ގައްޒާފީގެ ދަރިކަލުން ރައީސްކަމަށް ކުރިމަތިލައްވައިފި

ސައިފުލް އިސްލާމް ގައްޒާފީ.

ސައިފުލް އިސްލާމް ގައްޒާފީ.

ޑިސެމްބަރު މަހު ލީބިޔާގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން، އެ ގައުމުގެ ކުރީގެ ލީޑަރު މުއައްމަރު ގައްޒާފީގެ ދަރިކަލުން، ސައިފުލް އިސްލާމް ނިންމަވައިފި އެވެ.

އިލެކްޝަން ކޮމިޝަނުގެ ވީޑިއޯ އިން ފެންނަނީ އުމުރުން 49 އަހަރުގެ ސައިފު ލިޔުންތައް ހުށަހެޅުމަށް ހާޒިރުވެ ހުންނެވި މަންޒަރެވެ. ފާއިތުވި 10 އަހަރު އާއްމު ތަނަކުން އޭނާ ފެނިވަޑައިގެންފައެއް ނުވެ އެވެ.

ސައިފުގެ އިތުރުން ރައީސް ކަމަށް ދެން ކުރިމަތިލައްވާފައި ވަނީ އަސްކަރީ ކޮމާންޑަރު ހަލީފާ ހަފްތަރް، ބޮޑު ވަޒީރު އަބްދުލްހާމިދު އަލް ދުބެއިބާ އަދި ޕާލިމެންޓުގެ ރައީސް އަގުއިލީ ސާލިހް އެވެ.

Advertisement

ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ފަހު ހަމަޖެހުން ގާއިމްނުކުރެވިގެން އުޅޭ ލީބިޔާގެ އިންތިހާބުގެ އެކި ކަންކަމާ މެދު ވާދަވެރި ފެކްޝަންތަކުގެ މެދުގައި ހިޔާލު ތަފާތުވުންތައް އެބަ ހުއްޓެވެ.

އެގޮތުން ކެންޑިޑޭޓުންގެ ގޮތުގައި ބަލައިގަނެގެން ނުވާނެ ފަދަ ފަރާތްތަކަށް ކުރިމަތިލެވޭ ކަމަށް ބުނެ ބައެއް ފެކްޝަންތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.

ޑިސެމްބަރު 24 ވަނަ ދުވަހު ވޯޓު ކުރިއަށް ގެންދަން ގިނަ ފެކްޝަންތަކުން ތާއީދު ކުރި ނަމަވެސް، އިންތިހާބުގެ ޝެޑިއުލާއި ގަވާއިދުތަކާ މެދު އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

މިދިޔަ ހުކުރު ދުވަހު ޕެރިހުގައި އޮތް ކޮންފެރެންސެއްގައި ނިންމާފައި ވަނީ އިންތިހާބަށް ހުރަސް އަޅާ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށެވެ.

ގައްޒާފީގެ ވެރިކަމުގައި ކަންކަން އޮތް ގޮތަށް އަނބުރާ ދާނެކަމުގެ ވައުދު ސައިފު ރައްޔިތުންނަށް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އެނެލިސްޓުން ދެކޭ ގޮތުގައި އޭނާ އަށް މާ ބޮޑު ތާއީދެއް ނެތެވެ.

ގައްޒާފީ އަށް ފަހު ލީބިޔާގެ ލީޑަރަށް ސައިފު ވެވަޑައިގަންނަވާނެ ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ. ނަމަވެސް 2011 ވަނަ އަހަރު ގެނައި އިންގިލާބުގައި ބައްޕާފުޅު އަވަހާރަކޮށްލުމުން ސައިފު އުޅުއްވީ ފިލައިގެންނެވެ.

ސާޅީސް އަހަރު ލީބިޔާގައި ވެރިކަން ކުރެއްވި ގައްޒާފީ އާއި އެމަނިކުފާނުގެ އާއިލާއާ ދެކޮޅަށް ރައްޔިތުން ނުކުމެ ވެރިކަން ބަދަލު ކުރި ނަމަވެސް، ލީބިޔާއަށް އެއްވެސް ހަމަޖެހުމެއް ލިބިފައެއް ނުވެ އެވެ.

ގައްޒާފީގެ ހަތް ފިރިހެން ދަރިންގެ ތެރެއިން ތިން ދަރިން ވަނީ 2011 ވަނަ އަހަރު އަވަހާރަކޮށްލާފަ އެވެ.

ގައްޒާފީ އަވަހާރަކޮށްލިތާ ދުވަސްކޮޅެއް ފަހުން ލީބިޔާގެ ސިފައިންތަކެއް ވަނީ ނޮވެމްބަރު 2011 ގައި ސައިފު ހައްޔަރުކޮށްފަ އެވެ. އޭގެ ހަތަރު އަހަރު ފަހުން ޓްރިޕޮލީގެ ކޯޓަކުން އޭނާ މެރުމަށް ހުކުމް ކުރީ ގައިރު ހާޒިރުގަ އެވެ. އެއީ އިންގިލާބުގެ ތެރޭގައި ޖަރީމާ ހިންގި ކަމަށް ސާބިތުވުމުންނެވެ.

އައިސީސީން ވަނީ ބައިނަލްއަގްވާމީ ޝަރީއަތަކަށް އޭނާ ހާޒިރު ކުރުމަށް އެތައް ފަހަރެއްގެ މަތިން ގޮވާލާފަ އެވެ.

މި އަހަރުގެ ކުރީކޮޅު ނިއު ޔޯކް ޓައިމްސް އަށް ސައިފު އިންޓަވިއުއެއް ދެއްވި އެވެ. ނަމަވެސް އަދިވެސް ސީދާ ލީބިޔާގެ ރައްޔިތުންނާ މުހާތަބު ކުރައްވާފައެއް ނުވެ އެވެ.

ބެލެވޭ ގޮތުގައި ވެރިރަށް ޓްރިޕޮލީގެ އާއްމު ތަނަކަށް ގައްޒާފީ ވަޑައިގެންފި ނަމަ، އައިސީސީގެ އެންގުމުގެ ދަށުން ހައްޔަރު ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox