ސީޝެލްސް އިން ލަންކާ ބަލިކޮށް އުއްމީދު ބޮޑުކޮށްފި

Nov 13, 2021, 5:22 PM
ސީޝެލްސް އިން ލަންކާ ބަލިކޮށް އުއްމީދު ބޮޑުކޮށްފި

މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި މިރޭ ސީޝެލްސް އިން 1-0 އިން މުބާރާތް ހޯސްޓްކުރާ ސްރީ ލަންކާ ބަލިކޮށް ފައިނަލުގެ އުއްމީދު ބޮޑުކޮށްފި އެވެ.

ފޯ ނޭޝަންސް ކަޕްގެ ލީގު ބުރުގެ ފަހު ދެ މެޗަށްދާއިރު، އެއް ވަަނައިގައި އޮތް ބަންގްލަދޭޝާއި ދެ ވަނައިގައި އޮތް ސީޝެލްސް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރާއްޖެ އާއި ހަތަރު ވަނައިގައި އޮތް ލަންކާ އަށް ދެ މެޗުން ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

އަންގާރަ ދުވަހު މުބާރާތުގެ ލީގު ބުރުގެ ފަހު ދެ މެޗު ކުޅޭނެ އެވެ. ހަވީރު ކުޅޭނީ ސީޝެލްސް އާއި ރާއްޖެ އެވެ. ދެ ވަނަ މެޗުގައި އެރޭ ލަންކާ ކުޅޭނީ ބަންގްލަދޭޝްއާ އެވެ. ބަންގްލަދޭޝާއި ސީޝެލްސް އަށް އެ މެޗުތައް އެއްވަރުކޮށްލައިގެން ވެސް ފައިނަލުގެ ޖާގަ ލިބޭނެ އެވެ. ރާއްޖެ އާއި ލަންކާ އަށް ފައިނަލަށް ދެވޭނީ އެ މެޗުތަކުން މޮޅުވެގެންނެވެ. ހަތަރު ޓީމު ޕޮއިންޓް އެއްވަރުވެއްޖެ ހާލަތެއްގައި ބަލާނީ ލަނޑުގެ ތަފާތަށެވެ.

ފުރަތަމަ މެޗުގައި ބަންގްލަދޭޝާ 1-1 އިން އެއްވަރުކުރި މެޗުގައި ސީޝެލްސް އިން ބޭނުންކުރި ފުރަތަމަ އެގާރަ އަށް ވުރެ ބޮޑަށް އެޓޭކިން އަށް ވިސްނައިގެންނެވެ. އެ ބަދަލުތަކުގެ ތަފާތު ސީޝެލްސް ޓީމުގެ ކުޅުމުން ވެސް ފެނުނެވެ.

ލަންކާގެ ގިނަ ސަޕޯޓަރުން ކުރިމަތީގައި މިރޭ ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ސީޝެލްސް އިން ފުރަތަމަ ހާފުން ފެށިގެން ފެނުނީ ވަރަށް ކޮންފިޑެންސާ އެކު ކުޅެލިތަނެވެ. ސީޝެލްސް އިން ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެ ގޮތުން މެޗުގެ 12 ވަނަ މިނިޓްގައި ލަންކާގެ ޑިފެންޑަރު އަސީކުއްރަހްމާން އަތުގައި ބޯޅަ ޖެހުމުން ސީޝެލްސް އަށް ޕެނަލްޓީ އެއް ދިނެވެ. ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޮއިޓް ޖެހި ޕެނަލްޓީ ދިޔައީ ބޭރުންނެވެ.

މެޗުގެ 25 ވަނަ މިނިޓްގައި ސީޝެލްސްގެ ފޯވާޑް ސްޓެފަން ހިއުގް ހާފުގެ މެދުތެރެއިން ހިލޭ ޖެހުމަކުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން ސީޝެލްސްގެ ފޯވާޑް ޔީވެސް ޕެރީ އާނެސްޓާ ޖެހި ބޯޅަ ލަންކާގެ ގޯލްކީޕަރު އަދި ކެޕްޓަން ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

ރާއްޖެ ކޮޅަށް ފުރަތަމަ މެޗުގައި ހަތަރު ގޯލު ޖެހި ލަންކާގެ ފޯވާޑް ވަސީމް ރަޒީކަށް މި މެޗުގައި ރަނގަޅު ކުޅުމެއް ނުދެއްކުނީ ސީޝަލްސް ޑިފެންޑަރުން އޭނާ މާކްކޮށްގެން ކުޅެމުންނެވެ. އަދި ލަންކާގެ އަނެއް ފޯވާޑް ޑިލޯން ޑި ސިލްވާ ރަނގަޅު ހުރަސްތަކެއް ނެގިއިރު ޖަހާނެ ކުޅުންތެރިއަކު އޭރިއާތެރޭގައި ނެތެވެ. އޭރިއާބޭރުން ލަންކާގެ ޑިފެންޑަރު ޗަލަނާ ޗަމީރާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

ސީޝެލްސް އިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. ކޯނަރަކުން ޔޯސިފް ރަވީނިއާ ނެގި ބޯޅަ ވަރެން މެލީ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ހެންރީ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ލަންކާ އިން ބަދަލުތަކެއް ގެނެސްގެން ނަތީޖާ އެއްވަރުކުރެވޭތޯ މަސައްކަތްކުރި އެވެ. އެ ގޮތުން ބަދަލެއްގެ ގޮތުގައި ކުޅެން އެރި ލަންކާގެ ކަވިންދޫ އިޝާން ވަނީ ލަންކާ އަށް ގޯލެއް ޖަހައިދޭން ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox