ވިލިމާލެ ރައްޔިތުންގެ ކަންކަމުގައި މޭޔަރުގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ: ނަހުލާ

ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ--

ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ--

ވިލިމާލޭ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ކައުންސިލަށް ހުށަހަޅާ ކަންްކަން ހައްލުކުރަން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އެއްބާރުލުން ނުދެއްވާ ކަމަށް އެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެ އެވެ.

ނަހުލާ ވިދާޅުވީ ވިލިމާލޭގެ ސިނަމާލޭ ފްލެޓުތަކުގައި އުޅޭ ރައްޔިތުންތަކެއްގެ ކަންބޮޑުވުން ސިޓީ ކައުންސިލަށް ދެ ހަފްތާއެއްގައި ވިދިވިދިގެން ހުށަހެޅުމުން ވެސް މޭޔަރުގެ ފާރާތުން އެކަމަށް އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތްކޮށްދީފައި ނުވާ ކަމަށެވެ.

އެހެން ކަމުން ވިލިމާލޭގެ ކަންކަން ސިޓީ ކައުންސިލަށް ހުށަހަޅައިގެން ކުރަން ދަތިވެފައިވާކަމަށް ނަހުލާ ވިދާޅުވި އެވެ.

Advertisement

"އަޅުގަނޑު މުގައްރިރަކަށް އިންނަ ވިލިމާލެ ސާވިސަސް ކޮމިޓީއަށް ވެސް ވިލިމާލޭގެ ކަންކަން ހުށަހަޅައިގެން ކުރުމަށް ވަނީ ދަތިވެފައި. މޭޔަރުގެ ސަމާލުކަމަށް މިކަން ގެނައުމުން ވެސް މިކަމަަށް ހައްލެއް ހޯއްދަވައި ނުދެއްވާކަން ފާހަގަކުރަން،" ނަހުލާ ވިދާޅުވި އެވެ.

ފްލެޓުގައި އުޅޭ ވިލިމާލެ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ގޮތުގައި ނަހުލާ ފާހަގަ ކުރައްވާފައި ވަނީ ފައިސާ ދައްކަންޖެހޭ މިންވަރަށް ދައްކައި ނިމުނު ނަމަވެސް ފްލެޓް އަމިއްލަ ވާނެ ގޮތުގެ އުސޫލެއް ނެތި މިއަދާ ހަމައަށް ވެސް ފައިސާ ދައްކަމުން އަންނަ ފަރާތްތަކެއް އުޅެމުން އަންނަކަމަށެވެ.

މިފަދަ އެކި ކަހަލަ މައްސަލަތަކާއެކު 31 އާއިލާއެއްގެ ޝަކުވާއާއި ކަންބޮޑުވުން ކައުންސިލަށް ހުށަހެޅިކަމަށް ނަހުލާ ވިދާޅުވި އެވެ.

މާލޭ މޭޔަރަށް މިފަދަ ތުހުމަތެއް ނަހުލާ ކުރައްވާފައިވަނީ ސުލޫކީ މައްސަލަތަކަކާ ގުޅިގެން އޭނާއަށް ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށާއި ޕީޕީއެމްގެ ޖަލްސާތަކުގައި ވާހަކަނުދެއްކޭ ގޮތަށް 2024 ގެ ނިޔަލަށް ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.

ނަހުލާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އޭނާ ވިލިމާލެއަށް ފޮނުއްވީ މާލޭގެ އެ އަވަށަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް ކަަމަށެވެ.

ނަމަވެސް ކުރިމަތިވަމުންދާ ހުރަސްތަކުގެ ސަބަބުން ކުރިއަށް ދިއުމަށް އުނދަގޫވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފިކުރު ތަފާތުކުރުމެއް ނެތި ވިލިމާލެ ދާއިރާގެ ކައުންސިލަރު އަބަދު ވެސް އިސްކުރާނީ ރައްޔިތުންގެ މަސްލަހަތު. ރައްޔިތުން ދެއްކި މަގަކުން އަަޅުގަނޑު ހިނގާނަން. އެ ޔަގީންކަން އަޅުގަނޑު ވިލިމާލެ ދާއިރާގެ ރައްޔިތުންނަށް އަރުވަން،" ނަހުލާ ވިދާޅުވި އެވެ.

އެއާއެކު ނަހުލާ ވަނީ ވިލިމާލޭގެ އެކި ކަންކަމުގައި އޭނާ ހުށަހަޅާފައިވާ މައްސަލަތައް ސިޓީ ކައުންސިލުން އެޖެންޑާކޮށް، ތަންފީޒުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox