ވޯލްޑް ކަޕްގެ އާ ޕްރޮޕޯސަލާ ދެކޮޅުވަނީ ޖަޒުބާތުގައި ޖެހިގެން: ވެންގާ

Nov 11, 2021, 2:31 AM
ވޯލްޑް ކަޕްގެ އާ ޕްރޮޕޯސަލާ ދެކޮޅުވަނީ ޖަޒުބާތުގައި ޖެހިގެން: ވެންގާ

ޒިއުރިކް (ނޮވެމްބަރު 11) - ފީފާ ވޯލްޑް ކަޕް ކޮންމެ ދެ އަހަރަކުން ބާއްވަން ހުށަހަޅާފައިވާ ޕްރޮޕޯސަލާ ދެކޮޅަށް ގިނަ ގައުމުތަކަކުން ދެބަސްވަނީ ޖަޒުބާތުގައި ޖެހިގެން ކަމަށް ފީފާ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިިވެލޮޕްމަންޓްގެ މަގާމު ފުރަމުން އަންނަ މަޝްހޫރު ކޯޗު އާސެން ވެންގާ ބުނެފި އެވެ.

މިދިޔަ މެއި މަހު ފީފާ ކޮންގްރެސްގެ ތެރެއިން ސައުދީ އަރަބިއްޔާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބާއްވާ ޕްރޮޕޯސަލް ހުށަހަޅައިފަ އެވެ. ފީފާގެ ވެސް ތާއީދާ އެކު ހުށަހަޅާފައިވާ މި ޕްރޮޮޕޯސަލާ ބެހޭގޮތުން އެކި ފޯރަމްތަކުގައި މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަނީ ވެންގާ އެވެ.

ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބޭއްވުމާ ދެކޮޅަށް ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ދެ ބައްރުގެ ފެޑެރޭޝަނުން ވަނީ ބަޔާން ނެރެފަ އެވެ. އެއީ ޔޫރަޕްގެ ފެޑެރޭޝަން، ޔުއެފާ އާއި ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާ ކޮންމެބޯލް އިންނެވެ. މީގެ އިތުރުން ކްލަބް ފުޓްބޯޅައިގެ ވަރުގަދަ ލީގުތަކުގެ ބޯޑާއި ކްލަބް ފުޓްބޯޅައިގެ ޖަމިއްޔާތަކުން ވެސް އަންނަނީ ވޯލްޑް ކަޕްގެ މި ޕްރޮޕޯސަލާ މެދު ނުރުހުން ފާޅުކުރަމުންނެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު އިނގިރޭސި ޑިފެންޑަރު ރިއޯ ފާޑިނަންޑްގެ ޔޫޓިއުބް ޗެނަލް ޝޯ "ފައިވް"ގައި ވާހަކަ ދައްކަމުން ވެންގާ ބުނީ ކޮންމެ ދެ އަހަރަކުން އަންހެން ވޯލްޑް ކަޕް ބާއްވަނީ އަންހެން ފުޓްބޯޅައިގެ ކުރިއެރުމަށް ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވޭ ގޮތަށް ފިރިހެނުންގެ ވޯލްޑް ކަޕަށް ވެސް އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ.

"އަހަންނަށް މި ޕްރޮޕޯސަލާ ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ ފަރާތުން ފެންނަނީ ޖަޒުބާތީ ކަންކަން. ފުރިހަމަ ވިސްނުމަކުން ވިސްނާތަނެއް ނުފެނޭ. އަހަންނަށް ތަފާސްހިސާބުތަކުން ފެންނަން އޮތް ކަންކަމަށް ބަލާއިރު ޒުވާން ޖީލު ބޭނުންވަނީ އާ ފޯމެޓަކަށް (ކޮންމެ ދެ އަހަރަކު) ވޯލްޑް ކަޕް ބާއްވަން. އެކަމަކު، 50 އަހަރުން މަތީގެ މީހުން މި ތިބީ ހަަތަރު އަހަރުން ވޯލްޑް ކަޕް ބާއްވާ ގޮތަށް ވިސްނުން ބަހައްޓައިގެން،" ވެންގާ ބުންޏެވެ.

ވެންގާ ބުނީ ކަންކަމަށް ބަދަލެއް އަންނަން ޖެހޭ ވަގުތު އަންނާނެ ކަމަށާއި މިހާރު މި އޮތީ ވޯލްޑް ކަޕަށް ވެސް ޒަމާނީ ބަދަލެއް އަންނަން ޖެހޭ ވަގުތު ޖެހިފައި ކަމަށެވެ. މީގެ އެންމެ ބުއްދިވެރި ގޮތަކީ ކުރިއަރާފައިވާ މުޖުތަމައުގެ ވިސްނުމާ އެެއްގޮތަށް ކަންކަން ބަދަލުކުރުން ކަމަށް ވެންގާ ގަބޫލުކުރެ އެވެ.

މިހާރު ފީފާ އިން އަންނަނީ ވޯލްޑް ކަޕްގެ އާ ޕްރޮޕޯސަލް ދިރާސާ ކުރުމަށް ފަހު އެކި މެމްބަރު ގައުމުތަކާއި ފެޑެރޭޝަންތަކަށް މައުލޫމާތު ފޯރުކޮށްދެމުންނެވެ.

ފީފާގެ 211 މެމްބަރު ގައުމުތަކުގެ ތެރެއިން 166 ގައުމުން ވަނީ ދެ އަހަރުން ވޯލްޑް ކަޕް ބާއްވާ ޕްރޮޕޯސަލް ބަލައިގަންނަން ނިންމައިފަ އެވެ. އަންނަ މަހު 20 ވަނަ ދުވަހު ވޯލްޑް ކަޕްގެ އާ ޕްރޮޕޯސަލަށް ވޯޓަށް އަހަން އޮންލައިން ސަމިޓެއް ބާއްވާނެ ކަަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ވޯޓުން ފާސްވެއްޖެނަމަ ދެ އަހަރުން ވޯލްޑް ކަޕް ބާއްވަން ފަށާނީ 2028 ވަނަ އަހަރުން ފެށިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox