މި ނަތީޖާތަކުން މުޅި މަންޒަރު ސާފެއް ނޫން: ގައުމީ ކޯޗު މޮރިއޭރޯ

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ވާހަކަ ދައްކަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ވާހަކަ ދައްކަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗުން މޮޅެއް ނުލިބި، މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރު ރާއްޖެ އަށް ގެއްލިފައިވާއިރު، އެ ދެ މެޗުގެ ނަތީޖާ އިން ގައުމީ ޓީމުގައި އޭނާ ކުރަމުން އަންނަ މަަސައްކަތުގެ މުޅި މަންޒަރު ސާފުނުވާނެ ކަމަށް ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

މޮރިއޭރޯ ހަވާލުވިތާ ދެ ހަފްތާއެއްހާ ދުވަސްތެރޭގައި ރާއްޖޭން ފޯ ނޭޝަންސް ކަޕަށް ތައްޔާރުވެގެން މުބާރާތަށް އައިސް ފުރަތަމަ މެޗުގައި ވަނީ 4-4 އިން ލަންކާއާ އެއްވަރުވެފަ އެވެ. އެ މެޗުގައި 58 މިނިޓް ތެރޭ ރާއްޖޭން ހަތަރު ގޯލުގެ ލީޑެއް ނެގި ނަމަވެސް ފަހު 25 ވަރަކަށް މިނިޓް ތެރޭ ލަންކާ އިން ވަނީ އެއްވަރުކޮށްފަ އެވެ.

ރާއްޖޭން ކުޅުނު ދެ ވަނަ މެޗުގައި މިއަދު ހަވީރު ބަންގްލަދޭޝް އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ. މި ނަތީޖާއާ އެކު މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރު ރާއްޖެ އަށް ވަނީ ގެއްލިފަ އެވެ.

މިދިޔަ މަހު މާލޭގައި ބޭއްވި އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަނީ ލަންކާ 1-0 އިން އަދި ބަންގްލަދޭޝް 2-0 އިން ބަލިކޮށްފަ އެވެ، މޮރިއޭރޯގެ ކޯޗުކަމުގައި އެ ދެ ޓީމު އަތުން މޮޅެއް ނުލިބި ޖެހުނީ ޕޮއިންޓަކުން ފުއްދާލާށެވެ.

"އަހަންނަށް އެނގޭ މި ދެ މެޗުން އެއް ޕޮއިންޓް އެއީ ސަޕޯޓަރުން ފަރުޖައްސާލާނެ އަދަދެއް ނޫންކަން. އަހަރެން ތަކުރާރުކޮށް ވެސް ބުނެލަން އޮތީ އެންމެ ވާހަކައެއް. އަހަންނަށް ވަގުތު ދޭށޭ. އަހަންނަކީ މަސައްކަތް ކުރާނެ މީހެކޭ މި ހުރިހާ ކަމެއް ރަނގަޅު ކުރަން،" މިއަދުގެ ނަތީޖާ އަށް ފަހު ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުންތަކާ ބެހޭގޮތުން ދޭނެ މެސެޖަކީ ކޮބައިތޯ އެހުމުން ޓްރާންސްލޭޓަރުގެ އެހީގައި މޮރިއޭރޯ ބުންޏެވެ.

"ހަަމައެކަނި ނަތީޖާ އަށް ބަލަންޏާ. އަހަރެމެން މި ތިބީ ކުށްވެރިންގެ ގޮތުގައި. އެކަމަކު ފުރިހަމަ މަންޒަރު ފެންނާނީ ހަމައެކަނި މި ނަތީޖާތަކަށް ބަލައިގެނެއް ނޫން. ފަރުދާގެ ފުރަގަހުގައި ހިނގާ ކަމެއް ނޭނގި ހަމައެކަނި ނަތީޖާ އަކަށް ގޮތް ނުކިޔޭނެ. އަހަރެމެން ބަލަން ޖެހޭ މުޅި މަންޒަރަށް. މި ޓީމު ވަރަށް ކުރިއަރާނެ،"

މިއަދު ބަންގްލަދޭޝް އިން ރާއްޖެ ބަލިކުރިއިރު، މިއީ ފާއިތުވި 18 އަހަރު ތެރޭ ބަންގްލަދޭޝް އިން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ. މި ވަގުތު ގައުމީ ޓީމުގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކު މީގެ ކުރިން ބަންގްލަދޭޝް އަތުން ސީނިއާ ފުޓްބޯޅައިގައި ބަލިވެފައި ނުވެ އެވެ. މޮރިއޭރޯ ބުނީ އެ ރެކޯޑަކީ އޭނާ ވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ވަރަށް ދެރަވޭ ތިކަން އެނގުނީމަ. މިއީ އަހަރެމެން އުއްމީދުކުރި ގޮތެއް ނޫން. އަހަރެމެން މަސައްކަތް ކުރަނީ އަބަދުވެސް އެންމެ ރަނގަޅަށް ކުޅެން. އަހަރެމެން (ރަނގަޅަށް) ކުޅެމުން ދަނިކޮށް މިވީ ކަމެއް ވީ. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެމެން ކުޅުނު ގޮތަށް ބަލާއިރު ދެ މެޗުން އެއް ޕޮއިންޓަކީ އަހަރެމެންނަށް ހައްގު ވަރަށް ވުރެން ކުޑަ އަދަދެއް،" އިޓަލީ ދެ ވަނަ އަދި ތިން ވަނަ ޑިވިޝަންގެ ޓީމުތަކުގެ ކޯޗެއް ގޮތަށް މަސައްކަތް ކޮށްފައިވާ މޮރިއޭރޯ ބުންޏެވެ.

އިޓަލީ ގައުމީ ޓީމަށް ކުރިން ކުޅުނު މޮރިއޭރޯ ބުނީ ކުރު މުއްދަތެއްގެ ތެރޭގައި ވެސް ގައުމީ ޓީމުގައި ވަރަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އަދި ކުޅުންތެރިން ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާއިރު، ޓެކްނިކަލް ޓީމު ދުވާލަކު 16 ގަޑިއިރު މަސައްކަތް ކުރާ ކަމަށެވެ.

"އެހެންވެ މި ބުނަނީ އަހަރެމެން މި މަސައްކަތް ހުއްޓާނުލައި ކުރާނަމޭ. އަހަރެން ދެކޭ ގޮތުގައި ނަތީޖާ އަންނާނެ. އަހަރެމެން ދަނޑަށް ނުކުމެ މި ތިބެނީ އެއް ނޫން. އަހަރެމެން އެބަ ފުޓްބޯޅަ ކުޅޭ. ނަތީޖާ މި ވަގުތު އެހުރީ މުޅި މަންޒަރު އެނގޭ ގޮތަކަށް ނޫން،" އެއް ވާހަކައެއް ތަކުރާރުކޮށް ފާހަގަކޮށް މޮރިއޭރޯ ބުންޏެވެ.

ރާއްޖެ ކޮޅަށް ބަންގްލަދޭޝް އިން މޮޅުވި ގޯލު ޖެހީ މެޗުގެ 88 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޓޯޕޫ ބަރްމަން އެވެ. މި ޕެނަލްޓީ އަކީ ރާއްޖޭގެ ކީޕަރު ނާޖިހު އަލީ (ނާޖީ) ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މެޗަށް ފަހު މޮރިއޭރޯ ބުނީ ނާޖީ އަކީ ތަޖުރިބާ ހޯދަމުން އަންނަ ޒުވާން ކީޕަރެއް ކަމަށާއި އޭނާ ބޮލުގައި މިއަދުގެ މެޗުގެ ނަތީޖާ ނޭޅުވޭނެ ކަމަށެވެ.

ބަންގްލަދޭޝް އިން މިއަދު މޮޅުވެ ވަނީ ހަތަރު ޓީމު ވާދަކުރާ ފޯ ނޭޝަންސް ކަޕްގެ ކުރިއަށް ޖެހިލައިފަ އެވެ. އެއީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލަންކާ އާއި ތިން ވަަނައިގައި އޮތް ސީޝެލްސް އަދި ފުލުގައި އޮތް ރާއްޖެ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ފޯ ނޭޝަންސް ކަޕްގެ ފައިނަލުގެ ޖާގަ ހޯދަން ރާއްޖޭން ޖެހޭނީ އަންގާރަ ދުވަހު ހަވީރު ސީޝެލްސް ބަލިކޮށް، މިރޭ ސީޝެލްސް އާއި ލަންކާ ކުޅޭ މެޗާއި އަންގާރަ ދުވަހުގެރޭ ބަންގްލަދޭޝާއި ލަންކާ ކުޅޭ މެޗުގެ ނަތީޖާ އަށް ބަލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox