ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ

ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ

މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި މިއަދު ރާއްޖެ އަތުން ބަންގްލަދޭޝް 2-1 އިން މޮޅުވެއްޖެ އެވެ. މިއީ ފާއިތުވި 18 އަހަރު ތެރޭގައި ބަންގްލަދޭޝް އިން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ.

މި ނަތީޖާއާ އެކު ރާއްޖެ އަށް މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރު ވަނީ ގެއްލިފަ އެވެ. މި ފަހަރުގެ ފޯ ނޭޝަންސް ކަޕްގެ ކުރިން ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖެ ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ފުރަތަަމަ މެޗުގައި ލަންކާއާ 4-4 އިން ރާއްޖެ އެއްވަރުވިއިރު، ދެ ވަނަ މެޗުގައި މިއަދު މި ވަނީ ބަންގްލަދޭޝްގެ އަށްދަށުވެފަ އެވެ.

މިއީ 2003 ވަނަ އަހަރު އަމިއްލަ ގައުމު ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ފަހު ރާއްޖެ އަތުން ބަންގްލަދޭޝް ހޯދި ފުރަތަމަ މޮޅެވެ. އޭގެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވީ ރާއްޖެ އެެވެ. އޭގެ ތެރޭގައި މިދިޔަ މަހު ރާއްޖޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން 2-0 އިން މޮޅުވި މެޗު ހިމެނެ އެވެ.

ބަންގްލަދޭޝް އިން މިއަދު މޮޅުވެ ވަނީ ހަތަރު ޓީމު ވާދަކުރާ ފޯ ނޭޝަންސް ކަޕްގެ ކުރިއަށް ޖެހިލައިފަ އެވެ. އެއީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލަންކާ އާއި ތިން ވަަނައިގައި އޮތް ސީޝެލްސް އަދި ފުލުގައި އޮތް ރާއްޖެ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ރާއްޖެ އަށް ފައިނަލުގެ ޖާގައެއް އޮތީ ފަހު މެޗުގައި ސީޝެލްސް އަތުން ބޮޑު ތަފާތަކުން މޮޅުވެ، ބަންގްލަދޭޝް އާއި ލަންކާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. އެކަމަކު، މިރޭ ލަންކާ އިން ސީޝެލްސް ބަލިކޮށްފިނަމަ ފަހު މެޗުގައި ބަންގްލަދޭޝް އާއި ލަންކާ އެއްވަރުކޮށްލައިގެން އެ ދެ ޓީމަށް ފައިނަލް ކުޅެވޭނެ އެވެ.

ރާއްޖޭން މިއަދުގެ މެޗަށް ނުކުތީ ފުރަތަމަ މެޗުގައި ލަންކާއާ ދެކޮޅަށް އެއްވަރުވި މެޗުގައި ނެރުނު ފުރަތަމަ އެގާރަ އަށް ބަދަލެއް ނުގެނެސް އެވެ. ބަންގްލަދޭޝް އިން މި މެޗަށް ނުކުތީ ދެ ބަދަލެއް ގެނެސްގެންނެވެ. އެއީ ކަނާތު ފުލްބެކް، ޔާސީން އަރަފާތާއި ވިންގަށް ކުޅޭ ސާދު އުއްދީންގެ ބަދަލުގައި ރަހުމަތު މިއާ އާއި މުހައްމަދު ރިޑޯއި ކުޅެން އަރުވައިގެންނެވެ.

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް މަސައްކަތްކުރީ ބޯޅަ ހިފަހައްޓައިގެން ކުޅެ އެޓޭކް ކުރާށެވެ. މެޗުގެ 12 ވަނަ މިނިޓްގައި ބަންގްލަދޭޝް އިން ވަނީ ލީޑު ނަަގައިފަ އެވެ. ބަންގްލަދޭޝް އިން އޭރިއާތެރެއަށް އެއްލި ދިގު އެއްލުމެއްގައި ރާއްޖޭގެ ޑިފެންސްތެރެއިން ދިޔަ ބޯޅަ ފަހަތުގައި ހުރި ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން އަށް ލިބުމުން އޭނާ ވަނީ ގޯލުުގެ ތެެރެއަށް ފޮނުވާލައިފަ އެވެ. ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް ރެފްރީއާ މަޝްވަރާ ކުރުމަށް ފަހު މި ގޯލު ބަލައިގަންނަން ވަނީ ނިންމައިފަ އެވެ

ލަނޑު ޖެހުމަށް ފަހު ރާއްޖޭގެ އުމެއިރު އުފާފާޅުކުރަނީ.--

.ރާއްޖޭން މަޑުމަޑުން އެޓޭކް ގިނަ ކުރަން މަސައްކަތް ކުރަމުންދިޔައިރު، މެޗުގެ 26 ވަނަ މިނިޓްގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނެގި ހުރަސް ބަންގްލަދޭޝްގެ ކީޕަރު އަނީސުރްރަހްމާން ޒީކޯ ވަނީ ސަލާމަތްކޮށްފަ އެވެ.

ރާއްޖޭން އެއްވަރުކުރީ މެޗުގެ 32 ވަނަ މިނިޓްގައި މުހައްމަދު އުމެއިރު އެވެ. އަލީ އަޝްފާގު (ދަގަނޑޭ) ކޯނަރަކުން ނެގި ބޯޅަ ބަންގްލަދޭޝް ޑިފެންޑަރުންގެ ތެރެއިން ގޮސް ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އަށް ލިބުމުން އޭނާ ޖައްސާލި ބޯޅަ ގޯލު ކުރިމަތީގައި ހުރި އުމެއިރު ވަނީ ބަންގްލަދޭޝްގެ ކީޕަރު ޒީކޯ އަށް ލިބުމުގެ ކުރިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އޭގެ ފަހުން މެޗުގެ 38 ވަނަ މިނިޓްގައި ރާއްޖޭން އުފެއްދި ކައުންޓަ އެޓޭކެއްގައި އޭރިއާބޭރުން ފޭދޫ އިއްބެ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ރާއްޖޭން ވަނީ ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ފަސް މިނިޓް ތެރޭ ބަދަލެއް ކޮށްފަ އެވެ. ހައިޝަމް ހަސަން (ބިޑި)ގެ ބަދަލުގައި އަހުމަދު ނޫމާން (ހެލްމެޓް) ވަނީ ކުޅެން އަރުވައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ދަގަނޑޭ ހިލޭ ޖެހުމަކުން ނެގި ހުރަހެއް ފޮނުވާލަން ހެލްމެޓު މަސައްކަތް ކުރި ނަމަވެސް ބޯޅަ ބޮލުގައި ލައްވާލާ ގޮތެއްނުވި އެވެ.

އޭގެ ފަހުން އުމެއިރުގެ ބަދަލުގައި ވަނީ އަސްހަދު އަލީ (އަޑުބަރޭ) ކުޅެން އަރުވައިފަ އެވެ.

މެޗުގެ 74 ވަަނަ މިނިޓްގައި ހެލްމެޓު އަރިމަތިން ހުސްކޮށްލާފައި ފޭދޫ އިއްބެ އަށް ދިން ބޯޅަ އޭރިއާތެރެއަށް ވަދެ އޭނާ މަސައްކަތްކުރީ ދަގަނޑޭ އަށް ދޭށެެވެ، އޭގެ ކުރިން ބަންގްލަދޭޝް ޑިފެންޑަރުން ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.

ފަހު 15 މިނިޓަށް ފޭދޫ އިއްބެ އާއި ހުސެއިން ނިހާން (ނިހާޓް)ގެ ބަދަލުގައި ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިސްމާއިލް އީސާ (މެސީ) ވަނީ ކުޅެން އަރުވައިފަ އެވެ.

ރާއްޖޭން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ރާއްޖޭގެ އަކޫ އަތުން ގެއްލުނު ބޯޅައެއް ހޯދައި ބަންގްލަދޭޝް އިން ކައުންޓަ އެޓޭކެއްގައި ކުރިއަށް ޖެހިލި ބޯޅައެއްގައި ރާއްޖޭގެ ކީޕަރު އަލީ ނާޖިހު (ނާޖީ) ކުރި ފައުލަކަށް ވަނީ ޕެނަލްޓީއެއް ދީފަ އެވެ. އެ ޕެނަލްޓީން ބަންގްލަދޭޝްގެ އިތުބާރު ޑިފެންޑަރު ޓޯޕޫ ބަރްމަން ވަނީ ކާމިޔާބުކޮށް އެ ޓީމަށް އަލުން ލީޑުނަގައިދީފަ އެވެ.

މެޗުގެ ފަހު ކޮޅުގައި ރާއްޖޭން ނަތީޖާ ހަމަހަމަކުރަން މަސައްކަތް ކުރި ނަމަވެސް އެ ކަން ކާމިޔާބެއްނުވި އެވެ. ސަމޫހު އަލީ (ސަމުއްޓެ) ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ޒީކޯ ވަނީ މަތަކޮށްފަ އެވެ. މެޗުން މޮޅުވުމުން ބަންގްލަދޭޝް ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox