތަކެއް ދަސްކޮށްގެން. މަސައްކަތް ކޮށްގެން އަހަރެެމެންނަށް ޓާގެޓަށް ވާސިލްވެވޭނެ،" ފައިނަލަށް ދެވޭނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން މޮރިއޭރޯ ބުންޏެވެ.

ސީޝެލްސް އަކީ ފިޒިކަލީ އަދި އެތުލެޓިކަލީ ބަލާއިރު ވަރުގަދަ ޓީމެއް ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ. ސީޝެލްސްގައި ތިބީ ވަރަށް ހަލުވި ކުޅުންތެރިންކަމަށާއި ކުޅެނީ ވެސް ވަރަށް އޯގަނައިޒިކޮށް ފުޓްބޯޅައެއް ކަމަށް މޮރިއޭރޯ ބުންޏެވެ.

"އަހަރެން ގަބޫލެއް ނުކުރަން މިއީ ފަސޭހަވާނެ މެޗެއް ކަމަށް. އަހަރެމެން ގަބޫލުކުރާ ސިސްޓަމަށް ރަނގަޅަށް މަސައްކަތް ކޮށްގެން މި މެޗުގައި ކުޅެވިދާނެ،" މޮރިއޭރޯ ބުންޏެވެ.

ރާއްޖޭން އެންމެ ފަހުން ސީޝެލްސްއާ ދެކޮޅަށް ކުޅުނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގަ އެވެ. އެ ފަހަރު ރާއްޖެ ވަނީ މުހައްމަދު އުމެއިރާއި އަހުމަދު އިމާޒް (އާއްކޮ)ގެ ދެ ގޯލާ އެކު 2-1 އިން ސީޝެލްސް ބަލިކޮށްފަ އެވެ.

ސީޝެލްސް އިން ފޯ ނޭޝަންސް ކަޕްގައި ކުޅުނު ފުރަތަމަަ މެޗުގައި ފަހަތުން އަރައި 1-1 އިން ބަންގްލަދޭޝާ އެއްވަރުކުރިއިރު، ދެ ވަނަ މެޗުން ވަނީ 1-0 އިން ލަންކާ ބަލިކޮށްފަ އެވެ. މުބާރާތުގައި އެންމެ ރަނގަޅަށް ކުޅޭ އެއް ޓީމަކީ ސީޝެލްސް އެވެ.

ރާއްޖޭން ފުރަތަމަ ދެ މެޗުގައި ބޭނުންކުރީ އެއް ފުރަތަމަ އެގާރަ އެވެ. މާދަމާ ސީޝެލްސްއާ ދެކޮޅަށް ބަދަލެއް ފެނިދާނެތޯ އެހުމުން މޮރިއޭރޯ ބުނީ އޭނާ މެޗުތަކަށް އެގާރަ ކުޅުންތެރިން ކަނޑައަޅަނީ މެޗު ފެށެން 20 މިނިޓަށް ވުމުން ކަމަށެވެ.

"އެއީ އަހަރެން ބޭނުންވޭ 23 ކުޅުންތެރިން ވެސް މެޗަށް ތައްޔާރުވެގެން ހުންނަން،" މޮރިއޭރޯ ބުންޏެވެ.

ގައުމީ ޓީމާ މޮރިއޭރޯ ހަވާލުވިތާ އަދި މަހެއް ނުވެ އެވެ. އޭނާ މި ފަހަރުގެ ފޯ ނޭޝަންސް ކަޕަށް ތައްޔާރުވީ ދެ ހަފްތާއެއްހާ ދުވަހުގެ ޕްރެކްޓިހަށް ފަހު އެވެ. މޮރިއޭރޯ ބުނީ އޭނާ ރާއްޖެ ގޮވައިގެން މި މުބާރާތުގައި ކުރި މަސައްކަތް ނަތީޖާ އަށް ބަލަންޏާ ފެންނާނީ ނެގެޓިވްކޮށް ކަމަށެވެ.

"އަހަރެމެން ކުރާ މަސައްކަތް ހުއްޓާލަން ނުޖެހޭ. އެކަން މި ކުރިއަށް މި ގެންދަނީ. އަހަރެމެންނަށް މި ދެ މެޗުން ވަރަށް ގިނަ ކަންކަން ދަސްވެއްޖެ،" މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ބުނީ ކޮންމެ މެޗެއް ވެސް އެއީ ތާރީހުގައި ލިޔެވޭނެ ކަމަށެވެ. އެ ގޮތަށް ވިސްނާއިރު ކޮންމެ މެޗަކަށް ވެސް ތައްޔާރުވާނީ އާ ވިސްނުމެއްގައި އިދިކޮޅަށް ނުކުންނަ ޓީމު ދަސްކޮށްގެން ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ.

"ހަމައެކަނި ތުހުމަތުގެ އިނގިލި ދިއްކުރުމަކުން ނުފުދޭ. އަހަރެމެން މޮޅުނުވަނީ ކީއްވެތޯ ބަލަން އަދި ނުޖެހޭ މުޅި މަސައްކަތަށް ނުބަލައި. އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް އެބަކުރަން. މި ޓިީމު އެބަ ކުރިއަރާ. އަހަންނަށް އެނގޭ އިތުރަށް ވެސް ކުރިއަރާނެކަން،" އިޓަލީގެ ދެ ވަނަ އަދި ތިން ވަނަ ޑިވިޝަނުގައި ކުރިން ކޯޗުކަން ކުރި މޮރިއޭރޯ ބުންޏެވެ.

"އަހަންނަކީ ކުރިން ފުޓްބޯޅަ ކުޅުންތެރިއެއް. މީގެ 13 އަހަރު ކުރިން އަހަރެން ކޯޗިންގެ މަސައްކަތް ފަށައިފިން. އެހެންވީމަ މި ކުރެވޭ ކަންކަން އަހަންނަށް ވެސް އެނގޭ،"

ރާއްޖެ އާއި ސީޝެލްސް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ރާއްޖެ ގަޑިން 15:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox